logoEN
ޚަބަރު

ތަސްލީމް ހޯދުމަށް މިދިޔަ މަހު 12 ގައި އިންޓަޕޯލް ޔެލޯ ނޯޓިސްވަނީ ނެރެފައި

ވީނުވީއެއްނޭނގި ގެއްލިފައިވާ ތަސްލީމް މުހައްމަދު

ވީނުވީއެއްނޭނގި ގެއްލިފައިވާ ތަސްލީމް މުހައްމަދު

އާމިނަތު ސަފާއާމިނަތު ސަފާ

06 އޮކްޓޯބަރު 2024 - 06:40

ވީނުވީއެއްނޭނގި ގެއްލިފައިވާ ތަސްލީމް މުހައްމަދު ހޯދުމަށް މިދިޔަ މަހުގެ 12 ވަނަ ދުވަހު އިންޓަޕޯލް ޔެލޯ ނޯޓިސް ނެރެފައިވާކަމަށް ފުލުހުން ބުނެފިއެވެ.

ތަސްލީމް ގެއްލިފައިވަނީ އޮގަސްޓްމަހުގެ 29 ވީ ބުރާސްފަތި ދުވަހު ރަހުމަތްތެރިންތަކަކާއިއެކު ދަތުރުގޮސްއުޅެނިކޮށެވެ. އުމުރުން 43 އަހަރުގެ ތަސްލީމް މުހައްމަދު ގެއްލުނު ސަރަހައްދުގެ 943،998 އަކަ ކިލޯމީޓަރު މެރިން ޕޮލިސްއާއި ފުލުހުންނާއި ކޯސްޓްގާޑުގެ ޑައިވް ޓީމްތަކުން ތަކުން ވަނީ ބަލާފައެވެ. ފުލުހުން ބުނީ ތަސްލީމް ގެއްލިފައިވަނީ ހުވަފެންފުށި ކައިރީ އޮތް ފަސްގަނޑު ސަރަހައްދަށް ކަމަށެވެ.

މިިދިޔަ އޯގަސްޓްމަހުގެ 30 ވަނަ ދުވަހުގެ ހެނދުނު ތަސްލީމް އެސަރަހައްދުގައި ހަރަކާތްތެރިވާ މަންޒަރު ދައްކުވައިދޭ ވީޑިއޯ ވެސް ފުލުހުންނަށް ލިބިފައިވާ ކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ. ނަމަވެސް އޭނާ އަމިއްލަ ބޭނުމަކަށް އަވަހަށް މާލެ ދާން އެދިގެން ލޯންޗެއް ގެނައި ކަމަށާއި އޭނާ ގެއްލުނުކަން އެނގުނީ ލޯންޗު އައިސްގެން ހޯދުމުން ނުފެނިގެން ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ވަނީ މިހާދިސާއި ގުޅިގެން ތަސްލީމް އާއި އެކު އެސަރަހައްދަށް ދަތުރު ދިޔަ ފަރާތްތަކާއި ސުވާލުކޮށް ތަހުގީގު ހިންގާފައެވެ. ފުލުހުންވަނީ މައްސަލައިގެ ތަހުގީގަށް ތަސްލީމް ގެ ފޯނާއި ލެޕްޓޮޕް ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ. އެ ފަސްގަނޑަށް ދަތުރު ދިއުމަށް ތަސްލީމުއާއި އޭނާގެ ބައިވެރިން ދަތުރުކުރި ލޯންޗުވެސް ފުލުހުން ވަނީ ބަލައި ފާސްކޮށްފައެވެ.

ޔެލޯ ނޯޓިސް އަކީ މިފަދަ ހާދިސާތަކުގައި ގެއްލޭ މީހުންނާއި، ސަބަބެއް ނެތި ގެއްލޭ މީހުން އަދި ރަހީނު ކުރެވޭ މީހުން ހޯދުމުގައި ބައިނަލްއަގުވާމީ ގޮތުން އިންޓަޕޯލް އަށް އެދި ހުށައެޅާ ލިޔުމެކެވެ. މިއީ ބައިނަލްއަގުވާމީ ގާނޫނުތަކުން ރައްކާތެރިކޮށް ބާރު ލިބިދޭ ދުނިޔޭގެ ހުރިހާ ގައުމަކުން ވެސް ބަލައިގަންނަންޖެހޭ އަދި ބަލައިގަންނަ ނޯޓިސްއެކެވެ.

315x437_placeholder

ކޮމެންޓް

871x217_placeholder