logo
Bank of Maldives

Bank of Maldives

ޚަބަރު

ޕީސީއާރް ޓެސްޓިންގެ ހިދުމަތް ދިން ދެ ކުންފުންޏަކުން ގަސްދުގައި ޓެކުހަށް މަކަރު ހަދާފައިވާ ކަމަށް ތުހުމަތުކޮށް ދެ ޑޮކްޓަރަކަށް ދައުވާކޮށްދޭން އެދިއްޖެ

މުހައްމަދު މޫސާމުހައްމަދު މޫސާ
20 ޖެނުއަރީ 2026 - 14:11
ޑރ. އަލީ ލަތީފް، ޓެކުހަށް މަކަރުހެދިކަމަށް މީރާއިން ތުހުމަތުކުރި ޑޮކްޓަެރުންގެ ތެރޭ މި ޑޮކްޓަރު ހިމެނޭ،
ޑރ. އަލީ ލަތީފް، ޓެކުހަށް މަކަރުހެދިކަމަށް މީރާއިން ތުހުމަތުކުރި ޑޮކްޓަެރުންގެ ތެރޭ މި ޑޮކްޓަރު ހިމެނޭ،

ކޮވިޑް-19 ގެ ދުވަސްވަރު ފުޅާ ދާއިރާއެއްގައި ޕީސީއާރް ޓެސްޓިންގެ ހިދުމަތް ދިން ދެ ކުންފުންޏަކުން ގަސްދުގައި ޓެކުހަށް މަކަރު ހަދާފައިވާ ކަމަށް ތުހުމަތުކޮށް، އެ ކުންފުނިތަކުގެ އިސްވެރިންގެ ގޮތުގައި ތިއްބެވި ޑރ. އިކްލީލް ޝަރީފް އަދި ޑރ. އަލީ އަބްދުالله ލަތީފްގެ މައްޗަށް ދައުވާކޮށްދިނުމަށް މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހަށް ފޮނުވައިފިއެވެ.

މީރާއިން ހާމަކުރި ގޮތުގައި، ޕައިނިއާ މޯލްޑިވްސް އާއި އައިލެންޑް ހެލްތު ސޮލިއުޝަންސް އިން 2020 އިން 2022 އަށް ހުށަހެޅި އިންކަމް ޓެކްސް ބަޔާންތަކުގައި، ލިބުނު އާމްދަނީ ވަނީ ވަރަށް ބޮޑަށް ދަށްކޮށް ދައްކާފައެވެ. މީގެ އިތުރުން، ދައްކަންޖެހޭ ޓެކްސް ކުޑަކުރުމުގެ ނިޔަތުގައި 'ކޮސްޓް އޮފް ސޭލްސް' އާއި އިދާރީ ހަރަދުތަކުގެ ގޮތުގައި ސައްހަ ނޫން އުނިކުރުންތަކެއް ހިމަނާފައިވާކަން ވެސް ތަހުގީގަށް ވަނީ ފާހަގަކުރެވިފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި މައްސަލައިގެ ތަފްސީލް ހާމަކުރަމުން މީރާއިން ބުނީ، އައިލެންޑް ހެލްތު ސޮލިއުޝަންސް އިން 31.9 މިލިއަން ރުފިޔާ އަދި ޕައިނިއާ މޯލްޑިވްސް އިން 102.7 މިލިއަން ރުފިޔާގެ އާމްދަނީ ރިޕޯޓުނުކޮށް ފޮރުވާފައިވާ ކަމަށެވެ. މިކަމާ ގުޅިގެން ހިންގި ހާއްސަ އޮޑިޓްތަކަށްފަހު، ދެ ކުންފުނިން ޖުމުލަ 28 މިލިއަން ރުފިޔާ ޓެކުހުގެ ގޮތުގައި ދެއްކުމަށް ވަނީ އަންގާފައެވެ.

މީގެ ތެރޭގައި ހިމެނެނީ އައިލެންޑް ހެލްތުން ދައްކަންޖެހޭ 4.3 މިލިއަން ރުފިޔާ އާއި ޕައިނިއާ މޯލްޑިވްސް އިން ދައްކަންޖެހޭ 23.7 މިލިއަން ރުފިޔާއެވެ. މި ފައިސާއަކީ ދައުލަތަށް ލިބެންޖެހޭ ޓެކްސް އާމްދަނީ ކަމަށް މީރާއިން ކަނޑައަޅާފައިވެއެވެ.

މި ދެ ޑޮކްޓަރުންގެ އިތުރުން، އެނގިހުރެ ސައްހަ ނޫން މައުލޫމާތު ހިމަނައިގެން މާލީ ހިސާބުތަކާއި ޓެކްސް ބަޔާންތައް ތައްޔާރުކޮށްދިން ކަމުގެ ތުހުމަތުގައި އަލީ ފަޔާޒު ކިޔާ މީހެއްގެ މައްޗަށް ވެސް ދައުވާކޮށްދިނުމަށް މީރާއިން ވަނީ ޕީޖީ އޮފީހުގައި އެދިފައެވެ.

މި މައްސަލައަކީ ކޮވިޑްގެ ބަލިމަޑުކަމުގެ ތެރޭގައި ސިއްހީ ހިދުމަތްދޭ ކުންފުނިތަކުން ހޯދި ބޮޑު އާމްދަނީއާ ގުޅިގެން ފެންމަތިވި ސީރިއަސް މައްސަލައެކެވެ. މީރާއިން އަންނަނީ ޓެކުހަށް މަކަރު ހަދާ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އެޅުމުގެ މަސައްކަތް ހަރުދަނާ ކުރަމުންނެވެ.

ޓެކްސް ނެގުމާ ބެހޭ އިދާރީ ޤާނޫނުގެ 64 ވަނަ މާއްދާގެ ދަށުން ދައްކަންޖެހޭ ޓެކްސް ދެއްކުމަށް، އެނގިހުރެ، ގަސްދުގައި އެއްކިބާވުމުގެ ނިޔަތުގައި އެއްވެސް ކަމެއް ކުރުމަކީ ކުށެކެވެ. އަދި އެ ފަދަ ކުށެއް ކުރުމަށް ޓެކްސް ދައްކަންޖެހޭ މީހަކަށް އެހީތެރިވެދިނުމުގެ ނިޔަތުގައި އެއްވެސް ކަމެއް ކުރުމަކީ ވެސް ކުށެކެވެ. ޓެކުހާ ގުޅޭ މި ފަދަ ކުށެއް، އޮޅުވާލުމެއް ނުވަތަ މަކަރެއް ހަދަމުންދާކަމަށް ފާހަގަކުރެވޭ ފަރާތްތަކާމެދު ޢަމަލުކުރާނޭ ގޮތް އެކަށައެޅުމަށްޓަކައި އެކުލަވައިލައިފައިވާ މީރާގެ "ޓެކްސް ކްރައިމް މިޓިގޭޝަން ސްޓްރެޓެޖީ"އާ އެއްގޮތަށް އެ ފަރާތްތަކާމެދު ފިޔަވަޅު އަޅަމުންދާނެކަމަށް މީރާއިން ވަނީ ފާހަގަކޮށްފައެވެ.

އެއްވެސް ފަރާތަކުން ޓެކުހާ ގުޅޭ ކުށެއް، އޮޅުވާލުމެއް ނުވަތަ މަކަރެއް ހަދަމުންދާކަމަށް ޝައްކު ކުރެވޭނަމަ އެ މައުލޫމާތު މީރާއާ ހިއްސާކުރެއްވުމަށް "މީރާ 918 – މައްސަލަ ހުށަހަޅާ ފޯމު" މީރާގެ ވެބްސައިޓްގައިވާ "ވިސުލް ބްލޯވިންގ" ފަންކްޝަން މެދުވެރިކޮށް ހުށަހެޅުމަށް މީރާއިން އިލްތިމާސްކުރެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފެބްރުވަރީ މަހު މީރާއިން 2.80 ބިލިއަން ރުފިޔާ ބަލައިގަނެފިވިޔަފާރި | 5 ގަޑިއިރު ކުރިންގްރީން ޓެކުހުގެ ގޮތުގައި 200 މިލިޔަނަށްވުރެ ގިނަ ރުފިޔާ ލިބި، 104 އިންސައްތައިގެ ކުރިއެރުމެއް!ވިޔަފާރި | 16 ދުވަސް ކުރިންޓެކްސް ނުދައްކާ ފަރާތްތަކުގެ ނަން މީރާއިން ހާމަކޮށްފި ޚަބަރު | މަހެއް ކުރިންޑރ. އަލީ ލަތީފާއި އިކުލީލުގެ މައްޗަށް ގިނަ ދައުވާތަކެއް، މައްސަލަ ކޯޓަށްޚަބަރު | 2 މަސް ކުރިން