logo
Bank of Maldives

Bank of Maldives

ޚަބަރު

"ދެ ޤައުމުގެ ޚާރިޖީ ގުޅުން ބިނާވަނީ އިތުބާރާއި އިހްތިރާމުގެ މައްޗަށް"

އައިޝަތު ނަޝާ
15 ސެޕްޓެމްބަރު 2026 - 09:54
"ދެ ޤައުމުގެ ޚާރިޖީ ގުޅުން ބިނާވަނީ އިތުބާރާއި އިހްތިރާމުގެ މައްޗަށް"

 ދެ ޤައުމުގެ ޚާރިޖީ ގުޅުން ބިނާވަނީ އިތުބާރާއި އިހްތިރާމުގެ މައްޗަށްކަމަށާއި،އެހެން ކަމުން ރާއްޖެއާއި މެލޭޝިއާގެ ގުޅުން ބަދަހިކުރަން މަތީ ފަންތީގެ ކޮމިޝަނެއް އެކުލަވާލުމާއި މެދު މަޝްވަރާ ކުރައްވާފައިވާ ކަމަށް މެލޭޝިއާގެ ބޮޑު ވަޒީރު އޮނަރަބަލް އަންވަރު އިބްރާހިމް ވިދާޅުވެއްޖެއެވެ.

މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް މިފަދައިން ވިދާޅުވީ، ރާއްޖެއަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގައި ދެ ޤައުމު ވެރިންގެ ގުޅިފައިވާ ބަޔާނުގައެވެ.

ބޮޑުވަޒީރު އަންވަރުގެ ވާހަކަފުޅުގައި ރާއްޖެއިން ދެންނެވި ހޫނު މަރުހަބާއަށް ޝުކުރު އަދާކުރެއްވިއެވެ. މިއީ ކުރު ދަތުރުފުޅެއް ނަމަވެސް ދިވެހިރާއްޖެއިން މިދަތުރުފުޅުގެ އިންތިޒާމުތައް ހަމަޖައްސަވާފައިވަނީ ވަރަށް ފުރިހަމަކޮށްކަން ފާހަގަކުރައްވާ ބޮޑުވަޒީރު އަންވަރު ވިދާޅުވީ މިކަމުން ދައްކުވައިދެނީ ދެ ޤައުމުގެ ދެމެދުގެ އޮތް އެކުވެރިކަމާއި އަޚުވަންތަ ގުޅުން ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

މެލޭޝިއާގެ ބޮޑުވަޒީރު ވާހަކަފުޅުގައި ފަލަސްޠީނު މައްސަލައިގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ސިޔާސަތަށް ތަޢުރީފް ކުރެއްވިއެވެ. އަދި ދެ ޤައުމުގެ ޚާރިޖީ ކަންކަމުގައި ދެ ޤައުމުގެވެސް ސިޔާސަތަކީ ދާދި އެއްގޮތް ސިޔާސަތަތުތަކެއްކަން ފާހަގަކުރައްވައި ބޮޑުވަޒީރު އަންވަރު ވަނީ ފަލަސްޠީނުގެ ރައްޔިތުންގެ ހައްގުގައި ބައިނަލްއަޤްވާމީ މައިދާނުގައި ރައީސުލްޖުމްހޫރިއްޔާ ކުރައްވަމުން ގެންދަވާ މަސައްކަތް ފާހަގަކުރައްވާފައެވެ.

"ކޮންމެ ދުވަހަކު ޣައްޒާގައި ޝަހީދު ކުރަމުން މިދަނީ ކުށެއް ނެތް މައުސޫމު ރައްޔިތުން. އިންސާނީ ހައްޤުތަކަށް ވަކާލާތު ކުރާ މީހުން މިކަން ކުރަމުން މިދަނީ. އެހެންވީމަ އަޅުގަނޑު ވަރަށް ބޮޑަށް ޝުކުރު އަދާކުރަން، ދިވެހި ސަރުކާރާއި އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނަންގަވާފައިވާ ސްޓޭންޑަށް. އަޅުގަނޑުމެން ދާނީ ވަރަށް ގާތުން މަސައްކަތް ކުރަމުން. އަޅުގަނޑުމެން އެންމެންނަކީ ބިންތައް ނިގުޅައި ގަތުމާއި ދެކޮޅު ބައެއް. އެހެނަސް އިސްރާއީލުން އެކަން ކުރުމުން ވާހަކަ ދައްކަވާ ބަޔަކު މަދު. އަޅުގަނޑު ޝުކުރުވެރިވަން ރައީސް މުޢިއްޒަށް މިކަންކަމުގެ ތެރޭ ރަނގަޅު ވާހަކަތަކެއް ދައްކަވާތީ". ބޮޑުވަޒީރު އަންވަރު ވިދާޅުވިއެވެ.

ދެ ޤައުމުގެ ދެމެދު އިތުރަށް މަޝްވަރާ ކުރެއްވި ކަންތައްތަކުގެ ތެރޭގައި މޫސުމީ ބަދަލުތަކުން އަރައިގަތުމަށް ކުރެވޭ މަސައްކަތްތުގައި އެއްބާރުލުން ދިނުން ހިމެނެއެވެ. މީގެއިތުރުން މެލޭޝިއާގެ ޕެޓްރޮނާސް ކުންފުނި މެދުވެރިކޮށް ރާއްޖޭގައި ތެޔޮ ހުރިތޯ ބެލުމުގެ މަސައްކަތަކީވެސް ކުރިއަށް ގެންދެވޭނެ މަސައްކަތެއް ކަމަށް ވިދާޅުވިއެވެ. އަ

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

"ދެ ޤައުމުގެ ޚާރިޖީ ގުޅުން ބިނާވަނީ އިތުބާރާއި އިހްތިރާމުގެ މައްޗަށް"ޚަބަރު | 2 ގަޑިއިރު ކުރިން