logo
E-Platinum
ޚަބަރު

ސިނގިރޭޓް ބޯ މީހުންނަށް އާސަންދައިން ބޭސް ނުކުރެވޭ ގޮތަށް ގާނޫނު އިސްލާހްކުރަންޖެހޭ: މުހައްމަދު އިސްމާއީލް

މުހައްމަދު މޫސާމުހައްމަދު މޫސާ
22 އޮކްޓޯބަރު 2024 - 06:47
ސިނގިރޭޓް ބޯ މީހުންނަށް އާސަންދައިން ބޭސް ނުކުރެވޭ ގޮތަށް ގާނޫނު އިސްލާހްކުރަންޖެހޭ: މުހައްމަދު އިސްމާއީލް

ސިނގިރޭޓް ބޯ މީހުން ބަލިވުމުން އާސަންދައިން ބޭސް ނުކުރެވޭ ގޮތަށް ގާނޫނު އިސްލާހްކުރަންޖެހޭކަމަށް ވިލިމާލޭ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއީލް މިއަދު ވިދާޅުވެއްޖެއެވެ.

މެމްބަރު މުހައްމަދު އިސްމާއީލް މިހެން ވިދާޅުވީ، މިއަދުގެ މަޖިލީހުގެ ޖަލްސާގައި ސަރުކާރުގެ ފަރާތުން، މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު އިބްރާހީމް މުޙައްމަދު ހުށަހަޅުއްވާފައިވާ، ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓްގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލުގެ އިބްތިދާއީ ބަހުސް  ވާހަކަ ދައްކަވަމުންނެވެ.

އެ ބިލަކީ އަންނަ ނޮވެމްބަރު 1 އިން 15 ގެ ނިޔަލަށް ރާއްޖެ އަށް އެތެރެކުރާ ވޭޕުން ޑިއުޓީ ބޮޑުކުރުމަށް ހުށަހެޅި އިސްލާޙްގެ ބިލެކެވެ.

އެފަދަ ބިލެއް ހުށަހެޅީ މާތް މަގުސަދެއްގައި ދިވެހިރާއްޖޭގެ ރައްޔިތުންނަށް ދުޅަހެޔު މުސްތަގުބަލެއް ގާއިމުކޮށްދިނުމަށްޓަކައި ކަމަށް މުހައްމަދު ވަނީ ވިދާޅުވެފައެވެ. އަދި މިކަމަކީ ޒުވާނުން ވޭޕްގެ ތެރޭގައި ހަލާކުވެގެން މިދާ ޖީލު ރަނގަޅުކުރުމަށްޓަކައި މުޖުތަމައަށް ގެނައުމަށްޓަކައި ކުރެވޭ ކަމެއް ކަމަށް ވަނީ ވިދާޅުވެފައެވެ.

"ބޮޑެތި ބަލިތަކަށް އާސަންދަ ބޭނުންކޮށްގެން މި ފަރުވާކުރާ ކުރުން. ސިނގިރޭޓު ބައްލަވާ އެއްވެސް ފަރާތަކަށް އާސަންދައިން ބަލިވެގެން ބޭސްކޮށްނުދިނުން ވެސް، މި ކަން ވެސް މި ބިލުގެ ތެރޭގައި ނިމިގެން އަންނައިރު އޮތުން އަޅުގަނޑު ވަރަށް ބޮޑަށް ފާހަގަކުރަން،" މުހައްމަދު އިސްމާއިލް ވިދާޅުވެފަވެއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވާފައި ވަނީ ނޮވެމްބަރު 15 އިން ފެށިގެން ރާއްޖެ އަށް ވޭޕް އެތެރެކުރުން މަނާކުރުމަށް އަދި ޑިސެމްބަރު 15 އިން ފެށިގެން ވޭޕް ވިއްކުމާއި ބޭނުންކުރުން މަނާކުރާށެވެ. އެހެންވެ، އެކަމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އަޅަން ކަމާ ބެހޭ އިދާރާތަކަށް އެ މަނިކުފާނު ވަނީ މި މަހުގެ 14 ގައި އަންގަވައިފަ އެވެ.

Regional Airports
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޗިލްޑްރަންސް އޮމްބަޑްސް ޕަރސަން ނިޢުމާތު ޝަފީގު މަގާމުގެ މުއްދަތު އިތުރުކުރައްވައިފިޚަބަރު | 6 ދުވަސް ކުރިން ހިޔާލު ހޯދުމުގެ ވޯޓު ނެގުމުގެ މުއްދަތު އިތުރުކޮށްދޭން އީސީން އެދިއްޖެޚަބަރު | 7 ދުވަސް ކުރިންޗިލްޑްރަންސް އޮމްބަޑްސް ޕަރސަން ނިޢުމާތު ޝަފީގު މަގާމުގެ މުއްދަތު އިތުރުކުރަން ފާސްކޮށްފިޚަބަރު | 8 ދުވަސް ކުރިންނުރައްކާވާ ގޮތަށް ދުއްވާ މީހުންނަށް ފިޔަވަޅު އެޅުން ފަސޭހަކުރުމަށް އިސްލާހެއްޚަބަރު | 9 ދުވަސް ކުރިން