logo
Bank of Maldives

Bank of Maldives

ޚަބަރު

ޕީއެންސީގެ އެކި މަޤާމުތަކަށާއި ލީޑަރޝިޕަށް އައްޔަންކުރެއްވި ބޭފުޅުން އިގުރާރުވެއްޖެ

އައިޝަތު ނަޝާ
18 ސެޕްޓެމްބަރު 2026 - 10:36
ޕީއެންސީގެ  އެކި މަޤާމުތަކަށާއި ލީޑަރޝިޕަށް އައްޔަންކުރެއްވި ބޭފުޅުން އިގުރާރުވެއްޖެ

ޕީޕަލްސް ނޭޝަނަލް ކޮންގްރެސްގެ މަޤާމުތަކަށް އިންތިޚާބުވެވަޑައިގެންފައިވާ މެންބަރުންނާއި ޕާޓީގެ އަސާސީ ގަވާއިދުގެ ދަށުން ލީޑަރޝިޕަށް އައްޔަން ކުރައްވާފައިވާ ބޭފުޅުން މަޤާމުގެ އިގްރާރުވެއްޖެއެވެ.

މި މަޤާމުތަކަށް އައްޔަން ކުރެއްވި ބޭފުޅުން އިގްރާރުވެފައިވަނީ ޕީއެންސީގެ ކޮންގްރެސްގެ ތެރެއިން ބޭއްވި ޚާއްސަ ސެޝަނެއްގައެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އެ ޕާޓީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.

މި ރަސްމިއްޔާތުގައި ޕީއެންސީގެ ލީޑަރޝިޕްގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންނާއި މިނިސްޓަރުންނާއި މިނިސްޓަރުންގެ ފެންވަރުގައި ތިއްބަވާ ބޭފުޅުންގެ ތެރެއިން ލީޑަރޝިޕަސް އައްޔަން ކުރައްވާ ބޭފުޅުންނާއި ކުންފުނިތަކުގެ އެމްޑީންނާއި ސީއީއޯއިންގެ ތެރެއިން އައްޔަން ކުރައްވާ ބޭފުޅުންގެ އިތުރުން މަތީ މަޖިލީހަށް އިންތިޚާބުވި މެންބަރުން ވަނީ ހުވާ ކުރައްވާފައެވެ.

މީގެ އިތުރުން ޕީއެންސީގެ މަތީ މަޖީލަހަށް އިންތިޚާބުކޮށްފައިވާ މެންބަރުންނާއި އަންހެނުންގެ ރޫޙުގެ އިސް ބޭފުޅުންނާއި ޒުވާނުންގެ ރޫހުގެ އިސް ބޭފުޅުންގެ އިތުރުން ޕާޓީގެ އިންތިޚާބުތަކުން ސްޓިއަރިން ކޮމިޓީތަކުގެ އެކި މަޤާމުތަކާއި ދާއިރާތަކުގެ މަޤާމުތަކަށް އިންތިޚާބުވެވަޑައިގެންނެވި ބޭފުޅުންވެސް މިއަދު ވަނީ އިގްރާރުވެފައެވެ.

 

Ad by Hajj Corporation

Ad by Hajj Corporation

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޕީއެންސީގެ އެކި މަޤާމުތަކަށާއި ލީޑަރޝިޕަށް އައްޔަންކުރެއްވި ބޭފުޅުން އިގުރާރުވެއްޖެޚަބަރު | ގަޑިއިރެއް ކުރިން