logo
Bank of Maldives

Bank of Maldives

ޚަބަރު

"އިހްތިރާމް އަދާކުރުމުގެ މަޝްރޫއު ކާމިޔާބު މަޝްރޫއުއަކަށް ހެދުމަށް މީޑިއާގެ ދައުރު މުހިންމު"

އައިޝަތު ނަޝާ
15 ސެޕްޓެމްބަރު 2026 - 10:33
"އިހްތިރާމް އަދާކުރުމުގެ މަޝްރޫއު ކާމިޔާބު މަޝްރޫއުއަކަށް ހެދުމަށް މީޑިއާގެ ދައުރު މުހިންމު"

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ޤައުމީ ފެންވަރުގައި ކުރިއަށް ގެންދަން ނިންމާފައިވާ "އިހްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫއު" އަކީ ކާމިޔާބު މަޝްރޫއަކަށް ހެދުމަށްޓަކާ އެންމެ މުހިންމު ދައުރެއް އަދާކުރަނީ ރާއްޖޭގެ މީޑިއާތަށް ކަމަށް ފަންނާ ތަރިކަ އާ ސަޤާފަތާ ބެހޭ ވަޒީރު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.

ވަޒީރު ހީނާ މިފަދައިން ވިދާޅުވީ، "އިހްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫއު" ގެ ލޯގޯ ފަރުމާކުރަން ހުޅުވާލުމާ އަދި ލމީޑިއާތަކާ އެކު ވެވޭ އެއްބަސް ވުމުގައި ސޮއި ކުރުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

ވަޒީރު ހީނާ ވަނީ، ދިވެހިންގެ ތެރޭގައި އިހުު އޮތް އިހްތިރާމް އަދާކުރުމުގެ އަދަބުތަކާ ރިވެތި އަހްލާޤް އަލުން އަނބުރާ މުޖްތަމައުއަށް ގެނެސް، ދިވެހިންނަކީ އެއްބަޔަކު އަނެއް ބަޔަކަށް އިހްތިރާމް އަދާކުރާ ބައެއްގެ ގޮތުގައި ބައްޓަން ވެގެން ދިއުމަށްޓަކާ ރައީސުލްޖުމްހޫރިއްޔާގެ މި ނިންމެވުމަކީ ޤައުމީ ނިންމެވުމެއްގެ ގޮތުގައި އެމަނިކުފާނު ފާހަގަ ކުރައްވާ ކަމަށް ވިދާޅުވެފައެވެ.

" މި މަޝްރޫއަކީ އަޅުގަނޑުމެންގެތެރޭގައި މިގޮތަށް ގެއްލެމުން ދިޔަ އާދަކާދަތަށް އިތުރަށް އާލާކޮށް ދެމެހެއްޓުމަށް ކުރިއަށް ގެންދާ މަޝްރޫއަކަށް ވާއިރު، މި މަޝްރޫއު ކުރިއަށް ގެންދިއުމަށްޓަކާ މި ވުޒާރާގެ ފަރާތުން ވަރަށް ގިނަ މަސައްކަތްތަކެއް މިހާތަނަށް ކުރެވިފައިވާނެ.އެގޮތުން ވަރަށް ގިނަ މުއައްސަސާތަށް އަދި ހުރިހާ ވުޒާރާތަކާ މިނިވަން މުއައްސަސާތަށް އަދި ހަމަ އެހެންމެ ޖަމިއްޔާ ޖަމާތްތަކާ އެކީ ދެ ފަހަރެއްގެ މަތިން އަޅުގަނޑުމެން ވޯކް ޝޮޕް ބާއްވާ އެ ހުރިހާ ބޭފުޅުންގެ ހިޔާލާއި މަޝްވަރާ ވާނީ ހޯދާފަ.އެހެންކަމުން މި މަޝްރޫއު ކުރިއަށް ގެންދިއުމުގެ ވަރަށް ގިނަ ބޭފުޅުންގެ ހިޔާލާއި މަޝްވަރާ ލިބިގެން ދިއުމަކީ އަޅުގަނޑު ވަރަށޤ އުފަލާއެކު ފާހަގަ ކުރާކަމެއް" ވަޒީރު ހީނާ ވިދާޅުވިއެވެ.

ވަޒީރު ހީނާ ވަނީ، މި މަޝްރޫއުގެ ކަންތައްތައް ރައްޔިތުންނާ ހަމައަށް ފޯރުކޮށްދިނުމަށް،އެ ވުޒާާއާއެކު ބައިވެރިވި ކަމަށްޓަކާ ހުރިހާ މީޑިއާތަކަށް ޝުކުރު އަދާކޮށްފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

"އިހްތިރާމް އަދާކުރުމުގެ މަޝްރޫއު ކާމިޔާބު މަޝްރޫއުއަކަށް ހެދުމަށް މީޑިއާގެ ދައުރު މުހިންމު"ޚަބަރު | 3 ގަޑިއިރު ކުރިން