logo
Bank of Maldives

Bank of Maldives

ޚަބަރު

ފޭރުމުގެ މައްސަލައެއްގައި ހިމެނޭ 3 މީހަކަށް ދައުވާކުރަން ފޮނުވައިފި

އާމިނަތު ޝަފާ
9 އޮކްޓޯބަރު 2024 - 05:53
ކްރިމިނަލް ކޯޓު
ކްރިމިނަލް ކޯޓު

ފޭރުމުގެ މައްސަލައެއްގައި ހިމެނޭ 3 މީހަކަށް ދައުވާކޮށްދިނުމަށް އެދި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ކްރިމިނަލް ކޯޓަށް ފޮނުވައިފިއެވެ.

މިކަން ހާމަކޮށް ޕީޖީ އޮފީހުން ބުނީ މިއަހަރުގެ ޖުލައިމަހުގެ 24 ވަނަ ދުވަހުގެ ވަގުތެއްގައި ދިލްބަހާރުމަގު މއ. މަސްފަން ގެ ކައިރީގައި ހުރި މީހަކަށް ގޮވައި އޭނާ މަސްފަންއަށް ވައްދައި ވަޅިން ބިރު ދައްކާ އޮރިޔާންކޮށް އަނިޔާކުރުމަށްފަހު އޭނާގެ ފޯނު އަތުލައި އޭނާގެ އެކައުންޓުން ފައިސާ ޓްރާންސްފާކޮށް އަދި އޭނާގެ ކޭޝް ކާޑް ބޭނުންކޮށްގެން އޭޓީއެމްއިން ފައިސާ ނަގާފައިވާ މައްސަލައިގައި ދައުވާކުރުމަށް ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

މައްސަލައިގެ ދަޢުވާލިބޭ ފަރާތްތަކަކީ:

1. ސ. ހިތަދޫ، ސޯމާ، ޝަފީޤު އިބްރާހީމް

2. މއ. މަސްފެން، މުޙައްމަދު ރީހާން.

3. މއ. މަސްފެން، ޢާއިޝަތު

މި މީހުންގެ މައްޗަށް ޕީޖީ އޮފީހުން އުފުލާފައިވާ ދަޢުވާތައް:

1. ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު ގެ 120 ވަނަ މާއްދާގެ ދަށުން -  އަނިޔާއެއް ދިނުން

2. ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު ގެ 232 ވަނަ މާއްދާގެ ދަށުން – އެނގިހުރެ ހުއްދަނޫން ގޮތެއްގައި މަޢުލޫމާތު ހޯދުން

3. ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު ގެ 213 ވަނަ މާއްދާގެ ދަށުން - ފޭރުން

ފުލުހުން މި މައްސަލައިގެ ތަހުގީގު ނިންމާ ދައުވާކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ފޮނުވީ ސެޕްޓެމްބަރުމަހުގެ 9ވަނަ ދުވަހުއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޑރ. އަލީ ލަތީފާއި އިކުލީލުގެ މައްޗަށް ގިނަ ދައުވާތަކެއް، މައްސަލަ ކޯޓަށްޚަބަރު | މަހެއް ކުރިންއައްޑޫ "ސްކޫޕު" ގްރޫޕަކީ ގޭންގެއް ކަމަށް ކަނޑައަޅަން ހައިކޯޓަށް ހުށަހަޅައިފިޚަބަރު | 2 މަސް ކުރިންކެނަބިސް ގަސްތަކެއް ހައްދައި މަސްތުވާތަކެތި ގެންގުޅުނު މީހަކަށް 100 އަހަރުގެ ޖަލު ހުކުމެއްޚަބަރު | 2 މަސް ކުރިން"ވާނުވާ" ބަންދުގައި ތިބި އެންމެންގެ މައްސަލަތައް މިއަހަރުގެ ނިޔަލަށް ނިމޭނެކަމަށް ކްރިމިނަލް ކޯޓުން ލަފާކޮށްފިޚަބަރު | 2 މަސް ކުރިން