ނަތަންޔާހޫ ވާހަކަ ދައްކަން ފެށުމުން ރާއްޖެ ހިމެނޭހެން 70 ގައުމެއް ހޯލުން ނިކުމެއްޖެ
25 ސެޕްޓެމްބަރު 2026 - 11:08

ނިއުޔޯކުގައި ހުންނަ އދ. ގެ މައި މަރުކަޒުގެ ޖެނެރަލް އެސެމްބްލީ ހޯލުގައި އިސްރާއިލްގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ތަގްރީރު ކުރަން ފެއްޓެވުމާއި އެކު ރާއްޖެ ހިމެނޭހެން 70 ގައުމެއް އެސެމްބްލީ ހޯލުން ނިކުމެއްޖެއެވެ.
ނިއުޔޯކުގައި ހުންނަ އދ. ގެ މައި މަރުކަޒުގެ ޖެނެރަލް އެސެމްބްލީ ހޯލުގައި އެކި ގައުމުތަކުން ދަނީ ތަމްސީލް ކުރައްވަމުންނެވެ.
.png&w=750&q=75)
Ad by Hajj Corporation
ރާއްޖޭގެ ވަފުދު ހޯލް ދޫކޮށް ނިކުމެފައި ވަނީ އދ.ގެ 81 ވަނަ އާންމު މަޖިލީހުގެ ބަހުސްގައި އިސްރާއީލުގެ ފަރާތުން ބަޔާން އިއްވަން ފެށުމުގެ ކުރިން، ފަލަސްތީނުގެ ރައްޔިތުންނާއެކު ސާބިތުވެ އޮތްކަން ހާމަކުރުމުގެ ގޮތުންނާއި، ބައިނަލްއަގުވާމީ ގާނޫނުތަކާއި އިންސާފުގެ އިތުރުން ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތައް ހިމާޔަތްކުރުމަށް ރާއްޖޭން ގެންގުޅޭ ސާބިތު ސިޔާސަތު ހާމަކުރުމުގެ ގޮތުންނެވެ.
މި ވަފުދުގައި ނައިބު ރައީސް، ހުސެއިން މުހައްމަދު ލަތީފާއި ފޮރިން މިނިސްޓަރު، އިރުތިޝާމް އާދަމް ހިމެނިވަޑައިގަންނަވައެވެ.
މި މަތީ ފަންތީގެ ސެޝަނަކީ ދުނިޔޭގެ ލީޑަރުންނާއި، ދައުލަތްތަކުގެ އިސްވެރިންނާއި، މެންބަރު ގައުމުތަކުގެ މަންދޫބުން އެއްވެ، ދުނިޔެއަށް ކުރިމަތިވެފައިވާ މުހިންމު ކަންކަމާ ގުޅޭގޮތުންނާއި ބައިނަލްއަގުވާމީ އެއްބާރުލުން އިތުރުކުރުމާ ގުޅޭގޮތުން މަޝްވަރާކުރާ ބައްދަލުވުމެކެވެ.


