"މިދިޔައަހަރުގެ "ވަރަ އެކްސްޕޯ" ގައި އެއްހާހަށްވުރެ ގިނަ ޒުވާނުންނަށް ވަޒީފާގެ ފުރުސަތު ފަހިވި"
22 ސެޕްޓެމްބަރު 2026 - 13:14

މިދިޔައަހަރުގެ "ވަރަ އެކްސްޕޯ" އިން 1,100 އަށްވުރެ ގިނަ ޒުވާނުންނަށް ވަޒީފާގެ ފުރުޞަތު ލިބިގެން ދިޔަކަމަށް ސްޓޭޓް މިނިސްޓަރ ޑރ. ޢަބްދުﷲ ނަޒީރު ވިދާޅުވެއްޖެއެވެ.
"ވަރަ އެކްސްޕޯ 2026" ގައި ދާހިލީ ސަލާމަތާ މަސައްކަތްތެރިކަމާ ބެހޭ ވުޒާރާއާއި ޕީއެސްއެމް އާ ދެމެދު އެމްއޯޔޫއެއްގައި ސޮއިކުރުމަށް މިއަދު ވެލާނާ ގޭގައި ބޭއްވި ހަފްލާއެއްގައި ވާހަކަދައްކަވަމުން މިނިސްޓަރ ނަޒީރު ވިދާޅުވީ،މި އެކްސްޕޯއަކީ ދިވެހި ޒުވާނުން އެމްޕަވަރ ކުރުމަށާއި ވަޒީފާގެ ފުރުސަތުތަކަށް އަހުލުވެރިކޮށް އަދި ހުނަރުތަށް ތަރައްޤީކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ކުރިއަށް ގެންދަން ނިންމެވި ހަރަކާތެއްކަމަށެވެ.
.png&w=750&q=75)
Ad by Hajj Corporation
ވަޒީރު ނަޒީރު ވިދާޅުވީ ކުރީ އަހަރެެކޭ އެއްފަދައިން މިއަހަރުގެ ވަރަ އެކްސްޕޯގެ ތެރެއިން ވެސް ޒުވާން ކުދިންނަށް ވަޒީފާގެ ފުރުސަތުތައް ފަހިވެގެންދާނެކަމަށް ޤަބޫލުކުރެވޭކަމަށެވެ.
"އެނގިވަޑައިގަންނަވާނެ ރައީސް ޑރ،މުއިއްޒުގެ މެނިފެސްޓޯގެ ވަރަށް ބޮޑު ވައުދެއް އެއީ އެންމެނަށް ވަޒީފާގެ ފުރުސަތު ހޯދަދިނުން. ވޭތުވެ ދިޔަ 3 އަހަރެއްހާ ދުވަހުގެ ތެރޭގައި ރާއްޖޭގައި ހުރި ޔުނިވަރސިޓީތަކާ ކޮލެޖުތަކާ އެކީގައި މި ހިންގުނު ޕްރޮގްރާމްތަކުގެ ތެރެއިން ވަރަށް ގިނަ ޒުވާނުންނަށް މިވަނީ ހުނަރުތައް ލިބިފަ އަދި ވަޒީފާތަށް ގެނައުމުގެ މަސައްކަތްތައް މައި ކެރިއަރ އިން މިހާރު ދަނީ ކުރަމުން.އެމްޕްލޯއިމަންޓް ސަރވިސް ގެ ފަރާތުން ކުރަން ޖެހޭ ހުރިހާ ކަމެއް މައިކެރިއަރ ސަރވިސަސް އިން ކުރާނެ"މިނިސްޓަރ ޑރ. ޢަބްދުﷲ ނަޒީރު ވިދާޅުވިއެވެ.
މިއަދުގެ ރަސްމިއްޔާތުގައި ޕީއެސްއެމްގެ ޑީއެމްޑީ ޔާމީން ރަޝީދު ވިދާޅުވީ ކުރީއަހަރެކޭ އެއްފަދައިން މިއަހަރުގެ ވަރަ އެކްސްޕޯ ގައިވެސް ހުނަރުވެރިންނާއި މަސައްކަތްތެރިންގެ ވަރަށް ގިނަ މަސައްކަތްތައް ފެނިގެންދާނެކަމަށެވެ. އަދި ޕީއެސްއެމް އިން އަބަދުވެސް މަސައްކަތްކުރަނީ ސަރުކާރުގެ ސިޔާސަތުތަކާއި ރައްޔިތުންނަށް ފައިދާހުރި ކަންތައްތަކުގައި ޝާމިލްވެ އެކަންކަން ރައްޔިތުންނާ ހަަމއަށް ގެނެސްދިނުމުގައި ކަމަށްވެސް ޔާމީން ވިދާޅުވިއެވެ.


