logo
ޚަބަރު

ކުޑަހުވަދޫގައި ވެސް އައިޑީ ކާޑު ޕްރިންޓް ކުރުމުގެ ޚިދުމަތް ފަށައިފި

މުހައްމަދު މޫސާމުހައްމަދު މޫސާ
6 ނޮވެމްބަރު 2024 - 01:50
ކުޑަހުވަދޫގައި ވެސް  އައިޑީ ކާޑު ޕްރިންޓް ކުރުމުގެ ޚިދުމަތް ފަށައިފި

ދ. އަތޮޅު ކުޑަހުވަދޫގައި ވެސް އައިޑީ ކާޑު ޕްރިންޓް ކުރުމުގެ ޚިދުމަތް ފަށައިފިއެވެ.

ވެރިރަށް މާލެ ފިޔަވައި ރަށެއްގައި ފުރަތަމަ ފަހަރަށް އައިޑީކާޑު ޕްރިންޓް ކުރެވޭގޮތް ސަރުކާރުން ފަހިކޮށްދިނުމަށް ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ކުޑަހުވަދޫ އަކީ މި ޚިދުމަތް ފެށި ދެވަނަ ރަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ޚިދުމަތް ފުރަތަމަ ފެށީ މި އަހަރުގެ ސެޕްޓެމްބަރު މަހުގައި ގއ. ވިލިނގިލީގައެވެ.

ކުޑަހުވަދޫގައި އައިޑީ ކާޑު ޕްރިންޓް ކުރުމުގެ ޚިދުމަތް ފެށީ ދ. އަތޮޅު ކައުންސިލްގެ އެހީތެރިކަމާއެކުގައެވެ.

މި ޚިދުމަތަކީ ދާޚިލީ ވުޒާރާގެ ދަށުން ހިންގަމުން އަންނަ ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރު) ދެމުން އަންނަ ޚިދުމަތެކެވެ. މާލޭގައި ޑީއެންއާރު އޮފީސް ހުންނަނީ ވެލާނާގޭގައެވެ.

ޑީއެންއާރުގެ 174 ކަލެކްޓިން ސެންޓަރު ޤާއިމު ކޮށްފައިވާއިރު ފުރަތަމަ ފަހަރަށް އޮންލައިންކޮށް އައިޑީކާޑު ހެދުމުގެ މަަސައްކަތް ފެށީ ކޮވިޑާ ގުޅިގެން 2021 ގައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މުވައްޒަފުން ތާޒާ ނުކުރެވޭނަމަ މަސައްކަތުގައި ތިބެވޭނީ ވަރަށް ފަހަތުގައި - މިނިސްޓަރޚަބަރު | 4 މަސް ކުރިންއޮޕަރޭޝަން ކުރަނގި: މިހާތަނަށް 18,000 ވުރެ ގިނަ ބިދޭސީންގެ މައުލޫމާތު އެއްކޮށްފިޚަބަރު | 9 މަސް ކުރިންމިއަދަކީ ދިވެހި ތާރީޚުގައި ރަން އަކުރުން ފަވާލެވޭނެ ދުވަހެއް - އިޙްސާންޚަބަރު | 10 މަސް ކުރިންކުޑަހުވަދޫގައި ވެސް އައިޑީ ކާޑު ޕްރިންޓް ކުރުމުގެ ޚިދުމަތް ފަށައިފިޚަބަރު | 10 މަސް ކުރިން