logo
MPL

MPL

ޚަބަރު

ޕީއެންސީ އެންމެ ބޮޑު ޕާޓީގެ ގޮތުގައި ފައިތިލަ ހަމަކޮށްލުމަކީ ރައީސްގެ ސިޔާސަތުތައް ރައްޔިތުން ބަލައިގަންނަ ކަމުގެ ހެއްކެއް: މަމްދޫހު

އަޙުމަދު ރިޝާން
28 އޯގަސްޓު 2026 - 07:04
ޕީއެންސީ އެންމެ ބޮޑު ޕާޓީގެ ގޮތުގައި ފައިތިލަ ހަމަކޮށްލުމަކީ ރައީސްގެ ސިޔާސަތުތައް ރައްޔިތުން ބަލައިގަންނަ ކަމުގެ ހެއްކެއް: މަމްދޫހު

ޕީއެންސީ އެންމެ ބޮޑު ޕާޓީގެ ގޮތުގައި ފައިތިލަ ހަމަކޮށްލުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސިޔާސަތުތައް ރައްޔިތުން ބަލައިގަންނަ ކަމުގެ ހެއްކެއް ކަމަށް ރައްޔިތުން މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު މުހަމައްމަދު މަމްދޫހު ވިދާޅުވެއްޖެ އެވެ.

ކޮންގްރެސް ފޯރި ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މަމްދޫހު ވިދާޅުވީ ދިވެހިރާއްޖޭގައި އޮތް އެންމެ ބޮޑު ސިޔާސީ ޕާޓީ އަށް ޕީއެންސީވީ އެންމެ ހަ އަހަރުތެރޭ ކަމަށެވެ. އަދި ކޮންގްރެސް ޕާޓީ އަކީ ރާއްޖޭގައި އޮތް ހަމައެކަނި ގައުމީ ޕާޓީ ކަމަށް ވެސް އޭނާ ސިފަކުރެއްވެވި އެވެ.

Ad by Hajj Corporation

Ad by Hajj Corporation

މަމްދޫހު ވިދާޅުވީ ރާއްޖޭގައި އެންމެ ކުރީގައި އުފެދުނު ޕާޓީތަކާއި އަދި އިދިކޮޅު ޕާޓީތަކާ ވެސް ނުބައްދަލުވާ ވަރަށް މިހާރު ޕީއެންސީގައި މެމްބަރުން ތިބި ކަމަށެވެ. އޭނާ ވިދާޅުވީ ޕީއެންސީ ހިންގަނީ ރައްޔިތުން ބޭނުންވާ އަސާސްތަކުގެ މައްޗަށް ކަމަށެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ) ގެ އެންމެ ފަހުގެ ރަސްމީ ތަފާސްހިސާބުތަކުން ދައްކާ ގޮތުން މިދިޔަ ޖޫން މަހުގެ ނިޔަލަށް އެ ޕާޓީގައި ރަޖިސްޓްރީވެފައި ތިބީ 67،579 މެމްބަރުންނެވެ. ނަމަވެސް، ފަހުގެ ހަރަކާތްތަކާ އެކު މި އަދަދު މިވަނީ ބޮޑުތަނުން އިތުރުވެފައެވެ. މި މަސައްކަތްތަކުގެ ތެރެއިން ޕީއެންސީގެ ދަފްތަރުގައި މިހާރު 70،000 އަށް ވުރެ ގިނަ މީހުން ރަޖިސްޓްރީވެފައިވެ އެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޕީއެންސީ އެންމެ ބޮޑު ޕާޓީގެ ގޮތުގައި ފައިތިލަ ހަމަކޮށްލުމަކީ ރައީސްގެ ސިޔާސަތުތައް ރައްޔިތުން ބަލައިގަންނަ ކަމުގެ ހެއްކެއް: މަމްދޫހުޚަބަރު | 16 މިނިޓު ކުރިން