އިމްޕޯޓް ޑިއުޓީއާއި ޖީއެސްޓީއާއެކު ދައުލަތުގެ އާމްދަނީ 31.5 ބިލިއަނަށް!
15 އޮކްޓޯބަރު 2026 - 05:26

މި އަހަރުގެ އޮކްޓޫބަރު 8 އާއި ހަމައަށް ދައުލަތަށް އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި 31.566 ބިލިއަން ރުފިޔާ ލިބިއްޖެއެވެ.
މިއީ ވޭތުވެދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 3.0 އިންސައްތައިގެ ކުރިއެރުމެކެވެ.
.png&w=750&q=75)
Ad by Hajj Corporation
ފައިނޭންސް މިނިސްޓްރީން އާންމުކުރި "ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް" ރިޕޯޓުގައިވާ ގޮތުން، އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ އިމްޕޯޓް ޑިއުޓީއާއި ޖީއެސްޓީން ލިބުނު ފައިސާ އިތުރުވުމެވެ.
އިމްޕޯޓް ޑިއުޓީގެ ގޮތުގައި ލިބުނު އާމްދަނީ 18.3 އިންސައްތަ އިތުރުވެ، 2.757 ބިލިއަން ރުފިޔާއަށް ވަނީ އަރާފައެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި މި އަދަދު ހުރީ 2.331 ބިލިއަން ރުފިޔާގައެވެ. ޖީ.ޖީ.އެސް.ޓީ އާމްދަނީއަށް ވެސް 7.7 އިންސައްތައިގެ ކުރިއެރުމެއް އައިސްފައިވާއިރު، އެއީ 4.375 ބިލިއަން ރުފިޔާއެވެ. މި ކުރިއެރުންތަކާއެކު، ޓެކްސްގެ ގޮތުގައި ލިބުނު ޖުމްލަ އާމްދަނީ ވަނީ 7.4 އިންސައްތަ އިތުރުވެ، 24.394 ބިލިއަން ރުފިޔާއަށް އަރާފައެވެ.
އާމްދަނީ ލިބޭ އެހެނިހެން ދާއިރާތަކުން ވެސް ވަނީ ކުރިއެރުންތަކެއް ފެނިފައެވެ. ވިޔަފާރި އާއި މުދަލުން ނަގާ ޓެކްސް 21.3 އިންސައްތަ އިތުރުވެ 5.798 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، އެއާޕޯޓް ސާވިސް ޗާޖާއި ޑިޕާޗާ ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ 9.2 އިންސައްތަ އިތުރުވެ 1.542 ބިލިއަން ރުފިޔާއަށް ވަނީ އަރާފައެވެ. އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 1.565 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ 9.1 އިންސައްތައިގެ އިތުރުވުމެކެވެ. މީގެ އިތުރުން، މުދަލުން ލިބުނު އާމްދަނީ 12.3 އިންސައްތަ އިތުރުވެ 1.954 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، ހިލޭ އެހީގެ ގޮތުގައި ލިބުނު މިންވަރު ވަނީ 77.0 އިންސައްތަ އިތުރުވެ 0.515 ބިލިއަން ރުފިޔާއަށް އަރާފައެވެ.

-01.jpg&w=3840&q=75)
