logo
ޚަބަރު

ސަރުކާރުގެ ސިޔާސަތުތައް ކަނޑައަޅަން ތަފާސްހިސާބު މުޙިއްމު - މިނިސްޓަރ އިޙްސާން

އަޙްމަދު ޒަލީފް
21 އޮކްޓޯބަރު 2024 - 11:39
ސަރުކާރުގެ ސިޔާސަތުތައް ކަނޑައަޅަން ތަފާސްހިސާބު މުޙިއްމު - މިނިސްޓަރ އިޙްސާން

ތަފާސްހިސާބު ބޭނުންކޮށްގެން އެކުލަވާލާ ސިޔާސަތުތަކުން ޤައުމަށް ހެޔޮ ބަދަލުތަކެއް ގެނެވޭނެކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ ޤައުމީ ތަފާސްހިސާބު ދުވަސް ފާހަގަކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އިންތިޒާމްކޮށްގެން ބޭއްވި ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅުދައްކަވަމުންނެވެ.

ޤައުމީ ތަފާސްހިސާބު ދުވަސް ފާހަގަކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވީ ސަރުކާރުގެ ސިޔާސަތުތައް ކަނޑައެޅުމުގައި ތަފާސްހިސާބު، މުހިންމު ދައުރެއް އަދާކުރާ ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

އަދި ހާމަކުރާ ތަފާސްހިސާބުގެ ސަބަބުން ވިޔަފާރިވެރިންނަށްވެސް ހެޔޮ އަސަރުކުރާނެކަން ވަޒީރު ފާހަގަކުރެއްވިއެވެ. އެގޮތުން ތަފާސްހިސާބު ބޭނުންކޮށްގެން ނިންމާ ހަރުދަނާ ނިންމުންތަކުގެ ސަބަބުން ވިޔަފާރިތައް ކުރިއަރައި ދިޔުމުން އޭގެ ސަބަބުން ޤައުމަށް ފައިދާކުރާނެކަމަށް ވަޒީރު ވިދާޅުވިއެވެ.

"ތަފާސްހިސާބުން މި ފެންނަނީ އަޅުގަނޑުމެން އިމްޕޯޓްކުރާ ގާތްގަނޑަކަށް 50 އިންސައްތަ މުދަލުން ޑިއުޓީ ނުނަގައޭ. 4 ބިލިއަން ރުފިޔާ ނަގާއިރުގައި 1 ބިލިޔަން ރުފިޔާ މަޢާފު ކޮށްލެވޭ. މިއުޅެނީ ދައުލަތުގެ އާމްދަނީ އިތުރު ނުކުރެވިގެން. މި ތަފާސްހިސާބުން އެނގިގެންގޮއްސި ޑިއުޓީ މައާފުކުރުމުގައި މުރާޖަޢާ ކުރަންޖެހޭ ކަންތައްތަކެއް ހުރިކަން." ވަޒީރު ޢަލީ އިޙްސާން ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ މީގެ ކުރިން ރާއްޖޭގައި ތަފާސްހިސާބު ފޮރުވުމުގެ ސަގާފަތެއް އޮންނަ ކަމަށެވެ. އަދި މި ދުވަސްތަކަށް ފަސްދީ، ތަފާސްހިސާބު ފަސޭހައިން ފެންނަން ހުންނާނެ ގޮތަށް ހާމަކުރަންޖެހޭކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި މި މަޢުލޫމާތަކީ ވީހާވެސް އަވަހަށް ހާމަކުރާ އެއްޗަކަށް ވާންޖެހޭ ކަމަށާއި، ޢާންމުންނަށް އެނގޭގޮތަށް ފަސޭހައިން އޮޅުންފިލާނެހެން ތަފާސްހިސާބު ހާމަކުރުން މުހިންމުކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ތަފާސްހިސާބު ދުވަސް ފާހަގަކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް ފާޠިމަތު ދިޔާނާ ވިދާޅުވީ ރާއްޖެއަށް އެތެރެކުރާ އަދި ބޭރުކުރާ މުދަލާބެހޭ ތަފާސްހިސާބު ޢާންމުކޮށް ދައުލަތާއި ޢާންމު ފަރުދުންނަށް ފޯރުކޮށްދިނުމަކީ ކަސްޓަމްސްގެ ޒިންމާއެއް ކަމަށެވެ. އަދި ކުރިއަށްއޮތްތަނުގައި ތަފާސްހިސާބު ހާމަކުރުމަށް ޚާއްސަ އިސްކަމެއްދެއްވާނެކަމަށް ދިޔާނާ ވިދާޅުވިއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މުވައްޒަފުން ތާޒާ ނުކުރެވޭނަމަ މަސައްކަތުގައި ތިބެވޭނީ ވަރަށް ފަހަތުގައި - މިނިސްޓަރޚަބަރު | 4 މަސް ކުރިންއޮޕަރޭޝަން ކުރަނގި: މިހާތަނަށް 18,000 ވުރެ ގިނަ ބިދޭސީންގެ މައުލޫމާތު އެއްކޮށްފިޚަބަރު | 9 މަސް ކުރިންމިއަދަކީ ދިވެހި ތާރީޚުގައި ރަން އަކުރުން ފަވާލެވޭނެ ދުވަހެއް - އިޙްސާންޚަބަރު | 10 މަސް ކުރިންކުޑަހުވަދޫގައި ވެސް އައިޑީ ކާޑު ޕްރިންޓް ކުރުމުގެ ޚިދުމަތް ފަށައިފިޚަބަރު | 10 މަސް ކުރިން