ނޭވާ ހިފަހައްޓާލަންޖެހޭ އެތައް ހާލަތެއް ބައްދަލުކުރި، އިގްތިސޯދީ މަޔޫސްކަމުން އަލުން އަނބުރާ ރުޖޫއަ ވެއްޖެ: ސައީދު
2 ސެޕްޓެމްބަރު 2026 - 06:12

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގައި ނޭވާ ހިފަހައްޓާލަންޖެހޭ އެތައް ހާލަތެއް ބައްދަލުކުރި ކަމަށާއި ނަމަވެސް ރައީސްގެ ހިކުމަތްތެރިކަމުން އެހާލަތުން އަރައިގަނެވިފައިވާ ކަމަށް ޕީއެންސީގެ ނައިބު ރައީސް އަދި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ރޭ ވިދާޅުވެއްޖެ އެވެ.
ކޮންގްރެސް ފޯރި ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ސައީދު ވިދާޅުވީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމުން ފޭބިއިރު ވަރަށް ބައިވަރު ދަރަނިތައް ފުނިޖައްސާފައިވާ ކަމަށެވެ. އަދި އެހާލަތުން އަރައިގަތުމަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހުނު ކަމަށާއި ވަރަށް ނުރައްކާތެރި ހާލަތުތައް ބަދަލު ކުރި ނަމަވެސް، ކެތްތެރިކަމާ ހިކުމަތްތެރިކަމާ އެކު ރައީސް ކުރެއްވި މަސައްކަތުން ގައުމު ނުދަރާ ސަލާމަތްވެފައިވާ ކަމަށް ވެސް ސައީދު ވިދާޅުވި އެވެ.

Ad by Hajj Corporation
ރައްޔިތުންގެ ހަރުމުދާ ބަޔަކަށްދިޔަ ނުދީ އަނބުރާ ދިވެހިންނަށް ރައީސް ހޯދައިދެއްވަވާ، އިގްތިސޯދީ ގޮތުން ގައުމު އަނބުރާ އަމާން ބަނދަރަކަށް ގެނެސްދެއްވި ކަމަށް ވެސް ސައީދު ފާހަގަ ކުރެއްވެވި އެވެ.

-01.jpg&w=3840&q=75)
