logo
Bank of Maldives

Bank of Maldives

ޚަބަރު

"މޯލްޑިވްސް އެކްސްޕޯ" ގައި ދިވެހިންގެ ހުނަރު ދުނިޔެއަށް ދައްކާލުމުގެ ފުރުސަތު ލިބޭނެ

އައިޝަތު ނަޝާ
9 ސެޕްޓެމްބަރު 2026 - 11:10
އަހްމަދު އަލާއު އިސްމާއިލް  ންދުރު ޓީވީގެ މައުޟޫ ޕްރޮގްރާމްގައި ވާޙަކަ ދައްކަނީ
އަހްމަދު އަލާއު އިސްމާއިލް ންދުރު ޓީވީގެ މައުޟޫ ޕްރޮގްރާމްގައި ވާޙަކަ ދައްކަނީ

މިއަހަރުގެ ދިވެހިންގެ އުފެއްދުންތެރިކަމުގެ މައުރަޒު ނުވަތަ "މޯލްޑިވްސް އެކްސްޕޯ" ވެގެން ދާނީ ދިވެހިންގެ ހުނަރާއި ފަންނުވެރިކަން މުޅި ދުނިޔެއަށް ދައްކާލަން ލިބޭ އެންމެ ރަނގަޅު، ރަނުގެ ފުރުސަތެއް ކަމަށް ބިޒިނަސް ސެންޓަރ ކޯޕަރޭޝަން ގެ ޕެރަލީގަލް އެންޑް ލީގަލް އެފެއަރޒް އަހްމަދު އަލާއު އިސްމާއިލް ވިދާޅުވެއްޖެ އެވެ.

މެންދުރު ޓީވީގެ މައުޟޫ ޕްރޮގްރާމްގައި އެ ކޯޕަރޭޝަނުން ކުރިއަށް ގެންދާ ދިވެހިންގެ އުފެއްދުންތެރިކަމުގެ މައުރަޒާ ގުޅޭގޮތުން ވާޙަކަ ދައްކަމުން އަލާއު ވިދާޅުވީ، މި މައުރަޒަކީ ރާއްޖެއަށް އަންނާނެ އެންމެ ބޮޑު އެއް އީދު ކަމުގައި ބުނެވިދާނެ ކަމަށެވެ. އަދި އެ ކޯޕަރޭޝަނުން ރާއްޖޭގެ ފަންނުވެރިންނާއި،މަސައްކަތްތެރީން އަދި ރާއްޖޭގެ ހުރިހާ އެންމެން ޝާމިލްވާގޮތަށް މިކުރެވޭ މަސައްކަތުގެ ނަތީޖާއަކީ ދިވެހިންގެ އުފެއްދުންތެރިކަން ކުރިއަރައިގެން ދިއުންކަން އޭނާ ފާގަކުރެއްވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

 

"މި މައުރަޒުން އެންމެ ބޮޑަށް ފާހަގަކުރެވުނު ކަމަކީ މިފަދަ ފުރުސަތަކަށް ރާއްޖޭގެ ފަންނުވެރިންނާ ހުނަރުވެރިން އަދި ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިން ބޭނުންވެފަ ތިބި މިންވަރު. މި މައުރަޒަކީ ހަމައެކަނި ވިޔަފާރިތަކަށް ފޯކަސް އޮންނަ މައުރަޒެއް ނޫން.މި މައުރަޒުގަ އެކި ދާއިރާތަކުގެ ފަންނުވެރިންނަށް ފުރުސަތު އޮންނާނެ.ދިވެހި ފަންނުވެރީންނާއި ވިޔަފާރިވެރިންގެ މަސައްކަތްތަށް ފެނިގެން ދިޔުމުން ހަޤީގަތުގަ އެނގިގެން އެބަދޭ އެބޭފުޅުންގެ މަސައްކަތްތަށް އަޅުގަނޑުމެން ކުރިއަރުވަން ޖެހޭ މިންވަރު" އަހްމަދު އަލާއު

ވާހަކަ ނިންމާލަމުން އަލާއު ވިދާޅުވީ،އުންމީދަކީ ވީހާވެސް ގިނަ ބޭފުޅުންގެ މަސައްކަތްތަކާއި ހުނަރުތައް މިއަހަރުގެ އުފެއްދުންތެރިކަމުގެ މައުރަޒުގައި ފެނިގެންދިއުންކަމަށާއި، މި މައުރަޒު ވެގެން ދާނީ މިއަހަރު ބާއްވާ އެންމެ ވަރުގަދަ އަދި އެންމެ ކުލަަގަދަ ހަރަކާތަށް ކަމަށެވެ.

މި މައުރަޒު ބޭއްވުމަށް ހަމަޖެހިފައިވަނީ 2026 އޮކްޓޫބަރު 23 އިން 31 އަށް ހުޅުމާލޭގަ އެވެ. މި މައުރަޒުގައި ބައިވެރިވުމުގެ ފުރުސަތު އުމުރުން 13 އަހަރު ފުރިފައިވާ ކޮންމެ ދިވެހި ރައްޔިތަކަށް ވަނީ ހުޅުވާލާފައެވެ. މައުރަޒުގެ ވާދަކުރުމުގެ ބައިގައި ބައިވެރިވާން އެދޭ ފަރާތްތަކަށް އޮންލައިންކޮށް ފޯމު ހުށަހެޅޭނެ އެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

"މޯލްޑިވްސް އެކްސްޕޯ" ގައި ދިވެހިންގެ ހުނަރު ދުނިޔެއަށް ދައްކާލުމުގެ ފުރުސަތު ލިބޭނެޚަބަރު | 2 ގަޑިއިރު ކުރިން