logo
Bank of Maldives

Bank of Maldives

ޚަބަރު

ހުޅުމާލޭގައި ނަފްސާނީ ބައްޔަށް ޚާއްސަ ހޮސްޕިޓަލެއް އަޅައިދޭނެ ބަޔަކު ހޯދަނީ

އައިޝަތު ނަޝާ
23 ސެޕްޓެމްބަރު 2026 - 13:24
ހުޅުމާލޭގައި ނަފްސާނީ ބައްޔަށް ޚާއްސަ ހޮސްޕިޓަލް އަޅައިދޭނެ ބަޔަކު ހޯދަނީ

ހުޅުމާލޭގައި އަޅަން ނިންމާފައިވާ ނަފްސާނީ ބަލީގެ ޚާއްސަ ހޮސްޕިޓަލެއް އަޅައިދޭނެ ބަޔަކު ހޯދުމަށް މާލީ ކަންކަމާއި ސަރުކާރުގެ ކުންފުނިތަކާއި ބެހޭ ވުޒާރާއިން އިޢުލާންކޮށްފިއެވެ.

ނަފްސާނީ ބަލީގެ ފަރުވާގެ ނިޒާމު ހަރުދަނާކުރުމަށް، އެކަމަށް ޚާއްސަކޮށް އަޅަން ނިންމާފައިވަނީ 50 އެނދުގެ ހޮސްޕިޓަލެކެވެ. މި މަޝްރޫޢުއަށް ޝައުގުވެރިވާ ފަރާތްތަކުން ބިޑް ހުށައެޅުމުގެ ސުންގަނޑިއަކީ އަންނަ މަހުގެ 25ވަނަ ދުވަހުގެ މެންދުރު 01:00އާ ހަމައަށެވެ. ޕްރޮޖެކްޓްގެ ބިޑް ސެކިއުރިޓީގެ ގޮތުގައި 864،000 ހުށައަޅަން ޖެހޭނެއެވެ.

މެންޓަލް ހެލްތު ހޮސްޕިޓަލް ތަރައްޤީކުރުމަށް 14،000 އަކަފޫޓުގެ ބިމެއް ކަނޑައަޅާފައިވާކަމަށް ސަރުކާރުން ހާމަކޮށްފައިވެއެވެ. މި މަޝްރޫޢު ކުރިއަށްގެންދާނީ ދަޢުލަތުގެ ބަޖެޓުން ޚަރަދުކޮށްގެންނެވެ.

ނަފްސާނީ ސިއްޙަތުގެ ބިލު މިއަހަރު މަޖިލީހަށް ހުށައެޅުމަށް ސަރުކާރުން ވަނީ ނިންމަވާފައިވެއެވެ.މީގެއިތުރުން ނަފްސާނީ މައްސަލަތަކާ ގުޅިގެން ފޯރުކޮށްދޭ އެހީތެރިކަން އިތުރުކުރުމަށް، މިމަހުގެ 20ވަނަ ދުވަހު ވަނީ، ޒުވާނުންގެ ނަފްސާނީ ދުޅަހެޔޮކަމަށް ޚާއްސަ ހޮޓްލައިން "1456"ވެސް ތަޢާރަފުކޮށްފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ހުޅުމާލޭގައި ނަފްސާނީ ބައްޔަށް ޚާއްސަ ހޮސްޕިޓަލް އަޅައިދޭނެ ބަޔަކު ހޯދަނީޚަބަރު | 2 ގަޑިއިރު ކުރިން