logo
Bank of Maldives

Bank of Maldives

ޚަބަރު

ގްލޯބަލް ދުކާންއަށް ދިވެހި ރުފިޔާ ބަލައިގަންނަން ފަށަައިފި

އައިޝަތު ނަޝާ
23 ސެޕްޓެމްބަރު 2026 - 10:07
ގްލޯބަލް ދުކާންއަށް ދިވެހި ރުފިޔާ ބަލައިގަންނަން ފަށަައިފި

"ގްލޯބަލް ދުކާން" މެދުވެރިކޮށް ކުރާ ވިޔަފާރިތަކަށް ދިވެހި ރުފިޔާ ބަލައިގަންނަން ފަށަައިފި އެވެ.

 "ގްލޯބަލް ދުކާން" އިން ބުނި ގޮތުގައި މި ނިންމުމަށް އަމަލު ކުރަން ފަށާނީ އަންނަ ހުކުރު ދުވަހުން ފެށިގެންނެވެ. އެގޮތުން އެ ޕްލެޓްފޯމް މެދުވެރިކޮށް ކުރާ ހުރިހާ މުޢާމަލާތަކަށްވެސް ދިވެހި ރުފިޔާއިން ފައިސާ ދެއްކޭނެ އެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިއީ އިންޑިއާގެ ގިނަ އަދަދެއްގެ ވިޔަފާރި ބްރޭންޑްތައް ހިމެނޭ "ގްލޯބަލް ދުކާން" ޕްލެޓްފޯމުން ވިޔަފާރިކުރާ ދިވެހީންނަށް ލިބޭނެ ބޮޑު ފަސޭހަ އަކަށްވާނެ އެވެ. އެގޮތުން ދެން ބޭރު ފައިސާގެ ލިމިޓަށް ބަރޯސާވާން ނުޖެހޭނެ އެވެ. 

ހާއްސަކޮށް އޮންލައިންކޮށް ތަކެތި ގަނެ ރާއްޖެ ގެނެސް ވިޔަފާރިކުރާ ކުދި ވިޔަފާރިތަކަށް މިކަމުން ވަރަށް ބޮޑު ފަސޭހައެއް ލިބިގެންދާނެ އެވެ.

މި ހިދުމަތް ބޭނުންކުރުމަށްޓަކައި ގޫގުލް ޕްލޭސްޓޯރުން ނުވަތަ އެޕަލް އެޕްސްޓޯރުން "ގްލޯބަލް ދުކާން" އެޕްލިކޭޝަން ޑައުންލޯޑް ކޮށްގެން ނުވަތަ އެ ޕްލެޓްފޯމުގެ ރަސްމީ ވެބްސައިޓް މެދުވެރިކޮށް ސައިންއަޕްވެ، ލޮގިން ވެވޭނެއެވެ. އެޕަށް ލޮގިންވުމާއެކު ހޯމް ސްކްރީނުން އިންޑިއާގެ މަޝްހޫރު އެކި އީކޮމާސް ޕްލެޓްފޯމްތައް ފެންނަން ހުންނާނެއެވެ.

މި މާކެޓްޕްލޭސް ބޭނުންކުރާ ފަރާތްތަކަށް، ބޭނުންވާ ޕްލެޓްފޯމެއް ހިޔާރުކުރުމަށްފަހު، އެ ތަނަކުން ގަންނަން ބޭނުންވާ ތަކެތި ހޮވައި "ޝޮޕް ވިއާ ގްލޯބަލް ދުކާން" އަށް ފިތާލުމުން ކާޓަށް އެ ތަކެތި އިތުރުވެގެންދާނެއެވެ. އަދި ނަގާ ހުރިހާ ތަނެއްޗަށް އެއްފަހަރާ ފައިސާ ދެއްކުމުގެ ފަސޭހަކަން ވެސް ލިބިގެންދެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ގްލޯބަލް ދުކާންއަށް ދިވެހި ރުފިޔާ ބަލައިގަންނަން ފަށަައިފިޚަބަރު | 3 ގަޑިއިރު ކުރިން