logo
Bank of Maldives

Bank of Maldives

ކުޅިވަރު

20 ވަނަ އޭޝިއަން ގޭމްސް ފަށައިފި

އަޙުމަދު ރިޝާން
20 ސެޕްޓެމްބަރު 2026 - 12:44
20 ވަނަ އޭޝިއަން ގޭމްސް ފަށައިފި

އޭޝިއާ ސަރަޙައްދުގެ އެންމެ ބޮޑު ކުޅިވަރު ޢީދު ކަމަށްވާ 20 ވަނަ އޭޝިއަން ގޭމްސް، ޖަޕާނުގެ އައިޗީ-ނަގޯޔާގެ މިޒުހޯ ޕާކް އެތުލެޓިކްސް ސްޓޭޑިއަމްގައި ކުލަގަދަ ރަސްމިއްޔާތަކާއެކު ރަސްމީކޮށް ފަށައިފި އެވެ.

މި ހިތްގައިމު ފެށުމުގެ ރަސްމިއްޔާތުގައި ޖަޕާނުގެ ސަގާފަތާއި ޒަމާނީ ޓެކްނޮލޮޖީ އެކުލެވޭ ހިތްގައިމު ހުށަހެޅުންތަކާއި ބަޑިބޭހުގެ ކުޅިވަރުތައް ވަނީ ދައްކާލާފައެވެ. މި މުބާރާތް ރަސްމީކޮށް ފައްޓަވައިދެއްވީ ޖަޕާނުގެ އެމްޕެރަރ ނަރުހީޓޯއެވެ. މި ރަސްމިއްޔާތުގައި އޮލިމްޕިކް ކައުންސިލް އޮފް އޭޝިއާގެ ރައީސް ޝައިޚް ޖޮއާން ބިން ޙަމަދު އަލްޘާނީ އާއި އައިއޯސީ ރައީސް ކިރްސްޓީ ކޮވެންޓްރީ ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ފަހަރުގެ އޭޝިއަން ގޭމްސްގައި ދިވެހިރާއްޖެއިން ވެސް ފޯރިއާއެކު ބައިވެރިވެފައިވާއިރު، ރަސްމިއްޔާތުގައި ދިވެހި ޓީމު ނުކުތީ ދިވެހި ސަގާފީ ހެދުމުގައެވެ. އަދި ދިވެހި ޤައުމީ ދިދަ އުފުލުމުގެ ޝަރަފު ހޯދީ ޓޭބަލް ޓެނިސް ތަރި މޫސާ މުންސިފް އަހްމަދާއި، ޝޫޓިންގައި ރާއްޖެއަށް ބައިނަލްއަގްވާމީ ރިހި މެޑައްޔެއް ހޯދައިދީފައިވާ ތަރި މަރިޔަމް އީޝަލް މިސްބާހެވެ.

މިފަހަރުގެ ގޭމްސްގައި ރާއްޖެއިން 7 ކުޅިވަރަކުން ވާދަކުރެއެވެ. އެއީ އެތުލެޓިކްސް، ޓޭބަލް ޓެނިސް، ޝޫޓިން، ބެޑްމިންޓަން، ސްވިމިން، ބީޗް ވޮލީ އަދި ސާފިންގް އެވެ. ދިވެހި ޓީމުގެ ފުރަތަމަ އިވެންޓްތައް މާދަމާ ފަށާއިރު، ސްވިމިން ފިޔަވައި އެހެން ހުރިހާ ކުޅިވަރެއް އޮންނާނީ ނަގޯޔާގައެވެ. ސްވިމިން އިވެންޓްތައް ކުރިއަށްދާނީ ޓޯކިޔޯގައެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

20 ވަނަ އޭޝިއަން ގޭމްސް ފަށައިފިކުޅިވަރު | ގަޑިއިރެއް ކުރިން