ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖްގެ މަގާމަށް މާރިޔާ
14 ސެޕްޓެމްބަރު 2026 - 07:05

ކުރީގެ ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ ފޮރިން މިނިސްޓްރީގެ އިސް މަގާމަކަށް އައްޔަންކޮށްފިއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގައި ހަޔާ އެޑިއުކޭޝަން މިނިސްޓަރުކަން ވެސް ކުރެއްވި މާރިޔާ އެމްބެސެޑާ އެޓް ލާޖްގެ މަގާމަށް އައްޔަން ކުރެއްވީ މި މަހުގެ ކުރީކޮޅެވެ. އެމްބެސެޑާ އެޓް ލާޖްގެ މަގާމަށް ބޭފުޅަކު ހަމަޖައްސަނީ ބޭރު ގައުމެއްގެ ސަފީރުކަމަށް އައްޔަންކުރާށެވެ.

Ad by Hajj Corporation
މާރިޔާ އައްޔަން ކުރަނީ ކޮން ގައުމެއްގެ ސަފީރަކަށް ކަމެއް އެނގިފައެއް ނުވެއެވެ.
މިދިޔަ އޭޕްރީލް މަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ސަރުކާރަށް ލިބުނު ނާކާމިޔާބީއާ ގުޅިގެން ސަރުކާރުގެ ހިންގުމަށް ބަދަލުތައް ގެނައުމުގެ ގޮތުން ބައެއް މިނިސްޓަރުން އިސްތިއުފާ ދެއްވިއިރު، އޭގެ ތެރޭގައި މާރިޔާ ވެސް ހިމެނިވަޑައިގަންނަވައެވެ.
އޭރު އިސްތިއުފާ ދެއްވި ބައެއް މިނިސްޓަރުން ވަނީ ބޭރުގެ ގައުމުތަކުގެ ސަފީރުންނަށް އައްޔަން ކުރައްވައިފައެވެ.


