މިހާތަނަށް އެއްވެސް ރައީސަކު އަޅުގަނޑުގެ މަސައްކަތަށް ނުފޫޒު ފޯރުވާފައެއް ނުވޭ: އިންފޮމޭޝަން ކޮމިޝަނަރ
14 އޮކްޓޯބަރު 2026 - 06:21

ދެ ފިކުރެއްގެ ދެ ރައީސެއްގެ ދައުރެއްގައި އިންފޮމޭޝަން ކޮމިޝަނަރ ކަމުގެ މަޤާމުގައި މަސައްކަތް ކުރެވިއްޖެ ކަމަށާއި،ނަމަވެސް އެއިން އެއްވެސް ރައީސަކު މަގާމުގެ ނުފޫޒު ބޭނުންކުރަން އެދިފައި ނުވާނެ ކަމަށް އިންފޮމޭޝަން ކޮމިޝަނަރ އަލްއުސްތާޛު ޢަބްދުލް ޢަޒީޒު ޖަމާލް އަބޫބަކުރު ވިދާޅުވެއްޖެއެވެ.
މެންދުރު ޓީވީ ގެ މައުޟޫ ޕްރޮގްރާމްގައި ވާހަކަ ދައްކަމުން ޢަބްދުލް ޢަޒީޒު ވިދާޅުވީ، 5 އަހަރުގެ ދައުރުގައި 2 ރައީސުންގެ ރިޔާސަތާ ދިމާވެފައިވާ ކަމަށެވެ. އެއިން އެއްވެސް ރައީސެއް އަދި އެހެން ފަރާތަކުން ވެސް މަގާމުގެ ނުފޫޒު ބޭނުން ކުރަން ބުނެފައި ނުވާނެ ކަމަށާއި، އުންމީދަކީ މި ދައުރުގައި ވެސް އެކަން އެގޮތަށް ދެނިގެންދިއުން ކަމަށެވެ.
.png&w=750&q=75)
Ad by Hajj Corporation

ޢަބްދުލް ޢަޒީޒު ވިދާޅުވިގޮތުގައި ވަޒީފާގެ ކަންކަމުގައި ވެސް ނިޒާމެއް ޤާއިމް ކޮށްފައި އޮންނާނެ ކަމަށާއި، ވަޒީފާއަށް މީހުން ނަގާނީ ވެސް ހިއުމަން ރިސޯސް އިދާރާއިން އެ އޮންނަ މިންގަނޑުތަކަކާއި އެއްގޮތަށް ކަމަށްށެވެ. އެހެންކަމުން ވަޒީފާއަށް މީހުން ނެގުމުގައި ވެސް އެއްވެސް ނުފޫޒެއް އައިސްގެން ނުވާނެ ކަމަށް ވިދާޅުވިއެވެ.
"އެހެންވީމަ އަޅުގަނޑު ޤަބޫލުކުރަނީ މިހާޜުވެސް ހަމަ އެހެންނޭ ވާނީ.އެންމެ ފަހަރަކު ވެސް ކަމަކަށް ދީލާ ލައިފިއްޔާ ދެން އެ ހިފެހެއްޓުން ބޮޑުވާނެ.އެހެންވީމާ އަޅުގަނޑު ޤަބޫލުކުރަނީ މި 5 އަހަރުގެ ދައުރުގައި ވެސް އިރާދަކުރެއްވިއްޔާ ހަމަ އެގޮތަށް ޤާނޫނާ އެއްގޮތްވާ ގޮތުގެ މަތިން އިހްލާސްތެރިކަމާއެކު މިކަން ކުރިއަށް ދާނެކަމަށް" އިންފޮމޭޝަން ކޮމިޝަނަރ ޢަބްދުލް ޢަޒީޒު ވިދާޅުވިއެވެ.
ކޮންމެ މަސްއޫލިއްޔަތަކީ އަމާނާތެއްކަމަށާއި، އެހެންކަމުން އެކަން ދަނެގެން އިތުބާރުހުރި މަޤާމެއްގައި ހުރެ އެފަދަ ކަމެއް ނުކުރާނެ ކަމަށް ޢަބްދުލް ޢަޒީޒު ވިދާޅުވިއެވެ.

-01.jpg&w=3840&q=75)
