logo
MPL

MPL

ޚަބަރު

ރައީސް މުއިއްޒުގެ ސިޔާސަތުތަކާއެކު ރާއްޖޭގެ ކަންކަން އުއްމީދުކުރިވަރަށްވުރެ މާ ރަނގަޅު: ރިފާއު

އައިޝަތު އިނާޝާ
9 އޮކްޓޯބަރު 2026 - 06:31
ރައީސް މުއިއްޒުގެ ސިޔާސަތުތަކާއެކު ރާއްޖޭގެ ކަންކަން އުއްމީދުކުރިވަރަށްވުރެ މާ ރަނގަޅު: ރިފާއު

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުހައްމަދު މުއިއްޒުގެ ހަރުދަނާ ސިޔާސަތުތަކުން ރާއްޖެއަށް އަންނަނީ ބޮޑެތި ކުރިއެރުންތަކެއް ލިބެމުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ރިފާއު (ބޮޗޭ) ވިދާޅުވެއްޖެއެވެ.

މެންދުރު ޓީވީގެ މައުޟޫއު ޕްރޮގްރާމުގައި ވާހަކަދައްކަވަމުން މެމްބަރު ރިފާއު ވިދާޅުވީ ރައީސް މުއިއްޒުގެ ސިޔާސަތުތަކާއެކު ރާއްޖޭގެ ކަންކަން އުއްމީދުކުރިވަރަށްވުރެ މާ ރަނގަޅު ވަމުންދާ ކަމަށެވެ. މިސާލެއްގެ ގޮތުން ދުނިޔޭގެ އެންމެ ބޮޑު އެއް ކްރެޑިޓް ރޭޓިން އޭޖެންސީ ކަމަށްވާ މޫޑީސް އިން ރާއްޖޭގެ ކްރެޑިޓް ރޭޓިން 'ސީ.އޭ.އޭ.2' އިން 'ސީ.އޭ.އޭ.1' އަށް މަތިކޮށް، ރޭޓިންގެ އައުޓްލުކް 'ސްޓޭބަލް' އަށް ބަދަލުކޮށްފައިވާކަން މެމްބަރު ފާހަގަ ކުރެއްވިއެވެ. އަދި ރަސްމާލޭގައި ހިންގުމަށް ހަމަޖެހިފައިވާ "މޯލްޑިވްސް ވޯޓާފްރޮންޓް އެންޑް މެރީނާ" މަޝްރޫއުއަށް އަލިއަޅުއްވާލައްވަމުން ވިދާޅުވީ މިފަދަ ބޮޑެތި ޕްރޮޖެކްޓުން އަޅުގަނޑުމެންގެ ކްރެޑިޓް ރޭޓިންގ ވެސް އިތުރަށް ހަރުދަނާ ވެގެންދާނެ ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

ފޮރިން އިންވެސްޓުމެންޓްތަކަށް އިތުބާރު އަޅުގަނޑުމެންނަށް ލިބިގެންދާނެ. އެއީ ހަގީގަތުގައި މިވަރުގެ ބޮޑު ޕްރޮޖެކްޓެއް ރާއްޖޭގައި ހިންގާނީ ހަމަގައިވެސް ރާއްޖޭގެ ސަރުކާރާއި އަދި ރާއްޖޭގެ ރައްޔިތުންނާ ދޭތެރޭގައި ބޭރުގެ ފަރާތްތަކަށް އިތުބާރު އޮތީމަ: ރިފާއު

މެމްބަރު ރިފާއުގެ ވާހަކައިގައި މި ޕްރޮޖެކްޓާއެކު ދިވެހިންނަށާއި ރާއްޖެއަށް ލިބިގެންދާނެ ފައިދާއާ ދޭތެރޭގައި ވިސްނާލުން މުހިންމު ކަމަށް ވިދާޅުވިއެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރައީސް މުއިއްޒުގެ ސިޔާސަތުތަކާއެކު ރާއްޖޭގެ ކަންކަން އުއްމީދުކުރިވަރަށްވުރެ މާ ރަނގަޅު: ރިފާއުޚަބަރު | 2 ގަޑިއިރު ކުރިން