logo
MPL

MPL

ޚަބަރު

"100 ސީޓީއެފްޕީ" އަށް ތާއީދު ކުރި ފުރަތަމަ މިނިސްޓަރަކަށް މިނިސްޓަރ ރާފިއު!

އައިޝަތު އިނާޝާ
7 އޮކްޓޯބަރު 2026 - 12:26
 "100 ސީޓީއެފްޕީ" އަށް ތާއީދު ކުރި ފުރަތަމަ މިނިސްޓަރަކަށް މިނިސްޓަރ ރާފިއު!

ބައިނަލްއަޤްވާމީ މައިދާނުގައި ވާދަކުރާ ދިވެހި ޕެރާ އެތުލީޓުންނަށް ހިތްވަރު ދިނުމުގެ ގޮތުން ކުރިއަށްގެންދާ "100 ސީޓީއެފްޕީ" (100 ސެލެބްރެޓީސް ޓޯކް ފޯ ޕެރާ އެތުލީޓްސް) ހަރަކާތަށް، ތާއީދު ކުރި ފުރަތަމަ މިނިސްޓަރަކަށް މިނިސްޓަރ އޮފް ޔޫތު އެމްޕަވަރމަންޓް، ސްޕޯޓްސް އެންޑް ފިޓްނަސް، ޢަބްދުﷲ ރާފިޢު ވެވަޑައިގެންފިއެވެ.

"100 ސީޓީއެފްޕީ" ހަރަކާތަށް، ދިވެހިރާއްޖޭގެ ކުޅިވަރާ ބެހޭ ވުޒާރާއި އިންޑޮނޭޝިއާގެ ނޭޝަނަލް އޮލިމްޕިކް ކޮމިޓީ (އެންއޯސީ) އިން ފުރިހަމަ ތާއީދު ދީފައިވާއިރު މި ހަރަކާތުގެ ދަށުން، ރާއްޖޭގެ ޕެރާ އެތުލީޓުންނަށް ހިތްވަރު ދިނުމުގެ ގޮތުން ލިލީމަގުގައި ހުންނަ ޔޫތު ހަބުގައި ވަނީ ޚާއްޞަ ރަސްމިއްޔާތެއް ބާއްވާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ރަސްމިއްޔާތުގައި، ދުނިޔޭގެ ކުޅިވަރުގެ ދާއިރާގެ މަޝްހޫރު ފަރާތްތަކާއި ބައިނަލްއަޤްވާމީ ޝަޚުޞިއްޔަތުތަކުގެ މެސެޖުތައް ހިމެނޭ "100 ސީޓީއެފްޕީ" ކާޑުތައް އެތުލީޓުންނާ ވަނީ ހަވާލުކޮށްފައެވެ. މި ކާޑުތައް ލިބިގަތް ދެ އެތުލީޓުންނަކީ ދިވެހި ޕެރާ އެތުލީޓުން ކަމަށްވާ ޢަބްދުއްރައްޒާޤު ޢަބްދުއްޞަމަދު އަދި ފާޠިމަތު އިބްރާހީމެވެ.

މި އިވެންޓުގައި މިނިސްޓަރ އޮފް ޔޫތު އެމްޕަވަރމަންޓް، ސްޕޯޓްސް އެންޑް ފިޓްނަސް، ޢަބްދުﷲ ރާފިޢު އާއި، ޖަޕާނުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އިޝިގާމީ ރުމީކޯގެ އިތުރުން މޯލްޑިވްސް ޕެރާލިމްޕިކް ކޮމިޓީގެ ރައީސާ ޢާއިޝަތު ނަޒްހަތު ބައިވެރިވެވަޑައިގެންނެވިއެވެ.

"100 ސީޓީއެފްޕީ" ގެ މައިގަނޑު މަޤްޞަދަކީ ޕެރާ އެތުލީޓުންގެ ހިތްވަރާއި އަޒުމާއި ކެރުން ބަލައިގަންނަ ދުނިޔޭގެ އެކި ކަންކޮޅުތަކުގެ މީހުންނާއި މި އެތުލީޓުންނާ ދެމެދު މާނަވީ އަދި ބަދަހި ގުޅުމެއް ޤާއިމުކޮށްދިނުމެވެ.

މިފަހަރުގެ އޭޝިއަން ގޭމްސްގައި ރާއްޖެއިން ވާދަކުރަނީ ޖުމްލަ ހަތް ކުޅިވަރެއްގައެވެ. އެއީ އެތުލެޓިކްސް، ބެޑްމިންޓަން، ބީޗް ވޮލީބޯޅަ، ޓޭބަލް ޓެނިސް، ސްވިމިން އަދި ޝޫޓިންގެ އިތުރުން ސާފިންގެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

"100 ސީޓީއެފްޕީ" އަށް ތާއީދު ކުރި ފުރަތަމަ މިނިސްޓަރަކަށް މިނިސްޓަރ ރާފިއު!ޚަބަރު | ގަޑިއިރެއް ކުރިންދުންފަތާ ދުރު މުޖުތަމަޢެއް ބިނާކުރުމަށް 5 އަހަރުގެ ގައުމީ ކެމްޕޭނެއްޚަބަރު | 4 މަސް ކުރިން