logo
E-Platinum
ޚަބަރު

ޗިލްޑްރަންސް އޮމްބަޑްސް ޕަރސަން ނިޢުމާތު ޝަފީގު މަގާމުގެ މުއްދަތު އިތުރުކުރަން ފާސްކޮށްފި

ހުސައިން ވަސީމް
21 ޖުލައި 2025 - 07:47
ޗިލްޑްރަންސް އޮމްބަޑްސް ޕަރސަން ނިޢުމާތު ޝަފީގު މަގާމުގެ މުއްދަތު އިތުރުކުރަން ފާސްކޮށްފި

ޗިލްޑްރަންސް އޮމްބަޑްސް ޕަރސަން ނިޢުމާތު ޝަފީގުގެ މަގާމުގެ މުއްދަތު އިތުރުކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

ޗިލްޑްރަންސް އޮމްބަޑްސް ޕަރސަން ނިޢުމާތު ޝަފީގުގެ މަގާމުގެ މުއްދަތު އިތުރުކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމުން އެމައްސަލަ ދިރާސާ ކުރުމަށް ހިޔުމަންރައިޓްސް އެންޑް ޖެންޑަރ ކޮމިޓީއަށް ފޮނުވާފައިވަނީ 14 ޖުލައިގައި ބޭއްވި ޖަލްސަގައެވެ.

ރައީސުލްޖުމްހޫރިއްޔާ ހުށަހެޅުއްވީ ނިޢުމާތުގެ މަގާމުގެ މުއްދަތު އިތުރު 5 އަހަރުގެ މުއްދަތަކަށް އިތުރުކުރެއްވުމަށެވެ. މި މައްސަލަ ދިރާސާ ކުރުމަށް ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީއަށް ފޮނުއްވުމުން އެ ކޮމިޓީން ވަނީ ނިއުމާތުއާ އިންޓަވިއު ކުރުމަށްފަހު އޭނާގެ މަގާމުގެ މުއްދަތު އިތުރު ކުރުމަށް ފެންނަ ކަމަށް ނިންމާފައެވެ.

ނިޢުމާތު ޝަފީގުގެ މަގާމުގެ މުއްދަތު އިތުރުކުރަން ފާސްކޮށްފައި ވަނީ ވޯޓު ދެއްވި 50 މެންބަރުންގެ އިއްތިފާގުންނެވެ.

ޗިލްޑްރަންސް އޮމްބަޑްސް ޕަރސަންގެ މަޤާމަށް ނިޢުމާތު ޝަފީގު އައްޔަން ކުރެއްވީ 23 ޖުލައި 2020ގައެވެ. ޗިލްޑްރަންސް އޮމްބަޑްސް ޕަރސަންގެ ދައުރަކީ 5 އަހަރު ދުވަހެވެ. ނިއުމާތު ޝަފީގުގެ މަގާމުގެ މުއްދަތު މިމަހުގެ 23 ވަނަ ދުވަހަށް ހަމަވާނެ އެވެ.

ޗިލްޑްރެންސް އޮމްބަޑްސްޕާސަންގެ މަގާމަކީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމުގެ ގާނޫނުގެ ދަށުން 2019 ވަނަ އަހަރު އުފެއްދި މަގާމެކެވެ. އެ މަގާމަށް ހާއްސަ އޮފީހެއް ވެސް ވަނީ ގާއިމްކޮށްފަ އެވެ.

ނިއުމާތު ޝަފީގަކީ ކުޑަކުދިންނަށް ކިޔަވައިދިނުމުގައި ގިނަ އަހަރުތަކެއް ވަންދެން މަސައްކަތް ކުރެއްވި ބޭފުޅެކެވެ.

ޗިލްޑްރަންސް އޮމްބަޑްސް ޕަރސަންގެ އޮފީހުގެ މަސްއޫލިއްޔަތުގެ ތެރޭގައި ކުޑަކުދިންގެ މަސްލަހަތު ހިމެނޭ މަސައްކަތް ކުރާ ދައުލަތުގެ އިދާރާތަކާއި އެ އިދާރާތަކުގެ މުވައްޒަފުންގެ އިހުމާލެއް އޮތް މައްސަލަތައް ތަހުގީގު ކުރުން ހިމެނެއެވެ. އަދި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކޮށްދިނުމުގައި ހަރަކާތްތެރިވާ އިދާރާތަކާއި މުވައްޒަފުން މޮނީޓާކޮށް އިވޭލުއޭޓް ކުރުމާއި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނާއި ބައިނަލްއަގްވާމީ މުއާހަދާތަކަށް މުއައްސަސާތަކުން އަމަލުކުރާ މިންވަރު ދެނެގަތުން ހިމެނއެވެ.

Regional Airports
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މަޖިލީހުން އާންމުކުރާ މައޫމާތު ނަހަމަގޮތުގައި ބޭނުން ނުކުރުމަށް އެދިއްޖެޚަބަރު | 14 ގަޑިއިރު ކުރިންޗިލްޑްރަންސް އޮމްބަޑްސް ޕަރސަން ނިޢުމާތު ޝަފީގު މަގާމުގެ މުއްދަތު އިތުރުކުރައްވައިފިޚަބަރު | 7 ދުވަސް ކުރިން ހިޔާލު ހޯދުމުގެ ވޯޓު ނެގުމުގެ މުއްދަތު އިތުރުކޮށްދޭން އީސީން އެދިއްޖެޚަބަރު | 8 ދުވަސް ކުރިންޗިލްޑްރަންސް އޮމްބަޑްސް ޕަރސަން ނިޢުމާތު ޝަފީގު މަގާމުގެ މުއްދަތު އިތުރުކުރަން ފާސްކޮށްފިޚަބަރު | 9 ދުވަސް ކުރިން