logo
MPL

MPL

ޚަބަރު

ޑރ. އަލީ ލަތީފާއި އިކުލީލުގެ މައްޗަށް ގިނަ ދައުވާތަކެއް، މައްސަލަ ކޯޓަށް

މުހައްމަދު މޫސާމުހައްމަދު މޫސާ
21 ޖެނުއަރީ 2026 - 10:26
ޑރ. އަލީ ލަތީފް
ޑރ. އަލީ ލަތީފް

ކޮވިޑް-19ގެ ދުވަސްވަރު ޕީސީއާރް ޓެސްޓު ހެދުމުގެ ޚިދުމަތް ފުޅާދާއިރާއެއްގައި ދިން ދެ ކުންފުންޏަކުން ލިބުނު އާމްދަނީގެ ޓެކްސް ބަޔާންތައް އޮޅުވާލި މައްސަލައިގައި ޑރ. އަލީ އަބްދުﷲ ލަތީފާއި ޑރ. އިކްލީލް ޝަރީފްގެ މައްޗަށް ގިނަ ދައުވާތަކެއްކޮށް ކޯޓަށް ފޮނުވައިފިއެވެ.

މި ދެ ބޭފުޅުންނަކީ މި މައްސަލައިގައި ހިމެނޭ ޕައިނިއާ މޯލްޑިވްސް އާއި އައިލެންޑް ހެލްތް ސޮލިއުޝަންސްގެ ހިއްސާދާރުންނާއި ކުންފުނި ހިންގުމުގައި އިސްކޮށް އުޅުއްވި ބޭފުޅުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ޑރ. އަލީ ލަތީފްގެ މައްޗަށް ޓެކްސް ދެއްކުމުން ގަސްދުގައި އެއްކިބާވުމުގެ ތިން ދައުވާއެއް ކޮށްފައިވާއިރު، ޑރ. އިކްލީލްގެ މައްޗަށް އެ ކުށުގެ ފަސް ދައުވާއެއް ވަނީ ކޮށްފައެވެ. މީގެ އިތުރުން އެ ދެ ކުންފުނީގެ މައްޗަށާއި، ސައްހަނޫން މައުލޫމާތު ހިމެނޭ މާލީ ހިސާބުތައް ތައްޔާރުކޮށްދި ން އަލީ ފަޔާޒުގެ މައްޗަށް ވެސް ވަނީ ދައުވާ އުފުލާފައެވެ.

Gasdhugai tex ah makaru hadhafaivakamah thuhumathukoh 2 doctarakah dhauvakoh dhinumah edhijje | Mendhuru TvTikTokYouTubeInstagramXFacebook

Gasdhugai tex ah makaru hadhafaivakamah thuhumathukoh 2 doctarakah dhauvakoh dhinumah edhijje | Mendhuru TvTikTokYouTubeInstagramXFacebook

 

މީރާއިން ކުރި އޮޑިޓްތަކުން ދައްކާގޮތުގައި، މި ދެ ކުންފުނިން ވަނީ ޓެކްސް ބަޔާންތަކުގައި އާމްދަނީ ބޮޑުތަނުން ދަށްކޮށް ދައްކާފައެވެ. އެގޮތުން އައިލެންޑް ހެލްތް ސޮލިއުޝަންސްއިން 4.3 މިލިއަން ރުފިޔާ އަދި ޕައިނިއާ މޯލްޑިވްސްއިން 23.7 މިލިއަން ރުފިޔާ ޓެކުހުގެ ގޮތުގައި ދައުލަތަށް ދައްކަންޖެހޭ ކަމަށް މީރާއިން ވަނީ ކަނޑައަޅާފައެވެ.

ޕީޖީ އޮފީހުން ބުނެފައިވަނީ މި މައްސަލައިގައި ކުށް ސާބިތުވާ ހާލަތުގައި، ގާނޫނުގައި ކަނޑައެޅިފައިވާ އެންމެ ބޮޑު އަދަބު ދިނުމަށް ކޯޓުގައި އެދޭނެ ކަމަށެވެ. މި ދައުވާތައް އުފުލާފައިވަނީ ކުންފުނިތަކުގައި އެ ބޭފުޅުން އަދާކުރި އިސް ދައުރަށާއި ހިއްސާ އޮންނަ މިންވަރަށް ރިއާޔަތްކުރުމަށްފަހުގައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ނުލިބި ހުރި ފައިސާގެ ތެރެއިން 623 މިލިއަން ރުފިޔާ ހޯދައިފިޚަބަރު | 11 ދުވަސް ކުރިންޑޮލަރު އާމްދަނީ 1.2 ބިލިއަނަށްވިޔަފާރި | 12 ދުވަސް ކުރިންމީރާއަށް މިދިޔަ މަހު 2.69 ބިލިއަން ރުފިޔާވިޔަފާރި | 12 ދުވަސް ކުރިންމީރާގެ ޑެޕިއުޓީ ކޮމިޝަނަރަކު އައްޔަން ކުރުމަށް ރުހުން ހޯދުމަށް މަޖިލީހަށް ފޮނުއްވައިފިޚަބަރު | 19 ދުވަސް ކުރިން