މޯލްޑިވްސް އައުޤާފް އިންވެސްޓްމަންޓްގެ ބޯޑު އެކުލަވާލައިފި
8 އޮކްޓޯބަރު 2026 - 06:29

މޯލްޑިވްސް އައުޤާފް އިންވެސްޓްމަންޓްސް ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑަށް ބޭފުޅުން އައްޔަންކޮށްފި އެވެ.
ސަރުކާރު ހިއްސާވާ ކުންފުނިތައް ރެގިއުލޭޓް ކުރާ ފަރާތް -- ޕްރައިވެޓައިޒޭޝަން ބޯޑުން މޯލްޑިވްސް އައުޤާފް އިންވެސްޓްމަންޓްސް ލިމިޓެޑްގެ ބޯޑަށް ހަމަޖައްސާފައިވަނީ ހަތް ބޭފުޅުންނެވެ.
މޯލްޑިވްސް އައުޤާފް އިންވެސްޓްމަންޓްސް ލިމިޓެޑްގެ ނަމުގައި ސަރުކާރުގެ 100 ޕަސަންޓް ހިއްސާވާ ކުންފުންޏެއް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އުފެއްދެވީ މިދިޔަ ސެޕްޓެމްބަރު 12 ވަނަ ދުވަހު އެވެ.
.png&w=750&q=75)
Ad by Hajj Corporation
ބޯޑުގައި ހިމެނޭ ބޭފުޅުން:
އައްޝައިޚް އިއްޒުއްދީން އަދުނާން - ޗެއާޕާސަން
ޔާމީން އިދުރީސް - މެނޭޖިން ޑިރެކްޓަރު
ހުސައިން ޝާމް އާދަމް - ބޯޑު މެންބަރު
ޑރ. މުޙައްމަދު ޝުޖާއު - ބޯޑު މެންބަރު
މަރްޔަމް ނިހާޔަތު - ބޯޑު މެންބަރު
އަބްދުﷲ އަލީ - ބޯޑު މެންބަރު
މުހައްމަދު ހިލްމީ - ބޯޑު މެންބަރު
މިކުންފުންޏަކީ ދިވެހި ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތީން، ދީނީ ކަންކަމަށް ހޭދަކުރުމަށްޓަކައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވަގުފުތައް ބިނާކުރުމާއި، އެފަދަ ވަގުފު ބިނާތައް މަރާމާތުކޮށް ބެލެހެއްޓުމުގެ މަސައްކަތްތައް ކުރުމަށް އުފެއްދި ކުންފުންޏެއް ކަމަށް ރައީސް އޮފީހުން ވަނީ ބުނެފަ އެވެ.
މީގެ އިތުރުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މިސްކިތްތައް ބިނާކުރުމާއި، އެ މިސްކިތްތައް މަރާމާތުކުރުމާއި އާބާތުރަ ފިލުވުމުގެ އެންމެހައި މަސައްކަތްކުރުމާއި، މިސްކިތްތަކަށް ބޭނުންވާ އެންމެހައި ވަސީލަތްތައް ގާއިމުކޮށް ތަރައްގީކުރުމުގެ މަސައްކަތާއި، އިސްލާމީ ޝަރީއަތް ހުއްދަކުރާ ވިޔަފާރީގެ ހަރަކާތްތައް ދެމެހެއްޓެނިވި ގޮތެއްގައި ހިންގުމުގެ ގޮތުން ކުރަންޖެހޭ މަސައްކަތްތައްވެސް މި ކުންފުނިން ކުރާނެ އެވެ.
މި ކުންފުނީގެ ރައުސްމާލަކީ 100 ރުފިޔާގެ އެއް މިލިއަން ހިއްސާގެ މައްޗަށް ބަހާލެވިފައިވާ 100 މިލިއަން ރުފިޔާ ކަމަށް ރައީސްގެ ގަރާރުގައިވެ އެވެ.

-01.jpg&w=3840&q=75)
