އުފެއްދުންތެރިކަމުގެ މައުރަޒުގައި މިއަހަރު 802 ފަރާތަކުން ބަވެރިވެފައިވޭ: ޝަޒީލާ
8 އޮކްޓޯބަރު 2026 - 05:45

މިއަހަރުގެ އުފެއްދުންތެރިކަމުގެ މައުރަޒުގައި 802 ފަރާތަކުން ބަވެރިވެފައިވެފައިވާ ކަމަށް ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ)ގެ އެސިސްޓެންޓް މެނޭޖަރ ޝަޒީލާ ހަަސަން ވިދާޅުވެއްޖެއެވެ.
ދިވެހިންގެ މަސައްކަތްތެރިކަމާއި އުފެއްދުންތެރިކަން ދައްކާލުމަށް ބާއްވާ މި މައުރަޒު ކުރިއަށްދާނީ އޮކްޓޯބަރ 25 އިން އަންނަ ނޮވެމްބަރު މަހުގެ 2 ވަނަ ދުވަހުގެ ނިޔަލަށެވެ.
.png&w=750&q=75)
Ad by Hajj Corporation
މެންދުރު ޓީވީގެ މައުޟޫއު ޕުރޮގްރާމްގައި ވާހަކަ ދައްކަވަމުން ޝަޒީލާ ވިދާޅުވީ މިދިޔަ އަހަރާއި އަޅާބަލާއިރު، މިއަހަރު މައުރަޒުގައި ބައިވެރިވި ފަރާތްތައް ދެގުނަ އިތުރު ވެފައިވާ ކަމަށެވެ. އެގޮތުން މިއަހަރުގެ މައުރަޒްގައި 8 ދާއިރާއަކުން ޖުމްލަ 802 ފަރާތަކުން ވަނީ ބައިވެރިވެފައި ކަމަށް ވިދާޅުވިއެވެ.
މީގެ ތުރުން މިއަހަރުގެ މައުރަޒުގައި ރާއްޖޭގެ ހުރިހާ އަތޮޅަކުން ބައިވެރިވާނެ ކަމަށާއި އަދި މައުރަޒަށް ހުށަހަޅާ އުފެއްދުންތައް ވަޒަންކުރުމަށް ކޮންމެ ގިންތިއަކަށް ހާއްސަ ފަނޑިޔާރުންގެ ޕެނަލްތަކެއް އެކުލަވާލާފައިވާ ކަމަށް ވިދާޅުވިއެވެ. އެގޮތުން، މިހާތަނަށް 39 ފަނޑިޔާރުން އައްޔަނުކޮށްފައިވާ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
ޝަޒީލާ ވިދާޅުވިގޮތުގައި މައުރަޒުގައި ބައިވެރިވުމުގެ ފުރުސަތު މިދިޔަ އަހަރު 18 އަހަރުން މަތީގެ ފަރާތްތަކަށް ދިންކަމުގައި ވީ ނަމަވެސް މި އަހަރު ހުޅުވާލަފައިވަނީ 13 އަހަރުން މަތީގެ ފަރާތްތަކަށް ކަމަށެވެ. އަދި އަމިއްލަ ވިޔަފާރިތަކަށާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކަށާއި، ތަޢުލީމީ މުއައްސަސާތަކަށާއި، ރަށު ކައުންސިލްތަކުގެ އިތުރުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށްވެސް ވަނީ ހުޅުވާލާފަ ކަމަށް ވިދާޅުވިއެވެ.
ބީ.ސީ.ސީ އިން މިހާރު މައުރަޒަށް ތަކެތި ހުށަހަޅަންޖެހޭ ތާވަލުވެސް އާންމުކޮށްފައިވާއިރު، މިއަހަރުގެ މައުރަޒު ހަތް ދާއިރާއަކަށް ބަހާލައިގެން ކުރިއަށްގެންދާނެ ކަމަށް ޝަޒީލާ މައުލޫމާތުދެއްވިއެވެ. އޭގެ ތެރޭގައި ދީނީ، ޓެކްނޮލޮޖީ އަދި ބައިނަލްއަޤްވާމީ ދާއިރާތަކަށް ހާއްސަ ބައިތަކެއް ހިމެނޭނެ ކަމަށް ޝަޒީލާ ވިދާޅުވިއެވެ.

-01.jpg&w=3840&q=75)
