ރަސްމާލޭއިން ވިއްކާ ތަންތަން ކޮންމެ ފަހަރަކު 99 އަހަރަށް ދިގުދެމިގެންދާ ވާހަކަ އަކީ އޮޅުވާލުމެއް: ބޮޗޭ
10 އޮކްޓޯބަރު 2026 - 13:48

އަބޫދާބީގެ އީގަލް ހިލްސް އިން ރަސްމާލޭގައި ތަރައްގީކުރާ ތަންތަން ވިއްކާ ކޮންމެ ފަހަރަކު 99 އަހަރަށް ކޮންޓްރެކްޓް ދިގު ދެމިގެންދާ ވާހަކައަކީ އިދިކޮޅު ފަރާތްތަކުން އޮޅުވާލައިގެން ދައްކާ ވާހަކައެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ރިފާއު (ބޮޗޭ) ވިދާޅުވެއްޖެއެވެ.
މެންދުރު ޓީވީގެ މައުޟޫއު ޕްރޮގްރާމުގައި ވާހަކަދައްކަވަމުން މެމްބަރު ރިފާއު ވިދާޅުވީ ރަސްމާލެއިން ވިއްކާ ތަންތަން ދެވަނަ ފަރާތަކަށް ވިއްކާއިރު ކޮންޓްރެކްޓް ހަދާނީ ބާކީ އޮތް މުއްދަތައް ކަމަށެވެ.
.png&w=750&q=75)
Ad by Hajj Corporation
99 އަހަރަށް ކޮންމެ ފަހަރަކު ކޮންޓްރެކްޓް އާ ކުރާކަމަށް ދައްކާ ވާހަކައަކީ ރައްޔިތުންނަށް އޮޅުވާލާ ބޮޑު އޮޅުވާލުމެއް. މިސާލަކަށް ބަޔަކު އެތަން 99 އަހަރު ނަގައިގެން އުޅެފައި 10 ވަރަކަށް އަހަރުކޮށްލާފައި ބޭނުންވީ ވިއްކާލަން. އޭނާ ވިއްކާ ލަނީ ދެވަނަ ޕާޓީއަކަށް. މިގޮތަށް ވިއްކާލާއިރު އޭނަ 10 އަހަރު އުޅެފައި ހުރިއްޔާ ދެން ބާކީ އިންނާނީ 89 އަހަރު، އެހެންވީމަ 89 އަހަރަށް އޭނަ އަށް އެ ކޮންޓްރެކްޓް ވިއްކާލެވެނީ، ރިފާއު ވިދާޅުވި އެވެ.
ރިފާއު ވިދާޅުވީ ރަސްމާލެ ޕްރޮޖެޓް އިއުލާންކުރިއިރު ވެސް ފަތުރުވެރިކަމުގެ ބައެއް ހިމަނާފައި އޮންނާ ކަމަށެވެ. އަދި 500 މިލިޔަން ޑޮލަރު ހޭދަކޮށް ރަސްމާލެ ހިއްކާއިރު، އެފައިސާ ދައުލަތަށް ލިބޭނެ ގޮތެއް އޮންނަންޖެހޭނެ ކަމަށް ވެސް މެމްބަރު ވިދާޅުވި އެވެ. ރިފާއު ވިދާޅުވީ އީގަލްހިލްސް އަށް ދިންބައިގެ އިތުރުން ބާކީ އޮތްބައިގައި ރައްޔިތުންނަށް ބޯހިޔާވަހި ކަމަށް ވައުދުވެފައިވާ ގޮތަށް އެންމެ އިންޗިއެއް ވެސް މަދުނުވާނޭހެން ލިބޭނެ ކަމަށެވެ.

-01.jpg&w=3840&q=75)
