ފުލުހުންގެ "ފަހިރައްކާ" ޕްރޮގްރާމް ބ.ހިތާދޫގައި ފަށައިފި
20 އޮކްޓޯބަރު 2024 - 10:55
ބ. ހިތާދޫގައި 'ފަހިރައްކާ' ގެ ނަމުގައި ޕްރޮގްރާމެއް ފަށައިފި އެވެ.
މިއީ ހިތާދޫ ޕޮލިސް ޕޯސްޓުން އިސްނަގައިގެން ރަށުގެ މުއައްސަސާތަކާ ގުޅިގެން މި މަހުގެ 15 އިން އަންނަ މަހުގެ 3 އަށް ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.
މި ޕްރޮގްރާމުގައި، ހިތާދޫގައި ދިރިއުޅޭ އަންހެނުންނަށް ހާއްސަކޮށްގެން 20 ދުވަހަށް ކުރިއަށް ގެންދާ ކަސްރަތު ކްލާސްތަކަކާއި ސްކޫލުގެ ގްރޭޑް 6-9 އަށް ތައުލީމު ހާސިލުކުރަމުން އަންނަ ދަރިވަރުންނަށާއި ސްކޫލު މުދައްރިސުންނަށް ހާއްސަކޮށްގެން 20 ދުވަހަށް ފެތުމުގެ ކްލާސްތަކެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވެ އެވެ.
މީގެ އިތުރުން ފަހިރާސްތާ' ނަމުގައި ސްކޫލު ދަރިވަރުންނާއި ބެލެނިވެރިންނާއި، ރަށުގެ މުއައްސަސާތަކާއި ކުލަބް ޖަމިއްޔާތަކަށް ޓްރެފިކް ސެޝަންތަކެއް ކުރިއަށް ގެންދަން ރާވާފައިވެ އެވެ.
އަދި ސްކޫލުގެ ބެލެނިވެރިންނަށް ބާއްވާ ގެވެށިއަނިޔާއަށް ހޭލުންތެރި ކުރުމުގެ ސެޝަނަކާއި، ދަރިވަރުންނާއި ބެލެނިވެރިން ސައިބަ ބުލީން އާއި ސައިބަ ކްރައިމް އިން ރައްކާތެރިކުރުވުމަށް ބާއްވާ ސެޝަންތަކަކާއި، ދަރިވަރުންނަށް ބާއްވާ ލީޑަޝިޕް ސްކިލްސް ކްލާހަކާއި، ބެލެނިވެރިންނަށް ބާއްވާ ކޮމިއުނިކޭޝަން ސްކިލްސް ކްލާހެއްގެ އިތުރުން ރަށުގެ މުއައްސަސާތަކަށް ވޯކް އެތިކްސް ކްލާހެއް ކުރިއަށް ގެންދާނެ އެވެ.
'ފަހިރައްކާ' ގެ ތެރެއިން ހިތާދޫގެ މުއައްސަސާތަކުގެ މުވައްޒަފުންގެ މެދުގައި ޓީމް ބިލްޑިން ހަރަކާތްތަކެއް ވެސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވެ އެވެ.