logo
MPL

MPL

ޚަބަރު

އިސްރަށްވެހިންގެ ނާދީގައި މިހާރުވެސް ގިނަ ހަރަކާތްތަކެއް ކުރިއަށްގެންދޭ: ސިތުރާ

އައިޝަތު އިނާޝާ
6 އޮކްޓޯބަރު 2026 - 04:38
އިސްރަށްވެހިންގެ ނާދީގައި މިހާރުވެސް ގިނަ ހަރަކާތްތަކެއް ކުރިއަށްގެންދޭ: ސިތުރާ

އިސްރަށްވެހިންގެ ނާދީގައި މިހާރު ވެސް ގިނަ ހަރަކާތްތަކެއް ކުރިއަށްގެންދާ ކަމަށް އިސްރަށްވެހިންގެ ނާދީގެ ސީނިއަރ ސޯޝަލް ޕްރޮޓެކްޝަން އޮފިސަރ  އާމިނަތު ސިތުރާ ވިދާޅުވެއްޖެއެވެ.

މެންދުރު ޓީވީގެ މައުޟޫއު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ސިތުރާ ވިދާޅުވީ އިސްރަށްވެހިންގެ ނާދީތައް އެކުލަވާލެވިފައިވަނީ އިސްރަށްވެހިންގެ ސިއްހީ، ނަފްސާނީ އަދި އިޖްތިމާއީ ދުޅަހެޔޮކަން އިތުރުކުރުމަށްޓަކައި ކަމަށެވެ. ސިތުރާ ވިދާޅުވގޮތުގައި މި ނާަދީތަކުގައި ވަރަށް ގިނަ ހަރަކާތްތަކެއް މިހާރުވެސް ކުރިއަށް ގެންދާ ކަމަށާއި އޭގެ ތެރޭގައި، ސިއްހީ ހިދުމަތްތަކާއި، ތަފާތު އެކި ކަހަލަ ތަމްރީން ޕްރޮގްރާމްތަކުގެ އިތުރުން ގުރުއާން ކްލާސް ފަދަ އުނގެނުމުގެ ބައެއް ކްލަސްތަކުގެ އިތުރުން ކުޅިވަރުގެ ހަރަކާތްތައްވެސް ހިމެނޭ ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

އިސްރަށްވެހިންގަޔާވާ ކަހަލަ މުނިފޫހިފިލުވުމުގެ ހަރަކާތްތަކާއި، ސިއްހީ ދުޅަހެޔޮކަމަށް އޮންނަ ހަރަކާތްތަކާއި ތަމްރީނުތައް ވެސް ކުރިއަށްދޭ. ކޮންމެ ހަފްތާއަކު އެކްޓިވިޓީ ކަލަންޑަރެއް ހެދިގެން، ހަފްތާ ފެށޭއިރު އިނގޭނެ ކޮން ޕްރޮގްރާމްތަކެއް ކަން މިހަފްތަގައި ހުރީ: ސިތުރާ

ސިތުރާ ވިދާޅުވިގޮތުގައި ނާދީގައި ރަޖިސްޓަރ ވެފައި ތިބި ބޭފުޅުންގެ ތެރެއިން އެ ޕްރޮގްރާތަކަށް އަންނަން ބޭނުންވާ ބޭފުޅުން އެ ޕްރޮގްރާކަމަށް ރަޖިސްޓަރ ކޮށްލައިގެން ބައިވެވޭނެ ކަމަށެވެ.

އިސްރަށްވެހިންގެ ނާދީއަކީ ދިވެހި އިސްރަށްވެހިންގެ ދުޅަހެޔޮކަމަށް ހާއްސަކުރެވިގެން ގާއިމްކުރެވިފައިވާ މަރުކަޒެކެވެ. މި މަރުކަޒުގެ މައިގަނޑު މަގްސަދަކީ އިސްރަށްވެހިންގެ ސިއްހީ، ނަފްސާނީ އަދި އިޖުތިމާޢީ ދުޅަހެޔޮކަން ކަށަވަރުކުރުމެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އިސްރަށްވެހިންގެ ނާދީގައި މިހާރުވެސް ގިނަ ހަރަކާތްތަކެއް ކުރިއަށްގެންދޭ: ސިތުރާ ޚަބަރު | ގަޑިއިރެއް ކުރިން