އިމާމުންނާއި ޚަޠީބުންގެ ފޭރާންކޮޅަކީ އަޅުކަމުގެ ހައިބަތާއި މަތިވެރިކަމާ ގުޅޭ ދިވެހިވަންތަ ފޭރާމެއް
23 ސެޕްޓެމްބަރު 2026 - 13:01

އަލަށް އެކުލަވާލެވޭ އިމާމުންނާއި ޚަޠީބުންގެ ފޭރާމަކީ ސާދާ، ޒީނަތްތެރިކަމާއި އިސްރާފު ކުޑަ، އަދި އަޅުކަމުގެ ހައިބަތާއި މަތިވެރިކަމާ ގުޅޭ ދިވެހިވަންތަ ފޭރާމަކަށް ވެގެންދާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އިމާމުންގެ ތާކިހާގައި އިސްކަންދަރު ރަސްގެފާނުގެ ސިއްކަ ބޭނުންކުރުމާމެދު އާންމުންގެ މެދުގައި ތަފާތު ޚިޔާލުތައް ހުރިނަމަވެސް، އެ ސިއްކައަކީ ދިވެހިރާއްޖޭގެ އިސްލާމީ ޙަޟާރަތާއި ތާރީޚު ރަމްޒުކޮށްދޭ މުހިންމު ނިޝާނެއް ކަމަށެވެ. އިސްކަންދަރު ރަސްގެފާނަކީ ރާއްޖޭގައި އިސްލާމީ ދައުލަތެއްގެ ސިފަ ޖެއްސެވި، މުދިމުންނަށް ދައުލަތުން ޚާއްޞަ ޢިނާޔަތްތައް ހަމަޖައްސަވައި، އަދި މާލޭ ހުކުރު މިސްކިތާއި މުންނާރު ބިނާކުރެއްވި މަތިވެރި ރަސްކަލެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
.png&w=750&q=75)
Ad by Hajj Corporation
މިހާރު ރާއްޖޭގައި އިމާމުންނަށް ވަކި ރަސްމީ ފޭރާމެއް ނެތުމުގެ ސަބަބުން، އެކި ބޭފުޅުން ތަޢުލީމު ހާޞިލުކުރެއްވި ޤައުމުތަކުގެ ހެދުންތައް ބޭނުންކުރައްވަމުންދާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. އެހެންކަމުން، އަލަށް އެކުލަވާލެވޭ ފޭރާމަކީ ސާދާ، ޒީނަތްތެރިކަމާއި އިސްރާފު ކުޑަ، އަދި އަޅުކަމުގެ ހައިބަތާއި މަތިވެރިކަމާ ގުޅޭ ދިވެހިވަންތަ ފޭރާމަކަށް ވެގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިފަދަ ޚާއްޞަ ފޭރާމެއް ކަނޑައެޅުމަކީ ދިވެހިރާއްޖޭގެ އިސްލާމީ ޙަޟާރަތަށް ލިބިގެންދާނެ ބޮޑު ކުރިއެރުމެއްގެ ގޮތުގައި މިނިސްޓަރު ސިފަކުރެއްވިއެވެ.


