logo
Bank of Maldives

Bank of Maldives

ޚަބަރު

އަންނަ އަހަރު ގްރޭޑް 1 ގެ ފޮތްތަކަށް ބަދަލު ގެންނަނީ

އައިޝަތު ނަޝާ
12 ސެޕްޓެމްބަރު 2026 - 06:09
އަންނަ އަހަރު ގްރޭޑް 1 ގެ ފޮތްތަކަށް ބަދަލު ގެންނަނީ

ދަރިވަރުންނަށް ހާސިލްކުރެވޭ މިންވަރު އިތުރުކުރުމަށް ކީ ސްޓޭޖް 1 ގެ ފޮތްތަކަށް ބަދަލު ގެނައުމަށް ނިންމަވާފައިވާ ކަމަށް ތަޢުލީމާ މަތީ ތަޢުލީމާ ހުނަރުތައް ތަރައްޤީކުރުމާއި ބެހޭ ވަޒީރު ޑރ. އިސްމާޢިލް ޝަފީޢު ވިދާޅުވެއްޖެވެ. ތަ

މިހާރު ކުރިއަށްދާ 8 ވަނަ އިންޓަރނޭޝަނަލް ޓީޗަރސް ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ތަޢުލީމާ މަތީ ތަޢުލީމާ ހުނަރުތައް ތަރައްޤީކުރުމާއި ބެހޭ ވަޒީރު ޑރ. އިސްމާޢިލް ޝަފީޢު ވަނީ، މިފަދަ މަހާސިންތާއެއްގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. ވަޒީރު ވިދާޅުވީ ޓީޗަރުންނަށް އިންވެސްޓް ކުރުމަކީ ޤައުމުގެ މުސްތަޤުބަލަށްވެސް ކުރެވޭ އިންވެސްޓްމެންޓެއް ކަމަށެވެ.

ވަޒީރުގެ ވާހަކަފުޅުގައި މިޒަމާނުގައި ޓެކްނޮލޮޖީއަށާއި ވަޒީފާގެ ބާޒާރަށް ބޮޑެތި ބަދަލުތަކެއް އައިސް އޭއައި އެކި ކަންކަމުގައި ބޭނުން ކުރާ މިންވަރު އިތުރުވަމުންދާއިރު، މިއީ މި ބަދަލުތަކަށް ދަރިވަރުން ތައްޔާރުކުރުމަށް ޓީޗަރުން މިކަންކަމަށް އަހުލުވެރިވާން ޖެހޭ ކަމަށެވެ. އެހެން ކަމުން މި ކޮންފަރެންސްގެ މަޤްޞަދަކީ ޓީޗަރުން ސިޔާސަތުތަކަށް އަންނަ ބަދަލުތަކާއި ކުލާހުގައި ކިޔަވައިދޭ ގޮތްތަކާއި ދިރާސާތަކާއި ގުޅުވާލުން ކަމަށް ތަޢުލީމީ ވަޒީރު ވިދާޅުވިއެވެ. މިއާއެކު މި ފުރުސަތުގެ ބޭނުން ޓީޗަރުން ހިފުމަށް ވަޒީރު ގޮވާލެއްވިއެވެ.

"ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާއި ހަވާލުވުމަށް ފަހު ދައިރާގެ ކުރިއެރުމަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައިވޭ.އަދި މިހާރުވެސް ދަރިވަރުން ތަޢުލީމީ މަރުހަލާގައި ހާސިލްކުރާ މިންވަރު އިތުރުކުރުމަށް މުހިންމު ބަދަލުތަކެއް ކޮންޓެންޓަށް ގެންނަމުންދޭ. މިމަސައްކަތުގެ ދަށުން ކީ ސްޓޭޖް 1 ފޮތްތަކަށް އަންނަ އަހަރު ބަދަލު ގެނައުމަށް ވަނީ ނިންމާފައި"ވަޒީރު ޑރ. އިސްމާޢިލް ޝަފީޢު
Ad by Hajj Corporation

Ad by Hajj Corporation

ވަޒީރުގެ ވާހަކަފުޅު ނިންމަވާލެއްވީ، ޓީޗަރުން މުޖްތަމަޢުގެ ތެރޭގައި ހަރަކާތްތެރިވާ މިންވަރު އިތުރުކުރަން ގޮވާލައްވަމުންނެވެ. ވަޒީރު ވިދާޅުވީ، ޓީޗަރުންނަކީ މުޖްތަމަޢުގެ ތެރޭގައި ބާރާޢި އިޚްތިޔާރު އޮންނަ ބައެއްކަން ޤަބޫލުކުރަން ޖެހޭކަމާށާއި، އަދި އެ ބާރާއި އިޚްތިޔާރު ހަނިކުރެވިއްޖެ ނަމަ ދަރިވަރުންގެ ތަޢުލީމީ ހަޔާތުން މުހިންމު ބައެއް ގެއްލިގެންދާ ކަމަށް ވަޒީރު ވިދާޅުވިއެވެ. އެހެން ކަމުން ބެލެނިވެރިންނާއި ދަރިވަރުންނާއި އަދި މުޖްތަމަޢުގެ އެހެން ފަރާތްތަކާއި ގުޅިގެން މަސައްކަތް ކުރަން ޖެހޭ ކަމަށް ވަޒީރު ޝަފީޢު ވިދާޅުވިއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އަންނަ އަހަރު ގްރޭޑް 1 ގެ ފޮތްތަކަށް ބަދަލު ގެންނަނީޚަބަރު | 34 މިނިޓު ކުރިން