ކުޅިވަރުގެ ޤާނޫނަށް ގެނައި އިސްލާޙްތަކަކީ މުޅިރާއްޖޭގެ އެކި ސަރަޙައްދުތަކަށް ކުޅިވަރު ލާމަރުކަޒުކޮށް ފުޅާ ކުރުމަށް ލިބުނު ވަރުގަދަ ޤާނޫނީ ބާރެއް - ކުޅިވަރާބެހޭ ވަޒީރު
9 އޮކްޓޯބަރު 2026 - 10:57

ކުޅިވަރުގެ ޤާނޫނަށް ގެނައި އިސްލާޙްތަކަކީ މުޅިރާއްޖޭގެ އެކި ސަރަހައްދުތަކަށް ކުޅިވަރު ލާމަރުކަޒުކޮށް ފުޅާ ކުރުމަށް ލިބުނު ވަރުގަދަ ގާނޫނީ ބާރެއްކަމަށް ކުޅިވަރާއި ހަށިހަށިހެޔޮކަމާއި ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ ރާފިޢު މިހެން ވިދާޅުވީ ރޭ ބޭއްވި އެފްއޭއެމް އެވޯޑްސް ޙަފްލާގައި ވާހަކަ ދައްކަވަމުންނެވެ. ހުޅުމާލޭގައި ހުންނަނ މެންހަޓަން ހޮޓެލްގައި ރޭ ބެއްވި މި ޙަފްލާގައި ވާހަކަ ދައްވަމުން މިނިސްޓަރ ރާފިޢު ވިދާޅުވީ ޤާނޫނަށް ގެނައި ބަދަލުތަކާއެކު ކުޅިވަރު ކުރިއަރާނީ ކުޅުންތެރިން ދަނޑުމަތީގައި އޮހިރާ ދަލާއި، ކޯޗުންގެ އީޖާދީ ވިސްނުންތަކާއި، ރެފްރީން ދަނޑުމަތީގައި ނިންމާ ނިންމުންތަކާއި، ކްލަބްތަކުގެ މެނޭޖްމަންޓްތަކުން ރެޔާއި ދުވާލު ހުއްޓުމެއްނެތި ކުރާ ބުރަ މަސައްކަތް ބަލައިގަނެވި، އެމަސައްކަތުގެ ޙައްޤު އަގު ވަޒަން ކުރެވިގެން ކަމަށެވެ. ހަމަ އެހެންމެ އަޅުގަނޑުމެން މިހާރުވެސް އެންމެ އިސްކަމެއް ދޭންވީ ޒުވާން ޖީލުގެ ހުނަރުތައް ދެނެގަނެ، އެކުދިން ކުރިަރުވާ ބައިނަލްއަޤްވާމީ ފެންވަރުގެ ޒަމާނީ ތަމްރީނުތައް ހޯދައިދިނުމުގެ ފުރުޞަތުތައް ފަހިކޮށްދިނުމަށް ކަމަށެވެ. މިއީ ޤއުމީ ފެންވަރުގައި އަޅުގަނޑުމެން ބޭނުންވާ ކާމިޔާބީތައް ހޯދުމަށް އިތުރު ބާރަކަށް ވާނޭ ކަމެއް ކަމަށެވެ. 8 އަހަރަށްފަހު ބޭއްވި އެފްއޭ އެވޯޑް ޙަފްލާގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ރާފިޢު ވިދާޅުވީ މި އެވޯޑް އެނބުރި އައިއިރު ފުޓްސަލް ކުޅުންތެރިންނަށް ޚާއްސަ އެވޯޑެއް ތަޢާރަފް ކުރެވިގެން ދިޔަކަމީ އަޅުގަނޑުމެން އެންމެން އުފާކުރަން ޖެހޭ ކަމެއް ކަމަށާއި، މި ޚާއްސަ އެވޯޑާއެކު ރާއްޖޭގެ ފުޓްސަލްއަށް އާދިރުމެއް ލިބި، އެކުޅުންތެރިންނަކީވެސް ފަޚުރުވެރި ބަޔަކަށް ހެދުމުގެ އާ ޞަފްޙާއެއް ލިޔެވިގެންދާނޭ ކަމެއް ކަމަށެވެ.
.png&w=750&q=75)
Ad by Hajj Corporation
މި އެވޯޑް ޙަފްލާގައި ވޭތުވެދިޔަ ސީޒަންގައި އެކި ގޮތްގޮތުން ވަނަތައް ޙާސިލްކުރި ކުޅުންތެރިންނަށާއި ކްލަބްތަކަށް އަދި ރެފްރީންނަށް ވަނީ އެވޯޑް ޙަވާލުކޮށްފައެވެ.

-01.jpg&w=3840&q=75)
