logo
MPL

MPL

ޚަބަރު

މިދިޔަ ނުވަމަސްތެރޭ ކަޅު ބާޒާރުގަައި 77 މިލިޔަން ޑޮލަރު ވިއްކާފައިވޭ

އަޙުމަދު ރިޝާން
24 އޯގަސްޓު 2026 - 08:20
މިދިޔަ ނުވަމަސްތެރޭ ކަޅު ބާޒާރުގަައި 77 މިލިޔަން ޑޮލަރު ވިއްކާފައިވޭ

ބޭރު ފައިސާ މާރުކުރުމުގެ ލައިސަންސް ނެތި ހިންގާ ވިޔަފާރިތަކުން، ފާއިތުވި ނުވަ މަސްދުވަހުގެ ތެރޭގައި ކަޅު ބާޒާރުގައި 77 މިލިއަން ޑޮލަރު ވިއްކާފައިވާ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ލައިސަންސް ނެތި އެކަން ކުރާ 7 ފަރާތެއް ބެލިއިރު އެ ބޮޑު އަދަދު ވިއްކާފައިވާކަން އެނގިފައިވާ ކަމަށެވެ. އަދި މިހާރު ރާއްޖޭގައި ރަޖިސްޓަރީކޮށްގެން ބޭރު ފައިސާ މާރުކުރުމުގެ ހިދުމަތް ދެމުންދަނީ 63 ތަނަކުން ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިފަދަ ތަންތަނަށް ކަޅުބާޒާރުން ޑޮލަރު ލިބެނީ ރާއްޖޭގައި ޑޮލަރުން އާމްދަނީ ހޯދާ ފަރާތްތަކުން ކަމަށާއި، އޭގެ ތެރޭގައި މަޝްހޫރު ރިސޯޓު ޗެއިންތައް ވެސް ހިމެނޭ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެގޮތުން އެފަދަ އެއް ރިސޯޓު ޗެއިނަކުން އެކަނިވެސް ނުވަ މަސް ދުވަހުގެ ތެރޭގައި 4 މިލިއަން ޑޮލަރު ކަޅުބާޒާރަށް މާރުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މިފަދަ ފަރާތްތަކުން ޑޮލަރު މާރުކުރަނީ މަރުކަޒީ ބޭންކު (އެމްއެމްއޭ) ގެ އުސޫލުތަކާ ވެސް ޚިލާފަށް ކަމަށް ވާއިރު، މިއީ ރާއްޖޭގެ ޤާނޫނުތަކުގެ ދަށުން މަނީ ލޯންޑަރިންގެ ކުށެއްގެ ގޮތުގައި ބެލެވޭނެ ކަމެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އެހެންކަމުން، ހުއްދަ ނުނަގާ ބޭރު ފައިސާ މާރުކުރުމާއި އެފަދަ ކަންކަމުގައި އެއްވެސް ގޮތަކުން ބައިވެރިވުމަކީ ޤާނޫނީ ގޮތުން ނުރައްކާތެރި ކުށަކަށްވާތީ، އެފަދަ ޢަމަލުތަކުން ދުރުހެލިވުމަށް ހޯމް މިނިސްޓަރު ވަނީ ބާރުއަޅުއްވާފަ އެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މިދިޔަ ނުވަމަސްތެރޭ ކަޅު ބާޒާރުގަައި 77 މިލިޔަން ޑޮލަރު ވިއްކާފައިވޭޚަބަރު | 2 ގަޑިއިރު ކުރިން