logo
Bank of Maldives

Bank of Maldives

ޚަބަރު

ވިސާ ނެގުމަކާ ނުލާ ބެލަރޫސްއަށް ދެވޭ ގޮތް ހަދައިފި

އަޙުމަދު ރިޝާން
24 ސެޕްޓެމްބަރު 2026 - 07:04
ވިސާ ނެގުމަކާ ނުލާ ބެލަރޫސްއަށް ދެވޭ ގޮތް ހަދައިފި

 

ދިވެހިރާއްޖެއާއި ބެލަރޫސްއާ ދެމެދު ދުރާލާ ވިސާ ނެގުމަކާ ނުލައި ދަތުރުކުރެވޭ ގޮތަށް އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ. މި އެއްބަސްވުމުގައި ސޮއިކުރައްވާފައިވަނީ އެމެރިކާގެ ނިއުޔޯކުގައި ކުރިއަށްދާ އދ. ޢާންމު މަޖިލީހުގެ 81 ވަނަ ސެޝަންގެ ހަވާސާގައެވެ. ދިވެހިރާއްޖޭގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް އެވެ. ބެލަރޫސްގެ ފަރާތުން ސޮއިކުރެއްވީ އެ ޤައުމުގެ ފޮރިން މިނިސްޓަރު މެކްސިމް ރޫޖެންކޯވްއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި އެއްބަސްވުމުގެ ދަށުން ދެ ޤައުމުގެ ރައްޔިތުންނަށްވެސް ވިސާ ނުލައި އެއް ޤައުމުން އަނެއް ޤައުމަށް އެތެރެވުމާއި، ފުރައިގެން ދިއުމާއި، އަދި ޓްރާންސިޓް ކުރުމުގެ ހުއްދަ ލިބިގެންދާނެއެވެ. އެގޮތުން ވިސާއާ ނުލައި ކޮންމެ ދަތުރެއްގައި ވެސް ގިނަވެގެން 30 ދުވަހު މަޑުކުރެވޭނެއެވެ. އަދި މީލާދީ އެއް އަހަރު ދުވަހުގެ ތެރޭގައި ވިސާއާ ނުލައި އެ ޤައުމެއްގައި އުޅެވޭނެ ޖުމްލަ މުއްދަތަކީ 90 ދުވަހެވެ.

އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ވާހަކަފުޅުދައްކަވަމުން ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް ވިދާޅުވީ، މި އެއްބަސްވުމުގެ ސަބަބުން ދެ ޤައުމުގެ ރައްޔިތުންގެ މެދުގައި އޮތް ގުޅުން ބަދަހިވެ، ގުޅިގެން މަސައްކަތްކުރާނެ އިތުރު ދާއިރާތައް ފަހިވެގެންދާނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ. މީގެ އިތުރުން، މިއަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ޚާރިޖީ ވުޒާރާގެ އިސް އޮފިޝަލުންތަކެއް ބެލަރޫސްގެ ވެރިރަށް މިންސްކަށް ކުރެއްވި ޒިޔާރަތުގައި، ދެ ޤައުމުގެ އިޤުތިޞާދީ ގުޅުން ވަރުގަދަކުރުމާއި، ފަތުރުވެރިކަމާއި، ޞިއްޙީ ދާއިރާގެ އިތުރުން ތަޢުލީމާއި ވިޔަފާރީގެ ދާއިރާތަކުން ގުޅުން ބަދަހިކުރުމާ ބެހޭގޮތުން ފުޅާދާއިރާއެއްގައި މަޝްވަރާކޮށްފައިވާކަން ފާހަގަކޮށްލެވެއެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ވިސާ ނެގުމަކާ ނުލާ ބެލަރޫސްއަށް ދެވޭ ގޮތް ހަދައިފިޚަބަރު | ގަޑިއިރެއް ކުރިން