logo
MPL

MPL

ރިޕޯޓް

ޒަމްޒަމް ފާރިސް: ދީނީ ޓެގް އަޅުވައިގެން ހުރެ ގައުމީ ސަލާމަތަށް ނުރައްކާކުރަނީ

އަޙުމަދު ރަމީޒު
19 އޮކްޓޯބަރު 2026 - 05:42
ޒަމްޒަމް ފާރިސް
ޒަމްޒަމް ފާރިސް

ޒަމްޒަމް ފާރިސް: ދީނީ ޓެގް އަޅުވައިގެން ހުރެ ދީނަށް ހުތުރުއަރުވައި، ގައުމީ ސަލާމަތަށް ނުރައްކާކުރަނީ

ދީނީ އިލްމުވެރިންނަކީ އެ މީހުންނަށް ލިބިފައިވާ އިލްމު ބޭނުންކުރައްވައިގެން މުޖުތަމައު ހޭލުންތެރިކޮށް، މުޖުތަމައުތައް އެއްބައިކުރުމުގައި މުހިއްމު ޒިންމާއެއް ކޮނޑުގައި އެޅިފައިވާ ބައެކެވެ. ނަމަވެސް ރާއްޖޭގެ ދީނީ އިލްމުވެރިއެއް ކަމަށް ބުނާ ޒަމްޒަމް ފާރިސްގެ ފަރާތުން ފެންނަނީ މުޅިން ތަފާތު މަންޒަރެކެވެ. އަބަދުވެސް ކޮންމެވެސް ކަމެއްގައި ފިތުނަ އުފެދޭ ގޮތަށް ސޯޝަލްމީޑިއާގައި ހިތަށް އައިހާ އެއްޗެއް ލިޔުމަކީ އޭނާގެ ކަށީގައި ހިފާފައި ހުރި ނުބައި އާދައެކެވެ. މުޖުތަމައު ބައިބައިވާ ގޮތަށް ހަގީގަތާ ހިލާފު ވާހަކަދެއްކުމަކީ ޒަމްޒަމް ފާރިސްގެ ފަރާތުން ފެންނަ ޔަހޫދީ ސިފައެކެވެ. އެއީ އޭނާއަށް ލިބިފައިވާ އިލްމަށް ޚިޔާނާތްތެރިވުމުގެ އަމަލެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

ޒަމްޒަމް ފާރިސް އެންމެ ފަހުން ފިތުނަ އުފައްދާފައި މިވަނީ ރަސްމާލެ މަޝްރޫއާ ގުޅޭގޮތުންނެވެ. އެއްވެސް ހަގީގަތެއް އަސްލެއް ނެތް ވާހަކަތަކެއް ދައްކައި ދިވެހިންގެ ހިތްތަކުގައި ބޮޑު ބިރުވެރިކަމެއް އޭނާ މިވަނީ އުފައްދާފަ އެވެ. ރަސްމާލެ ތަރައްގީކުރާ މުސްލިމު އިންވެސްޓަރަށް ދޭ ބިމުގައި، ރާއްޖޭގެ ސަލާމަތީ ބާރުތަކުގެ ބަދަލުގައި ސަލާމަތީ ކަންކަން ބަލާނީ އިންވެސްޓަރު އަމިއްލައަށް ކަމަށް ޒަމްޒަމް ފާރިސް ބުނެފައިވެ އެވެ. އޭނާއަށް އެ މައުލޫމާތު ދިން މީހެއްގެ ނަމެއް ހާމަނުކޮށް، ސަލާމާތަށް ނުރައްކާވާ ގޮތަށް އެ ވާހަކަދެއްކީ ދިވެހިންގެ ތެރޭގައި ފިތުނަ އުފައްދަންކަން ޔަގީންކުރެވެނީ އެހެންވެގެންނެވެ.

ޒަމްޒަމް ފާރިސްއަށް ކަމުދާ ވެރިކަމެއް، ކަމުދާ ވެރިއެއް، ދުވަހަކުވެސް ފެނިފައި ނުވާއިރު އަބަދުވެސް އޭނާގެ ފަރާތުން ފެންނަނީ ކަންކަން ބޮޑުކޮށްލައިގެން މީހުންގެ ޝައުގުވެރިކަން ހޯދަން އުޅޭ މަންޒަރެވެ.

ޒަމްޒަމް ފާރިސް އަރަބިއްޔާގެ ޓީޗަރަކަށް ހުރިއިރު އެ ސްކޫލްގެ ދަރިވަރުންތަކަކަށް ޖިންސީ ފުރައްސާރަކުރި ކަމަށް ތުހުމަތު ކުރެވޭ ބޮޑު މައްސަލައެއް ދައުލަތުގެ އިދާރާތަކުގައި މިހާރުވެސް އެބައޮތެވެ. އެޑިޔުކޭޝަން މިނިސްޓްރީ އާއި ޖެންޑާ މިނިސްޓްރީން ޒަމްޒަމްގެ މައްސަލަ ބަލައި، އިތުރު ތަހުގީގަށް އެ މައްސަލަ ފުލުހަށްވެސް ހުށަހަޅާފައިވެ އެވެ. އެފަދަ މީހަކު ކޮންމެ ފަދަ ދޮގެއްވެސް ހަދާފާނެ ކަމީ ޝައްކެއް ހުރި ކަމެއް ނޫނެވެ.

ރާއްޖޭގެ އެތައް އިލްމުވެރިންނެއް ރަމްޒުވާ ގޮތަށް "އިލްމުވެރިންގެ ގުޅުން" ކިޔާ ނަމެއް މުޅި ރާއްޖެއަށް މަޝްހޫރުކޮށް، ޒަމްޒަމް ފާރިސް މިހާރު ވަނީ އިލްމުވެރިންނަށް އޮޅުވާލުމަށްފަހު އެ ނަންވެސް ފޭރިގެންފަ އެވެ. އަދި އިލްމުވެރިންގެ ގުޅުމުގެ ނަމުގައި، ޒަމްޒަމް ފާރިސް ވަނީ އަމިއްލަ ވިޔަފާރިއެއް އިކޮނޮމިކް މިނިސްޓްރީގައި  ރަޖިސްޓަރީކޮށް، އިލްމުވެރިންނަށް ހުތުރުވާ ގޮތަށް އެ ނަން ބޭނުންކޮށްގެން ވިޔަފާރި ނަފާ ހޯދަންވެސް ފަށާފަ އެވެ.

ތިމާގެ އަމިއްލަ އެޖެންޑާއެއް ހާސިލްކުރުމަށްޓަކައި ނުބައި ނިޔަތުގައި ކީރިތި ޤުރުއާންގެ އާޔަތްތައް ވިއްކުމަކީ އިލްމުވެރިއެއްގެ ޓެގް އަޅުވައިގެން ޒަމްޒަމް ފާރިސް ކުރާ ހައްދުފަހަނައެޅި އަމަލެކެވެ. މިވަރުގެ ޔަހޫދީ ސިފަތައް ހުރި މީހަކު ކޮށްފައި ނުކުރާނެ ނުބައި ކަމެއް މިއުޑުދަށުގައި ނޯންނާނެކަން އެއީ ޔަގީންވެ ކަށަވަރުވާ ކަމެކެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޒަމްޒަމް ފާރިސް: ދީނީ ޓެގް އަޅުވައިގެން ހުރެ ދީނަށް ހުތުރުއަރުވައި، ގައުމީ ސަލާމަތަށް ނުރައްކާކުރަނީރިޕޯޓް | 2 ގަޑިއިރު ކުރިން