logo
MPL

MPL

ޚަބަރު

ދުނިޔޭގައި ބާއްވާ އެންމެ ބޮޑު ޤުރުއާން މުބާރާތަށްފަހު ބައިވެރިން އެނބުރި ރާއްޖެއަށް

އައިޝަތު ނަޝާ
21 އޯގަސްޓު 2026 - 15:39
ދުނިޔޭގައި ބާއްވާ އެންމެ ބޮޑު ޤުރުއާން މުބާރާތަށްފަހު ބައިވެރިން އެނބުރި ރާއްޖެއަށް

"46 ވަނަ ކިންގް ޢަބްދުލްޢަޒީޒު އިންޓަރނޭޝަނަލް ކޮމްޕެޓިޝަން އޮފް ދަ ހޮލީ ޤުރްއާން" މުބާރާތުގައި ރާއްޖެ ތަމްސީލުކުރި ބައިވެރިން އެނބުރި ރާއްޖެ އަތުވެއްޖެއެވެ.

"ޢަބްދުލްޢަޒީޒު އިންޓަރނޭޝަނަލް ކޮމްޕެޓިޝަން އޮފް ދަ ހޮލީ ޤުރްއާން" މުބާރާތަކީ ދުނިޔޭގައި ބާއްވަމުންދާ އެންމެ ބޮޑު ޤުރުއާން ކިޔެވުމުގެ މުބާރާތްތެވެ.

އެންމެފަހުން ބާއްވާފައިވަނީ މީގެ 46 ވަނަ މުބާރާތެވެ. މިއަހަރު މުބާރާތުގައި 133 ޤައުމަކުން ބައިވެރިން ވަނީ ބައިވެރިވެފައެވެ. މިފަހަރަކީ ތާރީޚުގައި އަންހެން ކުދިން މިމުބާރާތުގައި ބައިވެރިވި ފުރަތަމަ ފަހަރުއެވެ. މީގެކުރީން އަންހެން ކުދިންގެ ގޮތްޕެއް މިމުބާރާތުގައި ނޯވެއެވެ.

މި މުބާރާތުގައި 4 ކުއްޖަކު ވަނީ ދިވެހިރާއްޖެ ތަމްސީލުކޮށްފައެވެ. އޭގެ ތެރެއިން އަލްޙާފިޒާ ފާޠިމަތު ޝާޔާ ޒާހިރު ވަނީ މުބާރާތުން 4 ވަނަ ހާސިލްކޮށްފައެވެ. މިމުބާރާތުގެ 4ވަނައިގެ އިނާމަކަށް ކަނޑައަޅާފައިވަނީ 170000 ރިޔާލެވެ.

Ad by Hajj Corporation

Ad by Hajj Corporation

View post on Twitter

މިމުބާރާތުގެ ނަތީޖާ ފާޅުކޮށްފައިވަނީ ޙަރަމްފުޅުގައި ބޭއްވި ޚާއްޞަ ޙަފްލާއެއްގައެވެ. ހަފްލާއަށްފަހު ސަޢުދީ އިސްލާމިކް މިނިސްޓަރ ޑރ. އަބްދުއްލަޠީފް އާލުއްޝައިޚު ވަނީ ޝާޔާއާއި އޭނާގެ ބެލެނިވެރިންނާ ބައްދަލުކުރައްވައި ތަހުނިޔާ ދަންނަވައި ހިތްވަރު ދެއްވާފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ދުނިޔޭގައި ބާއްވާ އެންމެ ބޮޑު ޤުރުއާން މުބާރާތަށްފަހު ބައިވެރިން އެނބުރި ރާއްޖެއަށް ޚަބަރު | 3 ގަޑިއިރު ކުރިން