އަމާޒަކީ 2040 ވަނަ އަހަރު އަންނައިރު، ރާއްޖެއަކީ ތަރައްގީވެފައިވާ ގައުމަކަށްވުން: އަބްދުއްރަހީމް އަބްދުﷲ
23 ސެޕްޓެމްބަރު 2026 - 05:41

އަމާޒަކީ 2040 ވަނަ އަހަރު އަންނައިރު، ރާއްޖެއަކީ ތަރައްގީވެފައިވާ ގައުމަކަށްވުން ކަމަށް، އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.
މެންދުރު ޓީވީގެ މައުލޫ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ޑެޕިއުޓީ މިނިސްޓަރު ވިދާޅުވީ، ކުރީގެ ސަރުކާރުން ރާއްޖޭގެ ހަރުމުދާ ވިއްކި ނަމަވެސް މިހާރު އެދުވަސް ބަދަލުވެފައިވާ ކަމަށެވެ. އަދި ދިވެހިން ހަމަ އިސްކޮޅުގައި ތިބުމަށްޓަކައި އަމާޒެއް ކަނޑައަޅައިން މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވި އެވެ.
.png&w=750&q=75)
Ad by Hajj Corporation
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވިސްނުންފުޅު ގެންގުޅުއްވާ ގޮތުން ދިވެހި ރާއްޖެއާ މެދު އިންވެސްޓަރުންގެ އިތުބާރު އޮތް ކަމަށް ވެސް ޑެޕިއުޓީ މިނިސްޓަރު ފާހަގަ ކުރެއްވެވި އެވެ. އަދި ރާއްޖެއަކީ އިންވެސްޓަރުންނަށް ނަފާ ކުރާނެތަނެއް ކަމަށް އިންވެސްޓަރުން ގަބޫލު ކުރާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ އީގަލް ހިލްސް އިން ރަސްމާލޭގައި ތަރައްގީކުރަން ކަނޑައަޅާފައި ޕްރޮޖެކެޓުން އެކަނި ވެސް ބައިލައްކަ ވަޒީފާގެ ފުރުސަތު ފަހިވެގެންދާ ކަމަށެވެ. އަދި މި ޕްރޮޖެކްޓްގެ ސަބަބުން ރާއްޖޭގެ ވިޔަފާރިވެރިންނަށް ވެސް ކަންތައްތަކެއް ދަސްވާނެ ކަމަށާއި ދިވެހި ވިޔަފާރިވެރިން ވެސް މިކަމުގައި ޝާމިލްވެ ނަފާ ލިބިގެންދާނެ ކަމަށް ވެސް ވިދާޅުވި އެވެ.


