ދިވެހި ވަތަނީ ހިދުމަތުގެ ފަންނީ ތަމްރީނުގެ 3ވަނަ ބެޗު ފަށައިފި
12 އޮކްޓޯބަރު 2026 - 07:24
.jpg&w=3840&q=75)
ދިވެހި ވަތަނީ ހިދުމަތުގެ ފަންނީ ތަމްރީނުގެ ތިންވަނަ ބެޗުގެ ޕްރޮގްރާމް ފަށައިފި އެވެ.
މި ޕްރޮގްރާމް ކުރިއަށްދަނީ ބ. ކިހާދޫގައި ޤާއިމުކޮށްފައިވާ އެމްއެންޑީއެފް ސުކޫލް އޮފް އިންޖިނިއަރިންގ އެންޑް ލޮޖިސްޓިކްސްގައެވެ. ޖުމްލަ 16 ހަފުތާގެ މުއްދަތަކަށް ކުރިއަށްގެންދާ މި ތަމްރީނުގައި ރާއްޖޭގެ 17 އަތޮޅެއްގެ 44 ރަށަކަށް ނިސްބަތްވާ 84 ޒުވާނުން ބައިވެރިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ 64 ފިރިހެން ދަރިވަރުންނާއި 20 އަންހެން ދަރިވަރުންނެވެ.
.png&w=750&q=75)
Ad by Hajj Corporation
މި ތަމްރީނު ޕްރޮގްރާމުގެ ތެރެއިން ސެޓްފިކެޓް ލެވެލް 3 ގެ ހަ ކޯހެއް ހިންގުމަށް ހަމަޖެހިފައިވެއެވެ. އެ ކޯސްތަކަކީ މެރިން މެކޭނިކް، ރެފްރިޖަރޭޝަން އެންޑް އެއަރ ކޮންޑިޝަނިންގ، ވެލްޑިންގ އެންޑް މެޓަލް ފެބްރިކޭޝަން، އޮޓޯމޯބައިލް އިންޖިނިއަރިންގ، އިލެކްޓްރީޝަން، އަދި އޮފީސް މެނޭޖްމަންޓެވެ. ކޯސްތަކުގެ މުޤައްރަރުގެ އިތުރުން ފިޒިކަލް ފިޓްނަސް، ފެތުން، ޑްރިލް، އަދި ތަފާތު ކުޅިވަރު ހަރަކާތްތައް ވެސް މި ޕްރޮގްރާމުގައި ހިމަނާފައިވެއެވެ. އަދި ދިރިއުޅޭ ވެށި ސާފުކޮށް ބެލެހެއްޓުމާއި، ޓީމު ބިލްޑިންގ، ލީޑަރޝިޕް، އަދަބު އަޚުލާޤު، ދިވެހި ޤައުމިއްޔަތު، އަދި ދީނީ ތަރުބިއްޔަތު ފަދަ މުހިންމު ލައިފް ސްކިލްސް ކޮމްޕޯނަންޓުތައް ވެސް ކިޔަވައިދޭނެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އެކަށައަޅުއްވާފައިވާ އެންމެ އިސް ސިޔާސަތުގެ ދަށުން ކުރިއަށްގެންދާ މި ޤައުމީ ޙަރަކާތުގެ މައިގަނޑު މަޤުޞަދަކީ ވަޒީފާގެ މައިދާނަށް ބޭނުންވާ ފަންނީ ހުނަރުތަކާއެކު، އަމިއްލަ ނަފުސަށް އިތުބާރުކުރާ، ޢަޤީދާ ވަރުގަދަ، އަދި ނަފުސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ދުޅަހެޔޮ ޒިންމާދާރު ޒުވާން ޖީލެއް ބިނާކުރުމެވެ.

-01.jpg&w=3840&q=75)
