logo
ޚަބަރު

މިއަދަކީ ދިވެހި ތާރީޚުގައި ރަން އަކުރުން ފަވާލެވޭނެ ދުވަހެއް - އިޙްސާން

އަޙްމަދު ޒަލީފް
16 ނޮވެމްބަރު 2024 - 12:47
މިއަދަކީ ދިވެހި ތާރީޚުގައި ރަން އަކުރުން ފަވާލެވޭނެ ދުވަހެއް - އިޙްސާން

މިއަދަކީ ދިވެހި ތާރީޚުގައި ރަން އަކުރުން ފަވާލެވޭނެ ދުވަހެއް ކަމަށާއި އައިޑީކާޑާއި ޕާސްޕޯޓުގެ ޚިދުމަތް މުޅި ރާއްޖެއަށް ފުޅާކުރުމުގެ މަޝްރޫއު އަންނަ އަހަރުގެ ނިޔަލަށް ނިމޭނެކަމަށް ހޯމް މިނިސްޓަރ ޢަލީ އިހުސާން ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑާއި ޕާސްޕޯޓުގެ ޚިދުމަތް ރައްޔިތުންނާ ގާތުން އަވަހަށް ފޯރުކޮށްދިނުމުގެ ކަންކަން މުޅި ރާއްޖެއަށް ފުޅާކުރުމުގެ މަޝްރޫއު އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ. 

Ad by Hajj Corporation

Ad by Hajj Corporation

IMG_2787.jpeg

މިނިސްޓަރ ވިދާޅުވީ މިއީ ޒަމާނީ ޓެކްނޮލޮޖީގެ އަލީގައި ޚިދުމަތް ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ގެންގުޅުއްވާ ވިސްނުންފުޅު ކަމަށާއި އެކަމުގެ ސަބަބުން ރައްޔިތުންނަށް ފައިދާ ލިބިގެންދާނެ ކަމަށެވެ.

ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން، ޑީއެންއާރުގެ 174 ކަލެކްޓިން ސެންޓަރު މިހާރު ޤާއިމު ކޮށްފައިވާއިރު ފުރަތަމަ ފަހަރަށް އޮންލައިންކޮށް އައިޑީކާޑު ހެދުމުގެ މަަސައްކަތް ފެށީ ކޯވިޑާ ގުޅިގެން 2021 ގައެވެ.

ކުރިން ބޭނުން ކުރަމުން އައި އޮންލައިން ޕޯޓަލްގެ ބަދަލުގައި ޑީއެންއާރު އޮންލައިން ޕޯޓަލްއެއް ޤާއިމުކޮށް އަމިއްލައަށް ކާޑަށް ހުށަހެޅޭގޮތް ހަމަޖެހުނީ މިދިޔަ އަހަރުގެ މާރިޗު މަހުގެ ތެރޭގައެވެ.

IMG_2788.jpeg

އަދި ކާޑު ޕްރިންޓުކުރުމަށް ފަހު، ޑީއެންއާރުން އެ މީހަކު ހުރި ރަށެއްގެ ކައުންސިލަށް ކާޑު ފޮނުވޭނެ ޚިދުމަތްވެސް ވަނީ މިއަހަރު ތަޢާރަފްކޮށްފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މުވައްޒަފުން ތާޒާ ނުކުރެވޭނަމަ މަސައްކަތުގައި ތިބެވޭނީ ވަރަށް ފަހަތުގައި - މިނިސްޓަރޚަބަރު | 4 މަސް ކުރިންއޮޕަރޭޝަން ކުރަނގި: މިހާތަނަށް 18,000 ވުރެ ގިނަ ބިދޭސީންގެ މައުލޫމާތު އެއްކޮށްފިޚަބަރު | 9 މަސް ކުރިންމިއަދަކީ ދިވެހި ތާރީޚުގައި ރަން އަކުރުން ފަވާލެވޭނެ ދުވަހެއް - އިޙްސާންޚަބަރު | 10 މަސް ކުރިންކުޑަހުވަދޫގައި ވެސް އައިޑީ ކާޑު ޕްރިންޓް ކުރުމުގެ ޚިދުމަތް ފަށައިފިޚަބަރު | 10 މަސް ކުރިން