logo
ވަޒީރުންގެ މަޖިލީހަށް ގިނަ ބަދަލުތަކެއް؛ އައު ވުޒާރާތަކާއެކު ވަޒީރުން ހުވާކޮށްފިBank of Maldives

Bank of Maldives

ޚަބަރު

ޝިއާއުގެ މަރު: ދެ ދައުވާއެއް ސާބިތު، ޝާހިލްއަށް ތިން އަހަރުގެ ޖަލު ހުކުމެއް

ޒިދާން މުޙައްމަދު
14 އޭޕްރީލު 2026 - 11:58
ޝިޢާއު މުޙައްމަދު ސަޢީދުގެ މަރުގެ މައްސަލައިގައި ދައުވާކޮށްފައިވާ ޢަލީ ޝާހިލް
ޝިޢާއު މުޙައްމަދު ސަޢީދުގެ މަރުގެ މައްސަލައިގައި ދައުވާކޮށްފައިވާ ޢަލީ ޝާހިލް

ރަހުމު ކުޑަގޮތަކަށް މާރާލާފައިވާ ޝިޢާއު މުޙައްމަދު ސަޢީދުގެ މަރުގެ މައްސަލައިގައި ދައުވާކޮށްފައިވާ ޢަލީ ޝާހިލްގެ މައްޗަށް ކުރި ދައުވާތަކުގެ ތެރެއިން ދެ ދައުވާއެއް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

ޝިޢާއު މުޙައްމަދު ސަޢީދު މަރާލާފައި އޮއްވާ ފެނުނީ، 2022 ވަނަ އަހަރުގެ އޯގަސްޓު މަހު މާލޭގެ ހެންވޭރުގައި ހުންނަ ގެއެއް ކަމަށްވާ ޝީރީންވިލާ ތެރެއިންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިމައްސަލާގައި ތުހުމަތުކުރާ ޝާހިލްގެ މައްޗަށް ދައުލަތުން ފަސް ދައުވާއެއް ކުރެއެވެ.

ޝިޢާއު މުޙައްމަދު ސަޢީދުގެ މަރުގެ މައްސަލާގައި، ތުހުމަތުކުރެވޭ ޢަލީ ޝާހިލް ހައްޔަރު ކުރީ ސީދާ ކުށުގެ ވެށިންނެވެ. މަރާލުމަށްފަހު ޝިޢާއުގެ ހަށިގަނޑު ކޮށާލާފައި އޮއްވައި ފެނުނުއިރު ފުލުހުންގެ ޚިދުމަތުން ބުނި ގޮތުގައި އޭރު އެތަނުން ޝާހިލް އެކަމަށް ބޭނުންކުރި އާލާތްތައް ވެސް ވަނީ ފެނިފައިވެއެވެ.

މިމައްސަލައިގެ އަޑުއެހުންތައް ސިއްރުކޮށްގެން ކުރިއަށް ގެންދާއިރު މިމައްސަލާގައި ދައުވާތައްވެސް ވަނީ ސިއްރުކޮށްފައެވެ. މިކަމާ ގުޅިގެން ޕީޖީގެ އޮފީހުން ބުނީ، ޝާހިލްގެ މައްޗަށް ކުރި ދައުވާތަކުގެ ތެރެއިން މިހާތަނަށް ދެ ދައުވާއެއް ސާބިތުވެފައިވާ ކަމަށެވެ. އޭނާގެ މައްޗަށް ސާބިތުވެފައިވަނީ، މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކެނެބިސް ބޭނުން ކުރުމުގެ ދައުވާއާއި އޮރިޔާން ކާޑު ގެންގުޅުމުގެ ދައުވާއެވެ.

މީގެ ތެރެއިން ކެނެބިސް ބޭނުން ކުރުމުގެ ދައުވާ ޝާހިލްގެ މައްޗަށް ދައުވާ ކުރުމުން 3 އަހަރުގެ ހުކުމެއް ވަނީ ކޮށްފައެވެ. އަދި އޮރިޔާން ކާޑު ގެންގުޅުމުގެ މައްސަލަ ސާބިތު ވުމާއި ގުޅިގެން 1 މަހާއި 6 ދުވަހުގެ ޖަލު ހުކުމެއް އޭނާގެ މައްޗަށް ވަނީ އައިސްފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ޝާހިލްގެ މައްޗަށް 5 ދައުވާއެއް ކުރެއެވެ. އޭގެ ތެރެއިން މިހާތަނަށް ހުކުމް ނުކޮށް ހުރި ދައުވާތައް ކޯޓުގައި ކުރިއަށްދާނެ ކަމަށް ޕީޖީ އޮފީހުން ވަނީ ވިދާޅުވެފައެވެ. ނަމަވެސް އެކަމުގެ ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ.

މިމައްސަލައިގެ އިތުރު އަޑުއެހުންތަކެއް މިމަހުގެ ފަހުކޮޅު ބާއްވާނެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޝިއާއުގެ މަރު: ދެ ދައުވާއެއް ސާބިތު، ޝާހިލްއަށް ތިން އަހަރުގެ ޖަލު ހުކުމެއްޚަބަރު | 4 ގަޑިއިރު ކުރިންއިލެކްޓްރިކް އުޅަނދުތަކުގެ ނަންބަރު ބޯޑު އާ ގަވާއިދަށް ބަދަލުކުރަން ބާކީ އެއް މަސްދުވަސް: ފުލުހުންޚަބަރު | 11 ގަޑިއިރު ކުރިންނިމިދިޔަ މަހު ވޭޕާއި ގުޅުންހުރި މައްސަލަތަކުގައި 407,000 ރުފިޔާގެ ޖޫރިމަނާޚަބަރު | ދުވަހެއް ކުރިން4 މިލިއަން ރުފިޔާ ވަގަށް ނެގި މައްސަލައެއްގައި ހަތަރު މީހަކު ހައްޔަރުކޮށް އިތުރު މީހަކު ހޯދަނީޚަބަރު | 2 ދުވަސް ކުރިން