އިންޝުއަރެންސާ ގުޅޭ 2 ގަވާއިދަކަށް ޢަމަލުކުރަން ފަށައިފި
30 އޯގަސްޓު 2026 - 10:06
.jpg&w=2048&q=75)
ރާއްޖޭގެ އިންޝުއަރެންސާ ބެހޭ ގާނޫނު ތަންފީޒުކުރުމަށް ބޭނުންވާ މުހިންމު ދެ ގަވާއިދެއް އެކުލަވާލައި، އެ ގަވާއިދުތަކަށް އަމަލުކުރަން ފަށައިފިއެވެ.
އިންޝުއަރެންސް އާބެހޭ ޤާނޫނު ތަންފީޛުކޮށް ހިންގުމަށް ބޭނުންވާ ދެ ގަވާއިދު ސަރުކާރުގެ ގެޒެޓްގައި މިހާރު ވަނީ ޝާއިޢުކޮށްފައެވެ. މި ގަވައިދުތައް ޝާއިޢުކޮށްފައި ވަނީ 27 އޮގަސްޓު 2026 ގައެވެ. މި ގަވާއިދުތަކަކީ އިންޝުއަރެންސް (ދިވެހިރާއްޖޭގައި ހުރި ރިސްކުތަކާބެހޭ) ގަވާއިދު އަދި އިންޝުއަރެންސް (އާންމު މާއްދާތަކުގެ) ގަވާއިދެވެ.

Ad by Hajj Corporation
ދިވެހިރާއްޖޭގައި ހުރި ރިސްކުތަކާބެހޭ ގަވާއިދު
މި ގަވާއިދަކީ ދިވެހިރާއްޖޭގައި ހުރި ރިސްކުކަމަށް ބަލާނެ ރިސްކުތައް ކަނޑައެޅުމަށާއި އެފަދަ ރިސްކެއް ކަވަރކުރުމަށްޓަކައި ދިވެހިރާއްޖޭގައި ހިންގާ ލައިސަންސް ލިބިފައިވާ އިންޝުއަރެންސް ކުންފުންޏެއްގެ އިންޝުއަރެންސް ޕޮލިސީއެއް ނެގުމަށް އޮންނަ އޮތުމަށް އިސްތިސްނާ ދެވޭނެ ގޮތްތައް ބަޔާންކުރުމުގެ ގަވާއިދެވެ. މިގޮތުން، އޮތޯރިޓީގެ ވެބްސައިޓްގައި ބަޔާންކުރާނެ ހާލަތްތަކުގެ އިތުރުން، އިސްތިސްނާ ހޯދުމަށް އޮތޯރިޓީއަށް ހުށަހެޅިދާނެ ހާލަތްތައްވެސް ގަވާއިދުގައި ބަޔާންކޮށްފައިވާނެއެވެ.
އާންމު މާއްދާތަކުގެ ގަވާއިދު
މި ގަވާއިދަކީ އިންޝުއަރެންސްއާބަހޭ ޤާނޫނުގައި، ގަވާއިދާއެއްގޮތްވާ ގޮތުގެ މަތިން ގޮތް ނިންމުމަށް ނުވަތަ ކަންކަން ކުރުމަށް ކަނޑައަޅާފައިވާ މާއްދާތަކުގެ ބޭނުމަށް އެކުލަވާލާފައިވާ ގަވާއިދެެކެވެ. މިގޮތުން، މި ގަވާއިދުގައި ހިމެނޭ މުހިއްމު ކަންކަމުގެ ތެރޭގައި ދިވެހިރާއްޖޭގައި ހުރި އިންޝުއަރެންސް ވިޔަފާރިއެއް ސޮލިސިޓްކުރުމަށް ޤާނޫނުގައި ހުއްދަ ކުރެވިފައިވާ ފަރާތްތަކަށް ސޮލިސިޓްކުރެވޭނެ ދާއިރާތަކާއި، އިންޝުއަރެންސް ބްރޯކަރކަމުގެ ލައިސަންސް ދޫކުރުމުގައި ބަލާނެ ކަންކަމާއި ބްރޯކަރކަމުގެ ލައިސަންސަށް އެދި ހުށަހަޅަންޖެހޭ މަޢުލޫމާތާއި، އިންޝުއަރެންސްއާބެހޭ ޤާނޫނުގެ ދަށުން އިދާރީ ފިޔަވަޅު އެޅުމުގައި އަމަލުކުރާނެ އުސޫލުތައް ހިމެނޭނެއެވެ.
ރާއްޖޭގެ އިންޝުއަރެންސް ދާއިރާއަކީ އާންމުންގެ ބޭނުންތަކާ އެއްގޮތަށް އިންޝުއަރެންސްގެ ޚިދުމަތްތައް ފޯރުކޮށްދޭ އަދި ރާއްޖޭގެ އިޤްތިޞާދީ ކުރިއެރުމަށް މަގުފަހިކޮށްދޭ ދާއިރާއެއްކަމުގައި ހެދުމަކީ މި ޤާނޫނުގެ މަގުސަދެކެވެ.
އިންޝުއަރެންސް ޤާނޫނު ހިންގައި ތަންފީޒު ކުރާނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭއިންނެވެ

-01.jpg&w=3840&q=75)
