logo
Bank of Maldives

Bank of Maldives

ޚަބަރު

ގައުމީ ބަސް ބޭނުންކުރުމުގައި ގާނޫނާ އެއްގޮތަށް އަމަލުކުރުމަށް އެދިއްޖެ

އައިޝަތު ނަޝާ
22 ސެޕްޓެމްބަރު 2026 - 10:06
ގައުމީ ބަސް ބޭނުންކުރުމުގައި ގާނޫނާ އެއްގޮތަށް އަމަލުކުރުމަށް އެދިއްޖެ

ދިވެހިރާއްޖޭގެ ޤައުމީ ބަހަށް އިސްކަންދިނުމުގެ ޤާނުނާ އެއްގޮތަށް އަމަަލުކުރުމަށް ދިވެހިބަހުގެ އެކަޑަމީ އިން އިލްތިމާސްކޮށްފިއެވެ.

ދިވެހިބަހުގެ އެކެޑަމީން ނެރުނު ބަޔާނެއްގައި ބުނީ، ރާއްޖޭގެ ޤާނޫނު އަސާސީއާއި ރާއްޖޭގެ ޤައުމީ ބަހަށް އިސްކަންދިނުމުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ފަދައިން ދައުލަތުގެ އެންމެހައި މުއައްސަސާތަކާއި، އޮފީސްތަކާއި، އިދާރާތަކާއި، ތަންތަނަށް ނަންކިޔުމުގައާއި، ނަންބޯޑު ތައްޔާރުކުރުމުގައި ދިވެހިބަހަށް އިސްކަން ދޭންވާނެކަމަށެވެ.

އަދި ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގައި ޢާންމުންނަށް ފެންނަގޮތަށް ހަރުކުރެވިފައި ހުންނަ ކޮންމެ ނަން ބޯޑެއްގައިވެސް އެ ތަނެއްގެ ނަން، ކިޔަން އެނގޭނޭހެން ތާނަ އަކުރުން ލިޔެފައި އޮންނަންވާނެކަމަށް ޤާނޫނުގައި ބަޔާންކޮށްފައިވާތީ، އެއާ އެއްގޮތަށް އަމަލުކުރުމަކީ ލާޒިމުކަމެއްކަން އެ އެކެޑަމީން ވަނީ ބަޔާނުގައި ފާހަގަކޮށްފައެވެ.

ބަޔާނުގައި އިތުރަށް ބުނެފައިވަނީ ޤާނޫނެއްގައި، ވަކިގޮތަކަށް އަމަލުކުރަންވާނެކަމަށް ކަނޑައެޅިގެން ބަޔާންކޮށްފައިވާނަމަ، އެއީ، އެ ޤާނޫނުން އުފައްދާ ބަރީއަވުމެއްނެތް ވާޖިބެއް ނުވަތަ އިލްތިޒާމެއްކަމުގައި ބަލަންވާނެކަމަށާއި،އަދި މިއާ ޚިލާފަށް ބައެއް ފަރާތްތަކުން އަމަލުކުރަމުންދާކަމަށެވެ. އެ އެކަޑަމީން ވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ ރޫޙާ އެއްގޮތަށް، ރާއްޖޭގެ ޤައުމީ ބަހަށް އިސްކަންދިނުމުގެ ޤާނޫނާ އެއްގޮތަށް އެންމެހައި ފަރާތްތަކުން ޢަމަލުކުމަށް އިލްތިމާސްކޮށްފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ގައުމީ ބަސް ބޭނުންކުރުމުގައި ގާނޫނާ އެއްގޮތަށް އަމަލުކުރުމަށް އެދިއްޖެޚަބަރު | 2 ގަޑިއިރު ކުރިން