އުމުރުން ދުވަސްވީ މީހުންގެ ދުވަސް 2026 - ނައިވާދޫގައި ޚާއްސަ ހަވީރެއް
19 އޮކްޓޯބަރު 2026 - 07:46

މިއަހަރުގެ އުމުރުން ދުވަސްވީ މީހުންގެ ދުވަސް ފާހަގަ ކުރުމަށް ހދ.ނައިވާދޫގައި އެރަށުގެ މުއައްސަސާތައް ގުޅިގެން ޚާއްސަ ހަވީރެއް ބާއްވައިފިއެވެ. އުމުރުން ދުވަސްވީ މީހުންނަށް އަމާޒުކޮށް މި ހަވީރު ނައިވާދޫގައި ބޭއްވީ މުއްސަސާތައް ގުޅިގެން ނެގި އިންތިޒާމް ކޮމެޓީއެއްގެ ބެލުމުގެ ދަށުންނެވެ. މިހިނގާ އޮކްޓޫބަރުމަހުގެ 17 ވަނަ ދުވަހު ބޭއްވި މި ހަވީރާ ގުޅޭ ޙަރަކާތްތައް ބާއްވާފައިވަނީ، އެރަށުގެ މަޝްހޫރު "ނަލަނަލަ ސާފު ގޮނޑުދޮށް" ސަރަޙައްދުގައެވެ. މިސަރަޙައްދަަށް އުމުރުން ދުވަސްވީ މީހުން ގެނެސްފައިވަނީ އެކަމަށް ޚާއްސަކޮށްފައިވާ އުޅަނދުތަކެއްގައިކަން ފާހަގަކޮށްލެވެއެވެ. ހދ.ނައިވާދޫގައި އުމުރުން ދުވަސްވީ މީހުންގެ ދުވަސް ފާހަގަ ކުރުން
.png&w=750&q=75)
Ad by Hajj Corporation
މިހަވީރުގައި އުމރުން ދުވަސްވީ މީހުންނަށް ޚާއްސަ ލުއި ކަސްރަތާއި ދުޅަހެޔޮ ސިއްޙަތެއްގައި ތިބުމަށް ބޭނުންވާ އެންމެހާ މަޢުލޫމާތު އެފަރާތްތަކަށް ފޯރުކޮށްދީފައިވެއެވެ. އަދި އެބޭފުޅުންގެ ޅައުމުރުގައި ރަށުގެ ކަންކަން ކޮށްފައިވާގޮތާއި، އެނޫންވެސް ތަފާތު ކަންކަމާގުޅޭ މަޢުލޫމާތު ޙިއްސާކުރުން މިހަވީރުގެ ތެރެއިން ކުރިޔަށް ގެންގޮސްފައިވެއެވެ.
އަދި އުމުރުން ދުވަސްވީ ބޭފުޅުންގެ އަގުވަޒަންކޮށް ނައިވާދޫ ކައުންސިލްގެ ރައީސް މުޙައްމަދު ނައުފަލާއި، ސިއްޙީ މަރުކަޒު ހިންގުމާ ހަވާލުވެ ހުންނެވި ޢަބްދުﷲ ނާޡިމް ބައިވެރިންނާ މުޚާތަބުކޮށް ވާހަކަ ދެއްވކެވިއެވެ. އަދި އަބަދުވެސް އިސް ރަށްވެހީންގެ އަގު އެފަރާތްތަކުން ވަޒަންކޮށް ހަނދާންތައް އާކުރާނެ ކަމުގެ ޔަޤީންކަން ދެއްވިއެވެ.

-01.jpg&w=3840&q=75)
