logo
Bank of Maldives

Bank of Maldives

ޚަބަރު

އިމާމުންނަށް ޚާއްސަ ޑްރެސް ކޯޑެއް ފަރުމާކުރަން ނިންމައިފި

އައިޝަތު ނަޝާ
14 ސެޕްޓެމްބަރު 2026 - 07:25
އިމާމުންނަށް ޚާއްސަ ޑްރެސް ކޯޑެއް ފަރުމާކުރަން ނިންމައިފި

އިމާމުންނަށް ޚާއްސަ ޑްރެސް ކޯޑެއް ފަރުމާކުރަން ނިންމާފައިވާ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

 ވަޒީރު ޝަހީމް ވިދާޅުވީ ރާއްޖޭގައި އިމާމުވެ ހުކުރު ނަމާދާއި އީދު ނަމާދު އަދި އާންމުކޮށް އިމާމު ކަމުގެ ވަޒީފާ އަދާ ކުރައްވާ އިމާމުން ނަމާދު ކުރާ ގަޑި އަށް ޚާއްސަ ހެދުމެއް ތައްޔާރު ކުރުމަށް ނިންމާފައިވާ ކަމަށެވެ. ތާކިހަލެއް ވެސް ހިމެނޭހެން އެ ހެދުން ފަރުމާ ކުރަން ހުޅުވާލުމަށް ނިންމާފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

 

View post on Twitter



ވަޒީރު ޝަހީމް ވިދާޅުވީ ރާއްޖޭގެ އިލްމުވެރިންނާއި ޚަޠީބުން އިމާމުވެ ހުކުރު ނަމާދާއި ޢީދު ނަމާދު ކުރައްވާއިރު އާއްމުކޮށް ތުރުކުރައްވައި އުޅުއްވަނީ މިޞްރާއި ސައުދީ އަރަބިއްޔާގެ ބޭފުޅުން ތުރުކުރައްވާ ޒާތުގެ ހެދުންކޮޅެއްކަމަށެވެ. ދިވެހިރާއްޖޭގެ ތާރީޚާއި ސަޤާފަތުގެ މައްޗަށް ބިނާކޮށް މިފަދަ ހެދުންކޮޅެއް އިމާމުންނަށް ފަރުމާކުރެވިއްޖެ ނަމަ އެއީ ވަރަށް ރަނގަޅު ކަމަކަށް ވާނެކަމަށާއި މިފަދަ ފޭރާންކޮޅެއް އިމާމުންނަށް ފަރުމާކުރުމުގައި ތާރީޚާއި ސަޤާފަތުގެ ފަންނުވެރިން އެހީތެރިކަން ދެއްވުމަށް ވަޒީރުވަނީ އެދިވަޑައިގެންފައެވެ. މިގޮތަށް ފަރުމާކުރެވޭ ފޭރާންކޮޅަކަށް ތާޢީދުކުރައްވާނެކަމަށްވެސް ވިދާޅުވިއެވެ.

މިސްކިތްތަކުގައި އިމާމްކޮށް ނަމާދުކުރާ މީހުންނަށް ޚާއްސަ ހެދުމެއް ތައްޔާރުކުރުމަށް ނިންމާފައިވާއިރު ހާފިޒުންގެ ދަސްވެނިވުމުގެ ހަފުލާގައި ބޭނުންކުރުމަށް ގައުން އަދި ތާކިހާ އެއް ވެސް ތައްޔާރުކޮށްފައިވެއެވެ. އެ ގައުނާއި ތާކިހާއަކީވެސް ދިވެހީންގެ ފަންނުވެރިކަމާއި ހުނަރުވެރިކަން ދައްކުވައިދޭ އިސްލާމީ ރީތި ގައުނެކެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އިމާމުންނަށް ޚާއްސަ ޑްރެސް ކޯޑެއް ފަރުމާކުރަން ނިންމައިފިޚަބަރު | 4 ގަޑިއިރު ކުރިން