logo
Bank of Maldives

Bank of Maldives

ޚަބަރު

ހާއްސަ އޮފަރ ތަކަކާއެކު އެލް ސްޓޫޑިއޯއިން އައިފޯން 18 ޕްރޯ އަދި ޕްރޯ މެކްސް ރިލީޒް ކޮށްފި

އައިޝަތު ނަޝާ
25 ސެޕްޓެމްބަރު 2026 - 13:25
ހާއްސަ އޮފަރ ތަކަކާއެކު އެލް ސްޓޫޑިއޯއިން އައިފޯން 18 ޕްރޯ އަދި ޕްރޯ މެކްސް ރިލީޒް ކޮށްފި

ދުނިޔޭގެ މަގްބޫލު ޓެކްނޮލޮޖީ ކުންފުނި "އެޕަލް" ގެ އެންމެ ފަހުގެ އުފެއްދުން ކަމަށްވާ އައިފޯން 18 ސީރީޒްގެ ފޯނުތައް އެލް ސްޓޫޑިއޯއިން މިއަދު ރިލީޒްކޮށްފިއެވެ.

ހާއްސަ އޮފަރ ތަކަކާއެކު އެލް ސްޓޫޑިއޯއިން ރިލީޒް ކޮށްފައިވަނީ އައިފޯން 18 ޕްރޯ އަދި ޕްރޯ މެކްސް އެވެ.

Ad by Hajj Corporation

Ad by Hajj Corporation

WhatsApp Image 2026-09-25 at 5.40.26 PM.jpeg

އެ ސްޓޫޑިއޯއިން ވަނީ ލޯންޗް ޑޭ އޮފަރގެ ގޮތުގައި ވަރަށް ހާއްސަ އޮފަރ ތަކެއްވެސް ހިމަނާފައެވެ. އެގޮތުން ހިމެނޭ އޮފަރ ތަކުގެ ތެރޭގައި، ފޯން އެކްޓިވޭޓް ކުރާއިރު އަސްލު 20W އެޑެޕްޓަރެއް ހިލޭ ލިބުމުގެ އިތުރުން، 500 ރުފިޔާގެ ކޭޝް ބެކް ދިނުން ހިމެނެއެވެ.

އެލް ސްޓޫޑިއޯއަކީ ދިވެހިރާއްޖޭގެ ފުރަތަމަ އެޕަލް މޮނޯ ސްޓޯރ ކަން ފާހަގަ ކޮށްލެވެއެވެ. އެގޮތުން އެލް އިންް އެޕަލް ގެ އަސްލު ޕްރޮޑަކްޓްތަކާއި، އެކި ކަހަލަ އެކްސެސަރީސްތައް ލިބެން ހުންނާނެއެވެ. މީގެއިތުރުން އެޕަލް ގެ އެކި ޕްރޮޑަކްޓް ތައް އަމިއްލައަށް ތަޖުރިބާ ކޮށްލުމާއި، ކަސްޓަމަރުން އަލަށް ތަޖުރިބާ ކޮށްލުމަށް އެންމެ ފަހުގެ އެކި ޕްރޮޑަކްޓްތައް އެ ސްޓޫޑިއޯގެ ޑިސްޕްލޭ އިން ފެންނަން ހުންނާނެއެވެ.

WhatsApp Image 2026-09-25 at 5.40.25 PM.jpeg

 

ދުނިޔޭގެ އެކި ކަންކޮޅުތަކެކޭ އެއްފަދައިން ރާއްޖޭގެ ގިނަ އަދަދެއްގެ ޒުވާނުންނާއި ޓެކްނޮލޮޖީއަށް ލޯބިކުރާ ފަރާތްތަކުން މި ފޯނަށް ދަނީ ވަރަށް ބޮޑަށް އިންތިޒާރުކުރަމުންނެވެ.

އެޕަލްއިން ހާމަކުރި ގޮތުގައި އައިފޯން 18 ޕްރޯއެއް އުޅެނީ 1،199 ޑޮލަރަށެވެ. އަދި އައިފޯން 18 ޕްރޯ މެކްސްއެއްގެ އަގު އުޅެނީ 1،299 ޑޮލަރަށެވެ.

މި ފަހަރު އެންމެ ބޮޑު ސަމާލުކަމެއް ލިބުނީ އައިފޯން 18އާއެކު ނެރުނު އައިފޯން ޑުއޯ ނުވަތަ އެޕަލް ފަށްޖެހި ފޯނަށެވެ. މި ފޯނުގެ އަގަކީ 1،999 ޑޮލަރެވެ. މިއީ ދިވެހި ރުފިޔާއިން ބަލާނަމަ ގާތްގަނޑަކަށް 30،000 ރުފިޔާއެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ހާއްސަ އޮފަރ ތަކަކާއެކު އެލް ސްޓޫޑިއޯއިން އައިފޯން 18 ޕްރޯ އަދި ޕްރޯ މެކްސް ރިލީޒް ކޮށްފިޚަބަރު | 3 ގަޑިއިރު ކުރިން