އަމާޒަކީ ބޮޑު މިސްކިތުގެ މަސައްކަތް ދެ އަހަރުގެ ތެރޭގައި ނިންމުން: ވަޒީރު ޝަހީމް
13 ސެޕްޓެމްބަރު 2026 - 13:38

ހުޅުމާލޭގައި ތަރައްގީ ކުރުމަށް ހަމަޖެހިފައިވާ ރާއްޖޭގެ އެންމެ ބޮޑު މިސްކިތުގެ މަސައްކަތް ގިނަވެގެން ދެ އަހަރުގެ ތެރޭގައި ނިންމުމަކީ އަމާޒެއް ކަމަށް އިސްލާމީ ކަންތައްތަކާއި އައުގާފާބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ހުޅުމާލޭ ފޭސް ދޭއް އަދި ފޭސް ތިނެއްގެ ދެމެދުގައި އަޅާ އެ މިސްކިތުގެ ބިންގާ އަޅަން ބޭއްވި ރަސްމިއްޔާތުގައި ޝަހީމް ވިދާޅުވީ، އަމާޒަކީ ގިނަވަގެން ދެ އަހަރު ދުވަހުގެ ތެރޭގައި އެ މިސްކިތުގެ ބައި ނިންމުން ކަމަށެވެ. އަދި މިސްކިތާއި އެކުގައި ވަގުފް މަޝްރޫއުތަކެއްވެސް އެބަ ހުރިކަމަށާއި،، އެހެން ނަމަވެސް އެކަމުގައި ގާނޫނީގޮތުން ފުރިހަމަ ކުރަން ޖެހޭ ކަންތައްތަކެއް ހުރުމާއެކު އެބައި ކުރިއަށް ގެންދަނީ ވަކިން ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

Ad by Hajj Corporation
" މިފަދަ ގައުމީ މުހިންމު މަސައްކަތްތައް ކުރިއަށްދާނީ ހުރިހާ ފަރާތްތަކެއް ގުޅިގެން ކުރެވޭ މަސައްކަތުގެ ސަަބަބުން. އަޅުގަނޑު ޔަގީންކަން ދެން، ﷲ އިރާދަކުރެއްވިއްޔާމުން، ކުރިއަށް އޮތް ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި މި މިސްކިތް ނިންމަން ގަދަ އަޅާ މަސައްކަތް ކުރާނެ ކަމަށް.މި މިސްކިތަކީ މަދުވެގެން 10،000 މީހުންނަށް ނަމާދު ކުރެވޭނެ މިސްކިތަކަށް ވާނެ . އަންހެން ބޭފުޅުންނަށްވެސް ނަމާދު ކުރެވޭނެ ޖާގަތައްވެސް މި މިސްތުގައި ހުންނާނެ." ވަޒީރު ޝަހީމް
އެ މިސްކިތުގެ ނަމަކީ "ޖާމިއުސުލްތާން މުހައްމަދު ބުން އަބްދުﷲ ގްރޭންޑް މޮސްކް،".އެވެ.އެ މިސްކިތާއެކު އިސްލާމީ ހަޟާރާތާ ބެހޭ މަރުކަޒެއްވެސް ތަރައްގީ ކުރުމަށް ހަމަޖެހިފައި ވެއެވެ.
މި މިސްކިތް ބިނާ ކުރުމަށް ހަވާލުކޮށްފައިވަނީ ސަޢޫދީ ޢަރަބިއްޔާގެ މަޝްހޫރު އައްރާޖިޙީ ކުންފުންޏާ ހަވާލުކޮށްފިއެވެ.މިސްކިތުގެ ބިންގާ މިއަދު އަޅާފައިވަނީ ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ އުފާވެރި ތާރީޚީ މުނާސަބަތާ ގުޅުވައިގެންނެވެ.


