logo
MPL

MPL

ޚަބަރު

" އަމާޒަކީ 2030 ވަނަ އަހަރާ ހަމައަށް ދިވެހި ރުފިޔާއިން ހުރިހާ މުއާމަލާތެއް ކުރުން"

އައިޝަތު ނަޝާ
24 އޯގަސްޓު 2026 - 12:00
" އަމާޒަކީ 2030 ވަނަ އަހަރާ ހަމައަށް ދިވެހި ރުފިޔާއިން ހުރިހާ މުއާމަލާތެއް ކުރުން"

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ އަމާޒަކީ، 2030 ވަނަ އަހަރާ ހިސާބަށް ދިވެހި ރުފިޔާއިން ހުރިހާ ޓަރާންސެކްޝަނެއް ހެދިގެން ދިޔުން ކަމަށް އެމްއެމްއޭގެ ގަވަރުނަރު އަޙްމަދު މުނައްވަރު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މުނައްވަރު ވިދާޅުވީ މަރުކަޒީ ބޭންކުގެ އަމާޒަކީ ރާއްޖޭގައި ވިއްކާ ހުރިހާ މުދަލަކާއި ދޭ ހިދުމަތްތަކުގެ އަގު ދިވެހި ރުފިޔާއިން ކަނޑައެޅުން ކަމަށެވެ. ނަމަވެސް، ފަތުރުވެރިކަމުގެ ސިނާއަތް ދިހަވަރަކަށް އަހަރު ވަންދެން މައިގަނޑު ގޮތެއްގައި ޑޮލަރަށް ބަރޯސާވެފައި އޮތުމުން، މި ބަދަލު ގެންނަންވާނީ ފިޔަވަހިތަކަކަށް ބަހާލައިގެން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

"ރާއްޖޭގަ ދިވެހި ރުފިޔާ ބޭނުން ނުކުރުނީ ކަމަުގައި ވަނީނަމަ އެމްއެމް އޭ އުވާލަންވި އިނގޭތޯ. އެމްއެެމްއެ ކިޔާފަ ސެންޓަރަލް ބޭންކް ހަދާކަށް އޭރުން ކޮންމެހެން ނުޖެހޭނެ. ދިިވެހި ރުފިޔާ ބޭނުންކުރަން ބޭުނުްނުވަންޏާ ހަމަ ދެތިން ބޭފުޅެއް ލާފަ ކަރަންސީ ބޯޑެއް ހަދަންވީ. ދިވެހި ރުފިޔާއިން ހުރިހާ ޓަރާންސެކްޝަނެއް ހަދަން ނިންމި ނިންމުމަކީ ހަމައެކަނި މިއަދު ނިންމި ނިންމުމެއް ނޫން. މިއީ ސެންޓަރަލް ބޭންކުގެ އެންމެ ބޮޑު އެއް އަސާސް" ގަވަރުނަރު މުނައްވަރު

ރާއްޖޭގެ އިގްތިސާދީ މުއާމަލާތްތަކުގެ 40 އިންސައްތައަށްވުރެ ބޮޑު ބައެއް މިހާރު ހިއްސާކުރަނީ ބޭރު ފައިސާއިންކަން ފާހަގަކުރައްވަމުން، ރާއްޖޭގައި ޑޮލަރަށް އޮތް ބަރޯސާ ބޮޑުކަން ގަވަރުނަރު ވިދާޅުވި އެވެ.

ޑޮލަރަށް ބަރޯސާވާ މިންވަރު ކުޑަކުރުމަކީ އެއް ދުވަހުން ނުވަތަ ކުއްލިއަކަށް ނުކުރެވޭނެ ކަމަށް ގަވަރުނަރު ވިދާޅުވިއެވެ. ސަބަބަކީ ފަތުރުވެރިކަމުގެ ދާއިރާގައި އެތައް ޒަމާނެއް ވަންދެން ޑޮލަރުން މުއާމަލާތް ކުރުމުގެ އާދަ އަށަގެންފައިވުމެވެ.

ޑޮލަރުގެ އަގު ކޮންޓްރޯލް ކުރުމާ ގުޅޭގޮތުން ވާހަކަދައްކަވަމުން ގަވަރުނަރު ވިދާޅުވީ ރާއްޖެއަށް އެންމެ ރަނގަޅު ގޮތަކީ "މެނޭޖްޑް ފްލޯޓް" ނިޒާމެއް ކަމަށެވެ. ނަމަވެސް އެ ނިޒާމު ކާމިޔާބުކަމާއެކު ހިންގުމަށްޓަކައި ދައުލަތުގެ ރިޒާވްގައި މަދުވެގެން ތިނަކާއި ހަތަރު މަސްދުވަހުގެ އިމްޕޯޓަށް ބޭނުންވާ ފައިސާ ހުންނަންޖެހޭނެ ކަމަށާއި، މިހާރުގެ ހާލަތުން އެ މިންވަރަށް ރިޒާވް ވަރުގަދަ ކުރުމަށް ދެތިން އަހަރު ދުވަސް ނަގާނެ ކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

" އަމާޒަކީ 2030 ވަނަ އަހަރާ ހަމައަށް ދިވެހި ރުފިޔާއިން ހުރިހާ މުއާމަލާތެއް ކުރުން"ޚަބަރު | 2 ގަޑިއިރު ކުރިން