logo
Bank of Maldives

Bank of Maldives

ޚަބަރު

ކެނަބިސް ގަސްތަކެއް ހައްދައި މަސްތުވާތަކެތި ގެންގުޅުނު މީހަކަށް 100 އަހަރުގެ ޖަލު ހުކުމެއް

މުހައްމަދު މޫސާމުހައްމަދު މޫސާ
14 ޖެނުއަރީ 2026 - 10:59
ކެނެބިސް ގަހެއް
ކެނެބިސް ގަހެއް

މާލޭގެ ގެއެއްގައި ކެނަބިސް ގަސް ހައްދައި، މަސްތުވާތަކެތި ގެންގުޅުނު މައްސަލައެއްގައި ނ. ކެނދިކުޅުދޫ، އަހުމަދު ޔާސިހު 100 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ. މި ހުކުމް އިއްވާފައިވަނީ އޭނާގެ މައްޗަށް ދައުލަތުން އުފުލި މަސްތުވާތަކެއްޗާ ގުޅޭ ހަތަރު ދައުވާއެއް ސާބިތުވުމާ ގުޅިގެންނެވެ.

މި މައްސަލަ ފެންމަތިވެފައިވަނީ 2023 ވަނަ އަހަރު ޔާސިހު ދިރިއުޅޭ ގޭގެ ދޮރުމަތީގައި ކެނަބިސް ގަހެއް ހުއްޓާ ފުލުހުންނަށް ފެނުމާ ގުޅިގެންނެވެ. އެއަށްފަހު ފުލުހުން އޭނާ ދިރިއުޅޭ އެޕާޓްމަންޓް ބަލައި ފާސްކުރިއިރު، އިތުރު ކެނަބިސް ގަސްތަކާއި 300 ގްރާމަށް ވުރެ ގިނަ މަސްތުވާތަކެތި ފެނިފައިވާ ކަމަށް ފުލުހުންގެ ތަހުގީގުން ހާމަވެފައިވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކްރިމިނަލް ކޯޓުން ކުރި ހުކުމުގައިވާ ގޮތުން، ޔާސިހުގެ މައްޗަށް ސާބިތުވި ކޮންމެ ދައުވާއަކަށް 25 އަހަރުގެ ޖަލު ހުކުމެއް ވަނީ އިއްވާފައެވެ. މީގެ އިތުރުން ކޮންމެ ދައުވާއަކަށް އެއްލައްކަ ރުފިޔާގެ ޖޫރިމަނާއެއް ވެސް ވަނީ ކަނޑައަޅާފައެވެ. އެހެންކަމުން ހަތަރު ދައުވާ އެކުލެވޭ ގޮތަށް އޭނާގެ މައްޗަށް ޖުމްލަ 100 އަހަރުގެ ޖަލު ހުކުމެއް ވަނީ އައިސްފައެވެ.

މި ހުކުމާ ގުޅޭގޮތުން ކޯޓުން ބުނެފައިވަނީ، ޖުމްލަ 100 އަހަރުގެ ހުކުމެއް އައި ނަމަވެސް، މައްސަލައިގެ ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ހޭދަކުރި މުއްދަތު އުނިކުރުމުން، ދެން އޭނާ ތަންފީޒު ކުރަންޖެހޭނީ 98 އަހަރުގެ ޖަލު އަދަބެއް ކަމަށެވެ.

ޝަރީއަތުގެ މަރުހަލާގައި ޔާސިހުގެ ފަރާތުން ދިފާއުގައި ބުނެފައިވަނީ އޭނާއަކީ ދައުވާ ލިބިގަތުމަށް ނުކުޅެދިގެންވާ މީހެއް ކަމަށެވެ. ނަމަވެސް، އެކަން ސާބިތުކޮށްދިނުމަށް އެއްވެސް މެޑިކަލް އެސެސްމެންޓެއް ނުވަތަ ލިޔުމެއް ހުށަހަޅާފައި ނުވާތީ، ކޯޓުން އެ ނުކުތާ ބަލައިގެންފައެއް ނުވެއެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޝިއާއުގެ މަރު: ދެ ދައުވާއެއް ސާބިތު، ޝާހިލްއަށް ތިން އަހަރުގެ ޖަލު ހުކުމެއްޚަބަރު | 17 ދުވަސް ކުރިންވިލިމާލެ ފެރީ ޓާމިނަލް ކައިރީގައި މީހަކަށް ވަޅިން ހަމަލާދިން މީހަކު ޖަލަށްލުމަށް ހުކުމްކޮށްފިޚަބަރު | 2 މަސް ކުރިންރާއްޖެ އަށް ޑްރަގް އެތެރެކުރި ބިދޭސީއަކަށް އުމުރު ދުވަހުގެ ޖަލު ހުކުމަކާއި ބޮޑު ޖޫރިމަނާއެއްޚަބަރު | 2 މަސް ކުރިންކެނަބިސް ގަސްތަކެއް ހައްދައި މަސްތުވާތަކެތި ގެންގުޅުނު މީހަކަށް 100 އަހަރުގެ ޖަލު ހުކުމެއްޚަބަރު | 4 މަސް ކުރިން