ނިއު ރޭޑިއަންޓަށް ދިއްދޫން ހޫނު މަރުހަބާއެއް!
7 އޮކްޓޯބަރު 2026 - 18:41

ދިވެހި ޕްރިމިއަރ ލީގުގައި އަންނަ ހޮނިހިރު ދުވަހު ހަވީރު ދިއްދޫ ސްޕޯޓްސްއާ ދެކޮޅަށް ކުޅޭ ފޯރިގަދަ މެޗަށް ނިއު ރޭޑިއަންޓް ޓީމު އެ ރަށަށް ދިއުމުން ދިއްދޫން ހޫނު މަރުހަބާއެއް ކިޔައިފިއެވެ.
ގިޑިގެތަކާއި، ގައުމީ އަދި ކުލަކުލައިގެ ދިދަތަކާއި ހިތްގައިމު އަލިތަކުން ޒީނަތްތެރިކޮށްފައިވާ ދިއްދޫ ބަނދަރަށް ނިއުގެ ޓީމު ލެފުމާއެކު، މަރުހަބާ ދެންނެވުމުގައި ދިއްދޫ ކައުންސިލްގެ ރައީސް އުސްމާން ރަޝީދާއި، ކައުންސިލްގެ މެމްބަރުން އަދި ރަށުގެ އިސް މަސްއޫލުވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. މީގެއިތުރުން، އެ ރަށުގެ ގިނަ އަދަދެއްގެ ރައްޔިތުންނާއި ކުޑަކުދިން ވަނީ ބަނދަރަށް އެއްވެފައެވެ.
.png&w=750&q=75)
Ad by Hajj Corporation

ޓީމު ބަނދަރަށް ފޭބުމާއެކު އެޅިފައިވާ ރަތްދޫލައިގެ މަތިން ހިނގާފައި ދިޔައިރު، ކޮންމެ ކުޅުންތެރިއަކަށާއި އޮފިޝަލަކަށް ވަނީ މާބޮނޑިއެއް ހަދިޔާކޮށްފަވެ. އަދި ލީގުގައި ވާދަކުރާ 10 ޓީމުގެ ޖާޒީގައި ސްކޫލް އަންހެން ކުދިން ހުށަހަޅައިދިން ފަރި ނެށުމުގެ ހަރަކާތްތަކަކުން ބަނދަރުމަތި ކުލަގަދަ ކޮށްލިއެވެ. މި ހަރަކާތްތަކަށްފަހު ކުޅުންތެރިން ވަނީ ރައްޔިތުންނާ ސަލާމްކޮށް، ގިނަ ބަޔަކާ އެކު ފޮޓޯ ނަގާފައެވެ. ޚާއްސަކޮށް ނިއުގެ ކެޕްޓަން އަދި ފުޓުބޯޅަ ލެޖެންޑް އަލީ އަޝްފާގް (ދަގަނޑޭ) އާ އެކު ސެލްފީ ނެގުމަށް ގިނަ ބަޔަކު ޝައުގުވެރިކަން ފާޅުކުރިއެވެ. މަރުހަބާގެ ރަސްމިއްޔާތަށްފަހު ޓީމު ރަށުތެރެއަށް ދަތުރުކުރީ ފުލުހުންގެ މޮޓޯކޭޑެއްގެ ބަސްތަކުގައެވެ.

އަންނަ ހޮނިހިރު ދުވަހު ދިއްދޫ ފުޓުބޯޅަ ދަނޑުގައި ކުޅޭ މި މެޗަކީ އެ ރަށުގެ ރައްޔިތުންނަށް ވަރަށް ހާއްސަ، ތާރީހީ މެޗެކެވެ. ސަބބަަކީ ރާއްޖޭގެ އެންމެ މޮޅެތި ޓީމުތައް ވާދަކުރާ ޕްރިމިއަރ ލީގުގެ މެޗެއް މާލެއިން އުތުރުގައި ކުޅޭ ފުރަތަމަ ފަހަރު ކަމަށްވާތީއެވެ.
މި ތާރީހީ މެޗުގެ ފޯރި އިތުރުކުރުމުގެ ގޮތުން، ދިވެހި ކުޅިވަރާއި ފުޓުބޯޅައިގެ އެންމެ ވިދުންގަދަ ޝަހުސިއްޔަތުންގެ ޓީމެއް ވެސް މި މެޗު ބަލައިލުމަށް ދިއްދޫއަށް ދިއުމަށް ވަނީ ދައުވަތު ދީފައެވެ.

-01.jpg&w=3840&q=75)
