ސޯލިހް ސަރުކާރުން ވަނީ ރާއްޖޭގެ އެސެޓްތައް ހިލޭ ބަހާލާފަ: މެމްބަރު ޒަރީރު
13 އޮކްޓޯބަރު 2026 - 11:20

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން ވަނީ ރާއްޖޭގެ ގިރި ތަކުންނާއި ފަޅުތަކުން ހިމެނޭ އެސެޓްތައް ހިލޭ ބަހާލާފާ ކަމަށް މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރު ވިދާޅުވެއްޖެއެވެ.
މެންދުރު ޓީވީގެ މައުޟޫ ޕްރޮގްރާމްގައި ބައިވެރިވެ ވާހަކަ ދައްކަވަމުން މެމްބަރު ޒަރީރް ވިދާޅުވީ، ހިލޭ އެސެޓްތައް ބަހާލުމަކީ ދުނިޔޭގެ އެއްވެސް ޤައުމަކުން ކޮށްފައިވާ ކަމެއް ނޫން ކަމަށާއި، އެއީ ނިމިދިޔަ ސޯލިހް ސަރުކާރުން ފެއްޓެވި ކަމެއް ކަމަށެވެ. މެމްބަރު ވިދާޅުވީ އެ އެސެޓްތައް މާކެޓް އަގުގައި ވިއްކާލިނަމަ އެމްއެމްއޭ އަށް އެ ލާރިތައް ވެސް ވަންނާނެ ކަމަށެވެ.
.png&w=750&q=75)
Ad by Hajj Corporation
"ސައުދީ އަރަބިއްޔާގައި ރަން ވަޅުތަކާއި ތެޔޮ ވަޅުތަށް ހިލޭ ދޭ ތޯ؟ ގަބޫލު ކުރިޔަސް ނުކުރިޔަސް ނިމިދިޔަ ސަރުކާރުން ހަޤީގަތުގައި ވަރަށް ނުބައި ޕްރެކްޓިސްއެއް އެ ވަނީ ފަށާފަ. ދުނިޔޭގަ ކޮން ޤައުމެއްގަ ތޯ ކެޕިޓަލް ސިޓީ އިން ހިލޭ އެސެޓްތައް ބަހާލަނީ. މީ އަޅުގަނޑު ދުވަހަކުވެސް ދެކުނު މަންޒަރެއް ނޫން" މެމްބަރު ވަޒީރު ވިދާޅުވިއެވެ.
މީގެއިތުރުން އެސެޓްތައް ބަހާލީ ގިރިތަކުންނާ ފަޅުތަކުންނާ ކަނޑުންކަމަށާއި، އެ ތަންތަން އަނެއްކާވެސް ފެނުން މައްޗަށް އަރުވަން ޖެހޭނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ކަމަށް ޒަރީރް ފާހަގަކުރެއްވިއެވެ. އަދި އެއީ ނިމިދިޔަ ސަރުކާރުން ވަރަށް ގޯސްކޮށް ކޮށްފައިވާ ކަމެއް ކަމަށް ވެސް ޒަރީރު ވިދާޅުވި އެވެ.

-01.jpg&w=3840&q=75)
